The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

’ޝަރީޢާ އެޑްވައިޒަރީ ކޮމިޓީ‘ އަށް މެންބަރުން ޢައްޔަނުކުރައްވައިފި

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
3 ހަފްތާ ago
SHARE

ޒަކާތުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ’ޝަރީޢާ އެޑްވައިޒަރީ ކޮމިޓީ‘ އަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މެންބަރުން ޢައްޔަނުކުރައްވައިފި އެވެ.

ޒަކާތުގެ ޤާނޫނުގެ 19 ވަނަ މާއްދާގައި ވަނީ ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު އެކުލަވާލައި ހިންގުމާ ގުޅޭ ކަންކަމުގައި ޒަކާތުގެ ޤާނޫނު ތަންފީޛުކުރާ ފަރާތްތަކަށް ޝަރުޢީ ލަފާއާއި އިރުޝާދު ދިނުމަށްޓަކައި، 5 މެންބަރުންގެ މައްޗަށް އެކުލެވޭ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީއެއް، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވަންވާނޭ ކަމަށް ބަޔާންކުރައްވާފައެވެ.

ހަމަ އެހެންމެ، ޝަރީޢާ އެޑްވައިޒަރީ ކޮމިޓީ އެކުލަވައިލާންވާނީ ސަރުކާރާއި ސަރުކާރުން ބޭރުގެ ފަރާތްތައް ހިމެނޭ ގޮތުގެ މަތީން ކަމަށާއި، ޝަރީޢާ އެޑްވައިޒަރީ ކޮމިޓީއަށް ޢައްޔަނުކުރާ މެންބަރުންނަކީ، އިސްލާމީ ޝަރީޢާގެ ކަމާގުޅޭ ދާއިރާއަކުން އެންމެ ދަށްވެގެން ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9ގެ ސަނަދެއް ޙާޞިލުކޮށްފައިފާ ފަރާތަކަށްވާންވާނެކަމަށް އެ ޤާނޫނުގައި ވަނީ ބަޔާންކޮށްފައެވެ. އަދި އިސްލާމީ ކަންތައްތަކާ  ބެހޭ ވުޒާރާއިން ދޫކޮށްފައިވާ ދީނީ ތަޤްރީރުކުރުމާއި ދީނީ ނަޞޭޙަތް ދިނުމުގެ ހުއްދަ އޮތް ފަރާތަކަށްވާންވާނެކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.

ޝަރީޢާ އެޑްވައިޒަރީ ކޮމިޓީއަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރައްވާފައިވާ މެންބަރުން:

  • ޗެއަރޕަރސަން: އަލްއުސްތާޛު ޢަބްދުﷲ ސަޢުދާން (މ. ޕެޓީބާރޑް، މާލެ ސިޓީ)، މިނިސްޓަރ އޮފް ސްޓޭޓް ފޯރ އިސްލާމިކް އެފެއާޒް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
  • މެންބަރު: އަލްއުސްތާޛު އުސާމް މުޙައްމަދު ސަޢީދު (ގަމަރީ، ގދ. މަޑަވެލި)، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ ނައިބު، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
  • މެންބަރު: އަލްއުސްތާޛު ޢަބްދުލްހާދީ ޙުސައިން (ޓިއުލިޕް، ރ. ކިނޮޅަސް)، ހެޑް އޮފް ޝަރީޢާ ކޮމްޕްލަޔަންސް އެންޑް ގަވަރނަންސް، ބީ.އެމް.އެލް އިސްލާމިކް، ބޭންކް އޮފް މޯލްޑިވްސް
  • މެންބަރު: އަލްއުސްތާޛު އަޙްމަދު ފިރާސް (ވެސްޓްލައިޓް، ސ. ހުޅުދޫ)، ކަންޓްރީ ހެޑް އޮފް ޝަރީޢާ، އެޗް.އެސް.ބީ.ސީ އަމާނާ، މެލޭޝިއާ
  • މެންބަރު: އަލްއުސްތާޛު ޢަޒްމީނު ރަޝީދު (ޗަނބޭލީވިލާ، ގދ. ރަތަފަންދޫ)، ސީނިއަރ ލީގަލް ސްޓްރެޓެޖިސްޓް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ

މި ކޮމިޓީ އުފެއްދުމަކީ، ޒަކާތާ ބެހޭ ޤާނޫނުގެ މަޤްޞަދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ދިވެހިރާއްޖޭގައި ޒަކާތުގެ ކަންކަން ބެލެހެއްޓުމުގައި ޝަރުޢީ ހިންގުންތެރިކަމާއި، ދެފުށް ފެންނަ މިންވަރާއި، އަދި ޝަރުޢީ ހަމަތަކަށް ތަބާވުން ހަރުދަނާކުރުމަށްޓަކައި އެޅިގެންދިޔަ މުހިންމު ފިޔަވަޅެއްކަން ފާހަގަކޮށްލެވެއެވެ.

ރާއްޖެ އާއި ސިންގަޕޫރާ ދެމެދު، މުހިންމު، ތިން އެއްބަސްވުމެއްގައި ސޮއިކުރައްވައިފި
މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރަން ފުލުހުންގެ ޚާއްޞަ އޮޮޕަރޭޝަނެއް!
ކަނދޮޅުދޫގައި ކޯލްޑް ސްޓޯރޭޖަކާއި ފާނަ ޕްރޮސެސްކުރާ ފެސިލިޓީއެއް ހިމެނޭގޮތަށް މަސްކިރުވާ ބަނދަރެއް
މިއަހަރުގެ އަޟްހާ ޢީދު: އަންނަ ޖޫން މަހުގެ 6 ވަނަ ދުވަސް
ޝަހީދު ޢަލީ ސްކޫލުގައި ދިރާސީ އައު އަހަރާއެކު ކިޔެވުން ފަށަނީ
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?