The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ކައުންސިލަރު ނަހުލާ އެގްރީމަންޓްތަކެއް ވީދާލި މައްސަލައެއް ފުލުހަށް ހުށަހަޅައިފި

ހައްވާ
ހައްވާ
1 ހަފްތާ ago
SHARE

މާލެ ސިޓީ ކައުންސިލްގެ ވިލިމާލެ ދާއިރާގެ ކައުންސިލަރު، ނަހުލާ އަލީ މާލެ ސިޓީ ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކެއްގެ އެގްރީމެންޓުތަކެއް ވީދާލި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި އެވެ.

މާލެ ސިޓީ ކައުންސިލުން ބޭއްވި އެކައުންސިލްގެ މިއަދުގެ ބައްދަލުވުމުގައި  މޭޔަރު އާދަމް އާޒިމް ވަނީ މާލޭގެ ބިންތަކަކާ ބެހޭ އެއްބަސްވުންތަކެއްް މެންބަރު ނަހުލާ ވީދާލާ މަންޒަރު ފެންނަ ވީޑިއޯއެއް ކައުންސިލަރުންނާ ހިއްސާ ކޮށްފަ އެވެ. އަދި މޭޔަރު އާޒިމް ވިދާޅުވީ ނަހުލާ ވީދާލާފައި ވަނީ އެ ކައުންސިލުން އާންމުކުރި ބިމުގެ ދަފުތަރުގައި ނުހިމެނި އޮތް ކޮންޓްރެކްޓެއް ކަމަށެވެ.

އެއަށްފަހު އާދަމް އާޒިމް ވިދާޅުވީ މިހާރުވެސް އެ ކައުންސިލް ތެރޭގައި ކަންކަން ގޯސްކޮށް ކުރަމުންދާކަން އެކަމުން ހާމަވާ ކަމަށާއި، ކައުންސިލުގައި ލިޔެކިޔުންތައް ހުރިކަން ނުވަތަ ނެތްކަން ނޭނގޭ ކަމަށް ވިދާޅުވާން ޖެހޭ ސަބަބަކީ އެއީ ކަމަށެވެ.

އެހެންކަމުން އެ އެއްބަސްވުން ވީދާލާ މަންޒަރު ފެންނަ ވީޑީއޯ މިހާރު ވާނީ ފުލުހުންނަށާއި އެލްޖީއޭ އަށް ހުށަހަޅާފައިކަމަށް ވިދާޅުވެ މޭޔަރ އާޒިމް ވިދާޅުވީ ރަސްމީ ލިޔެކިޔުމެއް ވީދާލުމަކީ ޖިނާއީ ކުށެއް ކަމަށާއި ސިޓީ ކައުންސިލުގައި ހުންނަ އެއްވެސް ލިޔެކިޔުމެއް ނައްތާލުމުގެ ބާރު އެ ކައުންސިލުގެ އެއްވެސް މެންބަރަކަށް ލިބިގެން ނުވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ސިޓީ ކައުންސިލްގެ މުވައްޒަފުންގެ ބަޔާންތައް ވެސް ނަގާފައިވާ ކަމަށާއި އެ ބަޔާންތައް ފުލުހުންނާ ހިއްސާކުރައްވާނެ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

މޭޔަރު އާޒިމްގެ މި ތުހުމަތާ ގުޅިގެން މެންބަރު ނަހުލާ ވިދާޅުވީ  އެއްބަސްވުމެއް ވިދާލެއްވި ކަމަށާއި، ނަމަވެސް އެއީ ކުރީގެ ތާރީހެއް ޖަހައިގެން ވިލިމާލޭގެ ބިމެއް ހަވާލުކުރުމަށް މިދިޔަ ބުރާސްފަތި ދުވަހު ސޮއިކުރި އެއްބަސްވުމެއް ކަމަށެވެ. އަދި މިދިޔަ މަހު އާންމުކުރި މާލޭގެ ބިންތަކުގެ ދަފުތަރުގައި ވިލިމާލެއިން ދޫކޮށްފައިވާ 9 ބިމުގެ ތެރެއިން 6 ބިމެއް އުނިކޮށްފައިވާ ކަމަށާއި އެކަން ކައުންސިލުގެ ސަމާލުކަމަށް އޭނާ ވާނީ ގެނެސްފައިކަމަށެވެ.

ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
މާލޭގައި ހުރި ސެލޫން އަކަށްވަދެ ތަކެއްޗަށް ގެއްލުންދީ މާރާމާރީ ހިންގި ފުލުހަކު ހައްޔަރުކޮށްފި
މޯލްޑިވިއަނުން ވެލިދުއަށް ސީޕްލޭންގެ ދަތުރުތައް ފަށަން ތައްޔާރުވެއްޖެ
ހުޅުމާލޭގައި ޢިމާރާތް ކުރާ ވަގްފް އިމާރާތް ”ދާރުއްސަލާމް“ ގެ ބިންގާ އަޅައިފި
ސްޓެލްކޯ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު މީހާގެ ހަށިގަނޑުގެ ބޮޑު ބައެއް ވަނީ ފިހިފައި: ހުޅުމާލެ ހޮސްޕިޓަލް
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?