ކޮފީއަކީ އަންހެނުން މުސްކުޅިކަމާ ދުރުކޮށް ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް ރަނގަޅު ބުއިމަކަށްވެދާނެ ކަމަށް ސައިންސްވެރިން ބުނެފިއެވެ.
ތާޒާކޮށް ތައްޔާރުކޮށްފައިވާ އަދި އެރޮމެޓިކް ކޮފީގެ ބުއިމުގެ އާދައަކީ ހަމައެކަނި ރޫހަށް ފައިދާ ކުރުމުގެ އިތުރުން މިއީ އަންހެނުންނަށް ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރެ މުސް މުސްކުޅިކަމާ ދުރުކޮށްދޭ ސަބަބަކަށް ވެސް ވެދާނެ ކަމަށް ސައިސްވެރިން ކުރި ދިރާސާއިން ވަނީ ހާމަވެފައެވެ.
އެމެރިކާގެ 47،513 އަންހެނުން ބައިވެރިކޮށްގެން 30 އަހަރު ދުވަހުގެ ތެރޭގައި ކުރި ދިރާސާއަކުން ދައްކާ ގޮތުގައި މެދު އުމުރުގައި މެދުމިނުގައި ކޮފީބުއިމުގެ އާދަ ގެންގުޅެފައިވާ މީހުން ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރެ މުސްކުޅިވުމުގެ އަލާމާތްތައް ފެންނަލެއް ލަސްކަން ވަނީ ފާހަގަ ވެފައެވެ.
ހާވާޑް ޔުނިވާސިޓީ އާއި ޔުނިވާސިޓީ އޮފް ޓޮރޮންޓޯގެ ނިއުޓްރިޝަން ސައިންޓިސްޓެއް ކަމަށްވާ ސާރާ މަހްދަވީ ވިދާޅުވާ ގޮތުގައި މީގެ ކުރިން ކުރި ދިރާސާތަކުން ކޮފީއާ ވަކި ސިއްހީ ނަތީޖާތަކާ ގުޅިފައި ވީ ނަމަވެސް، އެ ދިރާސާއަކީ 30 އަހަރު ދުވަހުގެ ތެރޭގައި މުސްކުޅިވުމުގެ އެކި ކަންކަމުގައި ކޮފީގެ އަސަރު ތައް ދެނެގަތް ފުރަތަމަ ދިރާސާ އެވެ.
މި ނަތީޖާއިން އެނގެނީ ކެފެއިން އެކުލެވޭ ކޮފީ – ޓީ ނުވަތަ ޑިކެފިނޭޓެޑް ކޮފީ ހާއްސަކޮށް ކޮގްނިޓިވް އަދި ޖިސްމާނީ ގާބިލުކަން އިތުރުކޮށްދޭ މުސްކުޅިވުމުގެ ވައްޓަފާޅި ދެމެހެއްޓުމަށް އެހީތެރިވެދޭނެ ކަމަށެވެ.
ކޮންމެ ދުވަހަކު 2 ތަށި ކޮފީ ބުއިމުން ދިގު މުއްދަތަކަށް ކުރާނެ އަސަރުތައް ދެނެގަތުމަށް މަހްދާވީ އާއި އޭނާގެ ޓީމުން ނަރުހުންގެ ހެލްތް ސްޓަޑީއިން އެއްކުރި ޑޭޓާތަކުން އެކުލަވާލި ތަފްސީލީ އެނަލިސިސްއިން އަކީ އެމެރިކާގެ ނަރުހުންގެ ސިއްހަތަށް އެކި ސަބަބުތަކުގެ ސަބަބުން ދެމެހެއްޓެނިވި ގޮތެއްގައި ކުރާ ނޭދެވޭ އަސަރުތައް ދެނެގަތުމުގެ މައްޗަށް ބިނާކޮށް ހަދާފައިވާ އެޕިޑެމިއޮލޮޖިކަލް ދިރާސާތަކެކެވެ.
މީގެ އިތުރުން ދުންފަތުގެ އިސްތިއުމާލު ކުރުމާއި، މަސްތުވާތަކެތި ބޭނުންކުރުމާއި، ފިޒިކަލް އެކްޓިވިޓީ ލެވެލް އަދި ބޮޑީ މާސް އިންޑެކްސް ފަދަ ސިއްހަތަށް އަސަރުކޮށްފާނެ އެހެން ކަންކަމަށް ވެސް ސައިންސްވެރިން ވަނީ ރިއާޔަތްކޮށްފަ އެވެ.
އެގޮތުން އެދިރާސާއިން ހާމަވީ 2016 ވަނަ އަހަރުގެ ނިޔަލަށް ދުޅަހެޔޮ ސިއްހަތުގައި ހުރެ މުސްކުޅިވުމާ ހަމައަށް ވާސިލްވި 3،706 އަންހެނުންގެ ތެރެއިން 80 އިންސައްތަ އަކީ ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 3 ކޮފީ ތަށި ބޯފައިވާ މީހުންވެނެވެ.
ނަމަވެސް އެއާ ހިލާފަށް ޓީ އާއި ޑިކެފިނޭޓެޑް ކޮފީއަކީ ދުޅަހެޔޮ ހކަންމަތީ މުސްކުޅިވުމުގެ އެއްވެސް އިންޑިކޭޓަރަކާ ގުޅުމެއް ނެތް އެއްޗެއް ކަމަށާއި އަދި ކޯލާ އަކީ ދުޅަހެޔޮ ކަންމަތީ މުސްކުޅިވުމަށް ނޭދެވޭ އަސަރު ކުރާ އެއްޗެއް ކަމަށެވެ. އެހެން ގޮތަކަށް ބުނަންޏާ ކޮފީގެ ސަބަބުން ފައިދާހުރި އަސަރު ކޮށްފައިވާއިރު، އަދި ޓީ އާއި ޑެކަފްގެ ސަބަބުން ނިއުޓްރަލް ނަތީޖާއެއް ދައްކާފައިވާއިރު ކޯލާއިން މުސްކުޅިވުން އިތުރުކޮށްދޭކަމަށް ވަނީ ދައްކާފައެވެ.
މި ދިރާސާއިން ދައްކާފައިވާ ގޮތުން ޖުމްލަ 5 ތަށި ކމޮޮފީ ބުއިމުން ދުޅަހެޔޮ ކަންމަތީ މުސްކުޅިވުމުގެ ފުރުސަތު 2-5 ޕަސެންޓާ ދެމެދުގެ އަދަދަކަށް އިތުރުވެ އެވެ. އެއާ ހިލާފަށް ކޯލާ ބޯ މީހުންނަށް ދުވާލެއްގެ މައްޗަށް ބޭނުންކުރާ ކޮންމެ ތައްޓަކުން ދުޅަހެޔޮކަންމަތީ މުސްކުޅިވުމުގެ ފުރުސަތު 20 ޕަސެންޓާއި 26 ޕަސެންޓާ ދެމެދުގެ އަދަދަކަށް ދަށްވެ އެވެ.
ނަމަވެސް މި ދިރާސާ ރިޕޯޓްގައި މަހްދަވީ ބާރުއަޅުއްވަނީ ކޮފީއަކީ ސިއްހަތަށް ފަރުވާއެއް ނޫން ކަމަށާއި، ތަފާތު ވަސީލަތްތައް މެދުވެރިކޮށް އަމިއްލަ ނަފްސަށް އަޅާލުމަކީ މުހިންމު ކަމެކެވެ.’މި ހޯދުންތަކަކީ އިބްތިދާއީ ހޯދުންތަކަކަށްވީ ނަމަވެސް، އާދައިގެ ވަރަކަށް ކޮފީ ބުއިމަކީ އާންމުކޮށް ޖިސްމާނީ ހަރަކާތާއި ބެލެންސްޑް ޑައިޓެއް ހިފެހެއްޓުމާއި ދުންފަތުގެ އިސްތިއުމާލު ނުކުރުން ފަދަ ސިއްހަތަށް ފައިދާހުރި އެހެން އާދަތަކާ އެކު އަޅާބަލާއިރު ރައްކާތެރިކަމުގެ ބައެއް ފައިދާތައް ލިބޭ އެއްޗެއްކަމަށެވެ.
މިއީ ފްލޮރިޑާގެ އޯލަންޑޯގައި ކުރިއަށްދާ ނިއުޓްރިޝަން 2025 ކޮންފަރެންސްގައި ހުށަހަޅާފައިވާ ދިރާސާއެކެވެ.


