The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ހުޅުމާލެ ފޭސް ދޭއްގެ ވަގުތީ މާރުކޭޓު ރޯދަމަހު ފުރަތަމަ ދުވަހު ހުޅުވަނީ

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
4 ދުވަސް ago
SHARE

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ތަރައްޤީކޮށްފައިވާ ރޯދަ މާރުކޭޓު، ކުރިއަށް އޮތް ރަމަޟާންމަހުގެ ފުރަތަމަ ދުވަހު ހުޅުވުމަށް ހަމަޖެހިފައިވާކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމަކޮށްފިއެވެ.

މި މާރުކޭޓު ޤާއިމުކޮށްފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވިނަރެސް ޓަވަރު 8 އާއި އެ ސަރަހައްދުގައި ހުންނަ ވަގުތީ މިސްކިތާ ދޭތެރޭގައެވެ. މިއީ ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން އެޗްޑީސީން ކޮންމެ އަހަރަކުވެސް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ފަރާތްތަކަށް ފަސޭހަކަމާއެކު އެކި ބާވަތްތަކުގެ ކާބޯތަކެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ.

އެޗްޑީސީން ވިދާޅުވި ގޮތުގައި، ރަމަޟާންމަހުގެ ފުރަތަމަ ދުވަހު މާރުކޭޓު ހުޅުވުމަށްޓަކައި ވާންޖެހޭ އެންމެހާ ތައްޔާރީތައް މިހާރު ދަނީ ކުރަމުންނެވެ. އެގޮތުން މިހާރު ކުރިއަށްދަނީ މާރުކޭޓުން ގޮޅި ދޫކުރުމަށްޓަކައި ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކަމަށް އެ ކޯޕަރޭޝަނުން މަޢުލޫމާތު ދެއެވެ.

މި މާރުކޭޓުގެ އެންމެ ޚާއްޞަ އެއް ކަމަކީ، މާރުކޭޓުން ގޮޅި ދޫކުރުމަށް ހަމަޖެހިފައިވަނީ އެއްވެސް ކުލީގެ ފީއެއް ނުނަގާ ގޮތަށް ކަމަށްވުމެވެ. މި މާރުކޭޓުގައި ޖުމްލަ 24 ގޮޅި ހިމެނޭއިރު، އެ ގޮޅިތަކުގައި ވިއްކުމަށް ހަމަޖެހިފައިވަނީ މަހުގެ ބާވަތްތަކާއި، މޭވާއާއި ތަރުކާރީގެ އިތުރުން ދިވެހި އުފެއްދުންތަކުގެ ކާބޯތަކެތީގެ ބާވަތްތަކެވެ.

އެޗްޑީސީގެ އަމާޒަކީ ހުޅުމާލެއަކީ ހުރިހާ ޚިދުމަތްތަކެއް ފަސޭހައިން ލިބެން ހުންނަ ފުރިހަމަ ސިޓީއަކަށް ހެދުމެވެ. ވޭތުވެދިޔަ އަހަރުތަކުގައިވެސް އެ ކޯޕަރޭޝަނުން ވަނީ ރަމަޟާންމަހާ ދިމާކޮށް ހުޅުމާލޭގެ ރައްޔިތުންނަށް ލުއިފަސޭހަވާނެ ގިނަ ކަންތައްތަކެއް އިންތިޒާމުކޮށްފައެވެ.

2026ގައި ޞިއްޙީ ޚިދުމަތްތަކުން ހެޔޮ ބަދަލުތަކެއް ފެނިގެންދާނެ : ވަޒީރު
ޗާގޯސްގެ މިލްކުވެރިކަމުގެ ހައްގުކަން ބޮޑީ ރާއްޖެއަށް ، އަސްކަރީ މަރުކަޒަށް ހައްލެއް ހޯދައިދެވިދާނެ: ރައީސް މުއިއްޒު
މިއަހަރު ވާނީ، ރައްޔިތުން އެދޭ އަމާޒަށް ޤައުމު ގެންގޮސްދިނުމުގައި ކާމިޔާބީ ޙާޞިލްކުރާނޭ އަހަރަކަށް: ރައީސް މުޢިއްޒު
ފަތުރުވެރިކަމާއި މާލީކަންކަން ހަރުދަނާކުރަން އަލިޕޭ ، ވިޒިޓްމޯލްޑިވްސް އަދި ބީއެމްއެލް އެއްބަސްވުމަކަށް
ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވަން ލުއިތަކެއް ދެނީ
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?