The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

އެންމެ ދުވަސްވީ ލަކުޑި ހަތިޔާރުތައް ގްރީސްއިން ފެނިއްޖެ

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
3 ހަފްތާ ago
SHARE

ގްރީސްގެ މެގަލޮޕޮލިސްއިން ދުނިޔޭގެ ތާރީޚުގައި މިހާތަނަށް ފެނުނު އެންމެ ދުވަސްވީ ލަކުޑި ހަތިޔާރުތައް އާސާރީ ކޮނުންތަކަކުން ފެނިއްޖެއެވެ.

އާސާރީ ދިރާސާވެރިން ހާމަކުރި ގޮތުގައި މި ތަކެއްޗަކީ ގާތްގަނޑަކަށް 430،000 އަހަރުވީ އާލާތްތަކެކެވެ. މި ހޯދުންތަކުގެ ތެރޭގައި ހިމެނެނީ ކޮނުމަށް ބޭނުންކޮށްފައިވާ ކަމަށް ބެލެވޭ 80 ސެންޓިމީޓަރުގެ ދިގު ދަނޑިބުރިއަކާއި، ހިލައިގެ ހަތިޔާރުތައް ތޫނުކުރުމަށް ބޭނުންކުރި ކަމަށް ބެލެވޭ ކުޑަ އާލާތެކެވެ. މި ހޯދުންތަކާ ގުޅޭ ތަފްސީލީ ރިޕޯޓެއް ”ޕްރޮސީޑިންގްސް އޮފް ދަ ނޭޝަނަލް އެކަޑަމީ އޮފް ސައިންސަސް“ ޖާނަލްގައި މިހާރު ވަނީ ޝާއިއުކޮށްފައެވެ.

ސައިންސްވެރިން ބުނާ ގޮތުގައި މީގެ އެތައް މިލިއަން އަހަރެއް ކުރިން އިންސާނުން ހިލައާއި، ކަށީގެ އިތުރުން ލަކުޑިން ހަތިޔާރު ހަދައިގެން ބޭނުންކުރި ނަމަވެސް، ލަކުޑި އާލާތްތައް ފެނުމަކީ ވަރަށް ނާދިރު ކަމެކެވެ. އެއީ ލަކުޑިއަކީ ފަސޭހައިން ހަލާކުވެ ކުނިވާ އެއްޗަކަށް ވުމުންނެވެ. މިފަދަ ތަކެތި ރައްކާތެރިކޮށް ހުންނަނީ ގަނޑުފެންގަނޑުތަކުގެ ތެރޭގައި ނުވަތަ އަބަދު ފެން ހަރުލާފައި ހުންނަ ކިސަޑު ބިންތަކުގެ އަޑީގައެވެ. ގްރީސްއިން މި ތަކެތި ފެނުނު ސަރަހައްދަކީ ފަރުބަދަމަތީ ހުރި ބިމަކަށް ވުމުން، މި ތަކެތި ވަނީ ޒަމާންތަކަކަށް ހަލާކުނުވެ ރައްކާތެރިވެފައެވެ.

މީގެ ކުރިންވެސް މި ސަރަހައްދުން ވަނީ ހިލައިގެ ބައެއް އާލާތްތަކާއި، އިންސާނުން ޝިކާރަކޮށް ކޮށާފައިވާ ކަމުގެ ނިޝާންތައް ހުރި އެތުގެ ކަށިތައް ފެނިފައެވެ. ނަމަވެސް، މި ހަތިޔާރުތައް ބޭނުންކުރީ ކޮން ބައެއްކަން އަދި ސާފެއް ނުވެއެވެ. އެ ސަރަހައްދުން އަދި އިންސާނެއްގެ އެއްވެސް ކަށްޓެއް ފެނިފައި ނުވާއިރު، ބެލެވޭ ގޮތުގައި މިއީ ނިއަންޑަރތަލް އިންސާނުން ނުވަތަ އޭގެ ކުރީގެ އިންސާނުން ބޭނުންކުރި ތަކެއްޗެވެ.

ދިރާސާވެރިން ގަބޫލުކުރާ ގޮތުގައި ގްރީސްގެ މި ސަރަހައްދަކީ ތާރީޚީ ގޮތުން މުހިންމު ސަރަހައްދަކަށް ވާއިރު، އަދިވެސް އިތުރު އާސާރީ ތަކެތި އެ ސަރަހައްދުން ފެނުމުގެ ފުރުސަތު ބޮޑެވެ. މިފަދަ ހޯދުންތަކުގެ ސަބަބުން އިންސާނުންގެ ކުރީގެ ދިރިއުޅުމާއި، އެމީހުން ގެންގުޅުނު އުކުޅުތައް ދެނެގަތުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ސައިންސްވެރިން ފާހަގަކުރެއެވެ.

މާލިކީ ބޮޑުވަޒީރުކަމަށް އައްޔަންކޮށްފިނަމަ އިރާގަށް ދޭ އެހީތައް ހުއްޓާލާނަން: ޓްރަމްޕް
ދުނިޔޭގެ އެންމެ ބޮޑު ވިންޑް ޓާބައިން ޗައިނާގައި ބަހައްޓައިފި
ކެބިނެޓް ބައްދަލުވުމުގައި ނިދުނީކީނޫން ، ފޫހިވީ : ޓްރަމްޕް
ދުނިޔޭގެ އެންމެ ބޮޑު ނިއުކްލިއަރ ޕްލާންޓް އަލުން ހިންގުމުގެ ތައްޔާރީތައް ޖަޕާނުން ފަށައިފި
ޑެންމާކުން 15 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަން ނިންމައިފި!
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?