ހއ. ހޯރަފުށީގައި އައިޑީ ކާޑު ޕްރިންޓުކުރުމުގެ ޚިދުމަތް ފަށައިފިއެވެ.
މިހާރު ފަށައިފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން ވަނީ ވަނީ އައިޑީ ކާޑު ޕްރިންޓުކުރުމުގެ ޚިދުމަތް ހޯރަފުށީގައި ފެށުމަށް، އެ ރަށު ކައުންސިލާއެކު ސޮއިކޮށް އެކަން ހާމަކޮށްފައެވެ.
ޑީއެންއާރުން ބުނީ ހޯރަފުށީގައި މި ޚިދުމަތް ފެށުމާއެކު މިހާރު ޖުމްލަ 23 ރަށުން އައިޑީ ކާޑު ޕްރިންޓުކުރުމުގެ ޚިދުމަތް ލިބޭނެ ކަމަށެވެ. އަދި އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ހުރިހާ ރަށެއްގައި މި ޚިދުމަތް ގާއިމްކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ވެސް އެ ޑިޕާޓްމަންޓުން ބުންޏެވެ.
މިދިޔަ މަހުގެ 21 ވަނަ ދުވަހު ވަނީ ބ. ދަރަންވަންދޫއާއި އެ އަތޮޅު އޭދަފުށީގައި އައިޑީ ކާޑު ޕްރިންޓުކުރުމުގެ ޚިދުމަތް ދޭން ވެސް ފަށައިފައެވެ.