The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

މޯލްޑިވްސް އޯޓިޒަމް ސަޕޯޓް ބެލެނިވެރިންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
2 ހަފްތާ ago
SHARE

މޯލްޑިވްސް އޯޓިޒަމް ސަޕޯޓް އެންޑް ނިއުރޯ-އިންކްލޫޝަން ޔުނިޓީގެ ބެލެނިވެރިންނާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ބައްދަލުކުރައްވައިފިއެވެ. މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމަކީ އޯޓިޒަމް ހުންނަ ކުދިންނާއި އެކިކަހަލަ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް ކުރިމަތިވާ ގޮންޖެހުންތައް ދެނެގަނެ، އެކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް ބޭއްވެވި ބައްދަލުކުރެއްވުމެކެވެ.

މި ބައްދަލުކުރެއްވުމުގައި ބެލެނިވެރިން ވަނީ އޯޓިޒަމް އަދި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ސްކޫލްތަކުގައި ކިޔަވައިދިނުމުގެ ނިޒާމު މިހާރަށްވުރެ ހަރުދަނާކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. ވަކިން ހާއްސަކޮށް، ވޮކޭޝަނަލް ތަމްރީނު ބޭނުންވާ ކުދިންނަށް ސްކޫލްތަކުގެ ތެރެއިން އެ ފުރުޞަތު ފަހިކޮށްދިނުމަށާއި، ކުދިންނަށް ދޭންޖެހޭ ތެރަޕީގެ ޚިދުމަތް ހޯދުމުގައި މިހާރު ހުރި ދަތިތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރެއްވިއެވެ.

ބެލެނިވެރިންގެ ފަރާތުން ހުށަހެޅި މުހިންމު ކަންތައްތަކުގެ ތެރޭގައި:

ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ސްކޫލްތަކުގައި ޤުރުއާން ކިޔެވޭނެ އިންތިޒާމު ހަމަޖެއްސުން.
އެއްފުރާޅެއްގެ ދަށުން ތެރަޕީއާއި، ތައުލީމާއި، ހުނަރު ލިބިދެވޭނެ ފަދަ ސަރުކާރުގެ މަރުކަޒެއް ޤާއިމްކުރުން.
ޑިސްއެބިލިޓީ ކައުންސިލް މިހާރު އެކުލެވިގެންވާ ގޮތް ބަދަލުކޮށް އިސްލާހުކުރުން.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، ބެލެނިވެރިން ފާހަގަކުރެއްވި ކަންބޮޑުވުންތަކަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ބެލެނިވެރިން ހުށަހެޅި ކަންކަމަށް ވީހާވެސް އަވަހަށް އެދެވޭ ހައްލުތަކެއް ހޯއްދަވައިދެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގެ ފުރިހަމަ ޔަގީންކަން ރައީސް ދެއްވިއެވެ.

ސްޓޭޓް ފާމަސޫޓިކަލް ކުންފުނީގެ ޗެއަރޕަރސަންގެ މަޤާމަށް އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް
ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މޫސުންގޯސް ، މެދުރާއްޖެތެރެއަށް ކަނޑުތައް ގަދަވާނެ
ޑިޖިޓަލް ވޮލެޓް، ’ސްވައިޕް’ގެ ލިމިޓެޑް ރިލީޒުގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފި
ނިޕާ ވައިރަސް ފެތުރޭތީ ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި
މިއަހަރު ވާނީ، ރައްޔިތުން އެދޭ އަމާޒަށް ޤައުމު ގެންގޮސްދިނުމުގައި ކާމިޔާބީ ޙާޞިލްކުރާނޭ އަހަރަކަށް: ރައީސް މުޢިއްޒު
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?