ކުރިއަށް އޮތް 24 ގަޑިއިރުވެސް އެކިހިސާބަށް ބޯކޮށް ވާރޭވެހި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
މިވިއްސާރައިގައި މިއަދު މެންދުރުން ފެށިގެން މާލެއަށް ބޯކޮށް ވާރޭވެހުމާ ގުޅިގެން މާލޭގެ މަގުތަކުގައި މާލޭގެ މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ދަނީ ހަރަކާތްތެރިވަމުންނެވެ. އެގޮތުން މާލޭގެ ހަތް ސަރަހައްދެއްގައި ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތްދަނީ ކުރަމުންނެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާއިންވަނީ ޅ.އަތޮޅުން ފެށިގެން އދ. ހިމެނޭ ސަރަހައްދަށް ރީނދޫ ސަމާލުވެސް ނެރެފައެވެ.
ރާއްޖެއަށް މޫސުން ގޯސްވެފައިވާތީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ އިދާރާއިންވަނީ އިލްތިމާސްކުރައްވާފައެވެ.


