މާލޭ, މާފަންނު ގެއެއްގެ ތެރޭގައި 18 އަހަރުގެއަންހެނަކު ރަހީނުކުރި މައްސަލައިގައި 19 އަހަރުގެ ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ހައްޔަރުކޮށްފައިވަނީ ކ. މާލެ، ހ. ފޯސީޒަން، އުމުރުން 19 އަހަރުގެ އަޙްމަދު އާހިލް މުނާޒެވެ.
ފުލުހުން މިއަަދު ބުނީ މާފަންނު ގެއެއްގެ ތެރޭގައި 18 އަހަރުގެ އަންހެނަކު ހުއްދަ ނޫން ގޮތުގައި ގަދަކަމުން ހިފަހައްޓައި ޖިސްމާނީ އަނިޔާކޮށްފައިވާ ކަމަށް ތުހުމަތުކޮށް މިދިޔަ އަންގާރަ ދުވަހު އިރުއޮއްސި 18:11 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ މައްސަލައިގައި ތުހުމަތުގައި ހަަމަ އެ ދުވަހުގެ ރޭގެ ވަގުތެއްގައި 19 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފައިވާ ކަަަމަށެވެ.
އަދި އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރަން އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.


