ކައިލާން ޓްރެންޑްސްގެ އަހަރީ ސޭލް ރަސްމީކޮށް ފަށައިފިއެވެ، މި ސޭލްގައި ގިނަ ބާވަތްތަކުން %50 އާ ހަމައަށް ހާއްސަ ޑިސްކައުންޓްތައް ލިބިގެންދާނެއެވެ. ކައިލާން ޓްރެންޑްސް ހުޅުވުނު ފަހުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މި މަޤުބޫލު ޕްރޮމޯޝަނަކީ ފެންވަރު ރަނގަޅު ބިއުޓީ އަދި ލައިފްސްޓައިލް އުފެއްދުންތައް ހެޔޮ އަގުގައި ހޯދުމަށް ގިނަ ފަރާތްތަކުން އިންތިޒާރުކުރާ ސޭލްއެކެވެ.
މިމަހުގެ 6 ގެ ނިޔަލަށް މި ސޭލް ކުރިއަށްދާނެއެވެ. ފިހާރަ ހުޅުވާފައި ހުންނާނީ ދުވާލު 1:30 އިން ޢަޞްރު ވަގުތާ ހަމައަށް، އަދި ހަވީރު 4:00 އިން 6:00 އަށް، އަދި ރޭގަނޑު 8:00 އިން 11:00 އަށެވެ.
މި މުއްދަތުގެ ތެރޭގައި، ވިޔަފާރިކުރާ ފަރާތްތަކަށް ކޮސްމެޓިކްސް، މޭކަޕް، ސެންޓް، އަދި އެހެނިހެން ބިއުޓީއާ ގުޅުންހުރި އުފެއްދުންތަކުން ބޮޑެތި ޑިސްކައުންޓްތަކެއް ލިބިގެންދާނެއެވެ. ކައިލާން ޓްރެންޑްސް އިން ވިއްކާ ތަފާތު ހޯލްސޭލް އަދި ރީޓެއިލް ބާވަތްތައްވެސް މި ޕްރޮމޯޝަންގައި ހިމެނޭނެއެވެ. ކުރީގެ އަހަރުތަކެކޭ އެއްގޮތަށް، ޑިސްކައުންޓް ލިބޭ ހުރިހާ އުފެއްދުންތަކެއް ލިބެން ހުންނާނީ ސްޓޮކް ހުސްވަންދެނެވެ.
ކައިލާން ޓްރެންޑްސް އިން މި އަހަރީ ސޭލް ސިފަކޮށްފައިވަނީ އަހަރު ނިމޭއިރު އާއިލާގެ މީހުންނާއި ރައްޓެހިންނަށް އަދި ލޯބިވާ ފަރާތްތަކަށް އަހަރު ނިންމާލުމުގެ ގޮތުން ހަދިޔާ ގަތުމަށް ލިބޭ ރަނުގެ ފުރުސަތެއްގެ ގޮތުގައެވެ. ހުރިހާ ބާވަތްތަކުންވެސް ބޮޑެތި ޑިސްކައުންޓްތަކެއް ލިބޭއިރު، މީރުވަހާއި ، މޭކަޕް އަދި ޒީނަތްތެރިވުމަށް ބޭނުންކުރާ ސާމާނުގެ އިތުރުން އެހެނިހެން ގިނައުފެއްދުންތަކުން ވިޔަފާރިކުރާ ފަރާތްތަކަށްވެސް ބޮޑު ފައިދާއެއް ލިބިގެންދާނެއެވެ.
ކައިލާން ޓްރެންޑްސް އަކީ 2009 ވަނަ އަހަރުން ފެށިގެން ދިވެހި ބާޒާރުގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ”ކައިލާން“ ފިހާރައިގެ ސަބް ބްރާންޗެކެވެ. މި ކުންފުނިން ޚާއްސަވަނީ އިންޓަނޭޝަނަލް ކޮސްމެޓިކްސް އަދި ބިއުޓީ ބްރޭންޑްތައް ހޯލްސޭލް އަދި ރީޓެއިލްކޮށް ވިއްކުމުގައެވެ. އަދި ދިވެހިރާއްޖޭގެ ކަސްޓަމަރުންގެ މެދުގައި ބަރޯސާވެވޭ ނަމެއްގެ ގޮތުގައި ކައިލާން ފާހަގަކޮށްލެވެއެވެ.
މި ސޭލްއާ ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް ކައިލާން ޓްރެންޑްސްގެ 3307663 ނުވަތަ 9589170 މި ނަންބަރުތަކަށް ގުޅުމުން ލިބިވަޑައިގަންނަވާނެއެވެ.


