The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ކެންސަރު ބަލީގެ ފަރުވާ ރާއްޖޭގެ އަތޮޅުތަކުގައި ފެށިގެން ދިއުމަކީ ބޮޑު ކާމިޔާބީއެއް : ރައީސް މުޢިއްޒު

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
2 ހަފްތާ ago
SHARE

ކެންސަރު ބަލީގެ ފަރުވާ ރާއްޖޭގެ އަތޮޅުތަކުގައި ފެށިގެން ދިއުމަކީ މި ބައްޔާ ދެކޮޅަށް ކުރާ މަސައްކަތުގައި ޤައުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ކެންސަރު ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި މެސެޖެއްގައި ރައީސް ވިދާޅުވީ، ކެންސަރު ބަލިން ސަލާމަތްވެފައިވާ މީހުންނާއި މިހާރުވެސް އެ ބައްޔާ ހިތްވަރާއެކު ހަނގުރާމަ ކުރަމުންދާ ފަރާތްތަކުން ދައްކަމުންދާ ހިތްވަރު ފާހަގަކުރައްވާ ކަމަށެވެ. އަދި ކޮންމެ އަހަރަކުވެސް މި ބަލީގައި ގިނަ ބަޔަކު އަޅުގަނޑުމެންނާ ވަކިވެގެންދާއިރު، ބައްޔާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުމާއި ބަލި ޖެހުން މަދުކުރުމަށް ފިޔަވަޅު އެޅުމަކީ ނުހަނު މުހިންމު ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، މިދިޔަ ޖެނުއަރީ މަހު ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ކީމޯތެރަޕީގެ ޚިދުމަތް ފެށުމަކީ ކެންސަރު ބައްޔާ ގުޅޭގޮތުން ކުރަމުން އަންނަ މަސައްކަތުގައި ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ. މިއީ މާލެއިން ބޭރުގައި ކީމޯތެރަޕީގެ ޚިދުމަތް ދޭން ފެށި ރާއްޖޭގެ 4 ވަނަ ހޮސްޕިޓަލެވެ.

”ޒަމާންތަކެއް ވަންދެން މާލެއަށް އެކަނި ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް އައިސް، އަތޮޅުތަކުގައި މި ޚިދުމަތް ފުޅާވުމަކީ ބަލިމީހުންނާއި އާއިލާތަކަށް މާލީ ގޮތުންނާއި ނަފްސާނީ ގޮތުންވެސް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމެއް،“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން، ކެންސަރު ބަލި ތަހައްމަލުކުރާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީ، އެ މީހުންނަށް އުއްމީދު އައުކޮށްދިނުމުގައި ސިއްޙީ ޚިދުމަތްތެރިންނާއި ޖަމިއްޔާ ޖަމާއަތްތަކުން ކުރާ ބުރަ މަސައްކަތް ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހު ބައިނަލްއަޤުވާމީ ކެންސަރު ދުވަސް ފާހަގަކުރަނީ ބައްޔަށް އާންމުން ހޭލުންތެރިކޮށް، ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމަށް ބާރުއެޅުމުގެ ގޮތުންނެވެ. އާސަންދައިގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގައި އެންމެ ގިނަ ބަޔަކު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާން އެދޭ ދާއިމީ ބައްޔަކީ ކެންސަރު ބައްޔެވެ. އެހެންކަމުން، ރާއްޖޭގައި މި ބަލީގެ ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ.

ހިޔާގެ 5 ވަނަ ޓަވަރުގެ މަރާމާތުތައް ހަފްތާއެއްގެ ތެރޭގައި ނިންމަނީ
ރަސްމާލެ ހިއްކުމުގެ މަސައްކަތް އަންނަ އޭޕްރީލް މަހަށް ނިންމަނީ
ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލް ރައީސް ތަސްދީގު ކުރައްވައިފި
މިއީ ޓީމުގެ މެނޭޖްމެންޓުން ކުރި ބުރަ މަސައްކަތުގެ ނަތީޖާ : އެފްއޭއެމްގެ ރައީސް
ޓުއަރިޒަމް މިނިސްޓަރ ތޯރިޤްއަށް ޒިންމާ އަދާކުރެވޭބާ؟
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?