ދެން އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާފައިވާ ކަންރަސްމީކޮށް އިއުލާންކޮށްފި އެވެ.
ރައީސް ސޯލިހުގެ މި ނިންމެވުން އިއުލާން ކުރެއްވީ، އެމަނިކުފާނަށް ތާއީދުކުރައްވާ ޓީމާއެކުގައި މާލޭގައި ބޭއްވި ކެއުމެއްގައި، މިދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް ސޯލިހުގެ ކެމްޕެއިން މެނޭޖަރުކަން ކުރެއްވި ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) އެވެ.
ރައީސް ސޯލިހުގެ ނިންމެވުމަށް ތާއިދުކުރާ ކަން ހާމަކުރެއްވި ބޭފުޅުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމާއި ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ހިމެނިވަޑައިގަންނަވަ އެވެ.
ރައީސް ސޯލިހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނުމިކުރެއްވީ އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަވެރިކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. މިގޮތުން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި، އެޕާޓީގެ ޗެއަރޕާރސަން ފައްޔާޒު އިސްމާއީލްވެސް ވަނީ ރިޔާސީ ޓިކެޓަށް ކެމްޕެއިން ފަށާފައެވެ. އަދި މެމްބަރު ޝަމްހީދާއި ކުރީގެ ނައިބްރައީސް ފައިސަލްވެސް ޕްރައިމަރީގައި ވާދަކުރައްވާނެކަމުގެ އަޑުތައްވަނީ ގަދަވެފައެވެ.
ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ރައީސް ސޯލިހު އިއުލާނުމިކުރެއްވީ އެންމެ ފަހުން ބޭއްވި ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހާ ވާދަކުރައްވައި ހިޔާލުތަފާތުވެވަޑައިގެން އެމްޑީޕީން ވަކިވެވަޑައިގަތް ކުރީގެ ރައީސް މުހައްމަދު ނަޝީދު އަލުން އެމްޑީޕީއަށް ވަންނަން އިއުލާންކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދުވެސް ވާދަކުރައްވާނެކަމަށް ބެލެވެއެވެ.
ރާއްޖޭގެ ރައްތަކުން އުމްރާނީ ތަރައްގީގެ ރައީސް
ބަރާބަރު ނިންމެވުމެއް..މަރުހަބާ އިބޫ