The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ފަރޓިލިޓީ ކެއަރ ފަންޑުގެ ދަށުން އައިވީއެފް ހެދުމަށް 37 ދެމަފިރިއަކު ހޮވައިފި

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
2 ހަފްތާ ago
SHARE

އައިވީއެފް ހެދުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އެކުލަވާލާފައިވާ ”ފަރޓިލިޓީ ކެއަރ ފަންޑު“ ގެ ދަށުން ހުޅުވާލި ފުރަތަމަ ފުރުޞަތުގައި، ޝަރުތު ހަމަވި 37 ދެމަފިރިއަކަށް އެހީތެރިކަން ދިނުމަށް ނިންމާފައިވާކަމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ހާމަކޮށްފިއެވެ.

މި ފަންޑުގެ އެހީއަށް އެދުމުގެ ފުރުޞަތު އެންސްޕާއިން ހުޅުވާލީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 20 ވަނަ ދުވަހުއެވެ. އެ ފަހަރު 50 މީހުންނަށް އެހީތެރިކަން ދިނުމަށް ނިންމާފައިވީ ނަމަވެސް، އެއް މަސްދުވަހުގެ ތެރޭގައި އެހީއަށް އެދި ހުށަހެޅި 135 ދެމަފިރިންގެ ތެރެއިން ހުރިހާ މިންގަނޑުތަކަށް ފެތި، ޝަރުތު ހަމަވެފައިވަނީ 37 ދެމަފިރިންނެވެ.

އެންސްޕާއިން މިހާރު ވަނީ ޝަރުތު ހަމަވާ ފަރާތްތަކާއި، ޝަރުތު ހަމަނުވާ ފަރާތްތަކުގެ ލިސްޓު ސަބަބުތަކާއެކު އާންމުކޮށްފައެވެ. އެ އިދާރާއިން ވިދާޅުވި ގޮތުގައި، އެހީ ހަމަޖެހުނު ފަރާތްތަކުން ފަރުވާ ކުރިއަށްގެންދާނެ ގޮތުގެ ’ޓްރީޓްމެންޓް ޕްލޭން‘ ހިއްސާކުރުމާ ގުޅޭ މަޢުލޫމާތުތައް މި މަހުގެ 11 ވަނަ ދުވަހުގެ ކުރިން އެ ފަރާތްތަކަށް އަންގާނެއެވެ.

ފަރޓިލިޓީ ކެއަރ ފަންޑުގެ އިތުރުން، މީގެ ކުރިން އާސަންދައިގެ ދަށުންވެސް ދެ ބުރެއްގެ މަތިން އައިވީއެފް ހެދުމުގެ ފުރުޞަތު ސަރުކާރުން ވަނީ ފަހިކޮށްދީފައެވެ. އެގޮތުން ފުރަތަމަ ބުރުގައި 37 ދެމަފިރިން އަދި ދެވަނަ ބުރުގައި 63 ދެމަފިރިއަކަށް އެހީ ދީފައިވެއެވެ.

އައިވީއެފް އަދި އައިޔޫއައި ފަރުވާއަށް އެހީ ދިނުމުގައި ބަލާ މައިގަނޑު ޝަރުތުތަކުގެ ތެރޭގައި:

  • ކައިވެންޏަށް މަދުވެގެން 3 އަހަރުވެފައިވުން.
  • ދަރިމައިވުމަށް ހުރަސްއެޅޭ ގުދުރަތީ ސަބަބެއް މެދުވެރިވެފައިވުން.
  • އެހެން ފަރުވާތަކުން ނަތީޖާއެއް ނުފެނި، އައިވީއެފް ނުވަތަ އައިޔޫއައި އަކީ އެންމެ އެކަށީގެންވާ ފަރުވާކަމަށް ސްޕެޝަލިސްޓުން ލަފާދީފައިވުން.
  • ފަރުވާއަށް އެކަށީގެންވާ ދުޅަހެޔޮ ޞިއްޙީ ޙާލަތެއްގައި ތިބުން ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދަރިމައިވުމުގެ މައްސަލަތަކަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން، 15 ނޮވެންބަރު 2024 ގައި ވަނީ ނެޝަނަލް ފަރޓިލިޓީ ސެންޓަރެއް ޤާއިމުކޮށްފައެވެ. މި ސެންޓަރުގެ އެހީގައި މިހާތަނަށް ދެ ކުދިން އުފަންވެފައިވާއިރު، ގިނަ ބަޔަކު އަންނަނީ ރާއްޖޭގައާއި ރާއްޖެއިން ބޭރުން މި ފަރުވާ ހޯދަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ މިރޭ ފޭސް 1 ގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ
އަންނަ މަހުން ފެށިގެން ޙާފިޒުންނަށް ދޭ އެލަވަންސް ދެ ގުނަ ބޮޑުކުރަން ނިންމައިފި
ސަމްޕާ ގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމުގެ ނިޒާމު ޒަމާނީ ކުރަނީ
ކިނޮޅަހު ބޭރުން ފެނުނީ ފިރިހެނެއްގެ ހަށިގަނޑުކަން ޑީއެންއޭ ތަހުލީލުން ކަށަވަރުވެއްޖެ
ގެދޮރުވެރިޔާ ސްކީމުގެ ފްލެޓް ލިސްޓުން އުނިވާ މީހުންނަށް އެކަން އަންގަން ފަށައިފި
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?