The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ސައިބަރ ސެކިއުރިޓީގެ ދާއިރާއިން އޮސްޓްރޭލިއާގައި 15 ދިވެހިން ތަމްރީންވެއްޖެ

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
2 ހަފްތާ ago
SHARE

ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ސައިބަރ ސެކިއުރިޓީ އެންޑް ރެޒިލިއަންސްގެ ދާއިރާއިން ތަމްރީނު ހާސިލުކުރި ސަރުކާރުގެ އެކި އިދާރާތަކުގެ 15 މުވައްޒަފުން، ތަމްރީނު ފުރިހަމަކުރުމަށްފަހު ރޭގެ ވަގުތެއްގައި ރާއްޖެ އަތުވެއްޖެއެވެ.

މިދިޔަ ޖަނަވަރީ މަހުގެ 19 އިން ފެބުރުވަރީ މަހުގެ 3 އަކަށް އޮސްޓްރޭލިއާގައި ކުރިއަށްދިޔަ މި ފެލޯޝިޕް ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ސައިބަރ ސެކިއުރިޓީގެ ދާއިރާއިން ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ވެސްޓަރން އޮސްޓްރޭލިއާގެ އެޑިތު ކޯވަން ޔުނިވަސިޓީ (އީ.ސީ.ޔޫ.) ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. މި ތަމްރީނުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވަނީ އޮސްޓްރޭލިއާގެ ޑިޕާޓްމަންޓް އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑް (ޑީ.އެފް.އޭ.ޓީ.) ގެ އޮސްޓްރޭލިއާ އެވޯޑްސްގެ ދަށުންނެވެ.

މި ޕްރޮގްރާމްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ އިބްރާހީމް ލަޠީފް ބައިވެރިވެވަޑައިގެން، ކީނޯޓް ސްޕީކަރެއްގެ ގޮތުގައި ވާހަކަފުޅު ދެއްކެވިއެވެ. މީގެ އިތުރުން، މިދިޔަ ޖަނަވަރީ މަހުގެ 22 ވަނަ ދުވަހު ވެސްޓަރން އޮސްޓްރޭލިއާގެ ގަވަރނަރ އޮނަރަބަލް ކްރިސް ޑޯސަން ވަނީ މި ފެލޯޝިޕްގެ ބައިވެރިންނަށް ޚާއްޞަ ރިސެޕްޝަނެއް ބާއްވާފައެވެ.

މި ތަމްރީނު ޕްރޮގްރާމްގެ ތެރެއިން ބައިވެރިންނަށް އެޑްވާންސް ސައިބަރ ގަވަރނަންސް، ޑިޖިޓަލް ރިސްކް މެނޭޖްމަންޓް، އިންސިޑެންޓް ރެސްޕޮންސް ކޯޑިނޭޝަން އަދި ރެސިލިއަންސް ޕްލޭނިންގ ފަދަ މުހިންމު ދާއިރާތަކުން އަމަލީ ތަޖުރިބާ އާއި އިލްމު އުގެނިފައިވެއެވެ. އަދި ސައިބަރ ހަމަލާއެއް ކުރިމަތިވާ ހާލަތްތަކުގައި އަމަލުކުރާނެ ގޮތް ދެނެގަތުމަށްޓަކައި ޚާއްޞަ ޓޭބަލް ޓޮޕް އެކްސަސައިޒްތަކެއްވެސް ވަނީ ފުރިހަމަކޮށްފައެވެ.

ސަރުކާރުން ހާމަކުރައްވާ ގޮތުގައި، މި ފެލޯޝިޕަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ”މޯލްޑިވްސް 2.0“ ވިޜަންގެ ދަށުން ރާއްޖޭގެ ޑިޖިޓަލައިޒޭޝަން އެޖެންޑާ ކުރިއެރުވުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ. މި ތަމްރީނުގެ ސަބަބުން ރާއްޖޭގެ ސައިބަރ ސެކިއުރިޓީ ދާއިރާ އިތުރަށް ހަރުދަނާވެ، މި ދާއިރާގެ މާހިރުން އުފެދިގެންދާނެ ކަމަށް ސަރުކާރުން ބުންޏެވެ.

ހިޔާގެ 5 ވަނަ ޓަވަރުގެ މަރާމާތުތައް ހަފްތާއެއްގެ ތެރޭގައި ނިންމަނީ
ދޯސްތީގެ 17ވަނަ އެޑިޝަން ރަސްމީކޮށް އިފްތިތާޙުކޮށްފި
ޒުވާނުންނަށް ބޭއްވި ”ޔޫތު ހެކަތޯން“ގެ އެއްވަނަ ”ސީ ސްޓޭކް“ އަށް
ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލް ރައީސް ތަސްދީގު ކުރައްވައިފި
ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކުރައްވާފައިވާ ކަންކަން ތަންފީޒުކުރެއްވުމަށް ރައީސް ޑރ. މުއިއްޒު އަންގަވައިފި
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?