ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް، ގ. ހާފްސީ، އަޙްމަދު މަޚްލޫފް މިއަދު ޢައްޔަން ކުރައްވައިފިއެވެ.
މަޚްލޫފް ސަފީރުކަމަށް ޢައްޔަންކުރެއްވީ، މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް މަހުލޫފް އައްޔަންކުރަން ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ނަން ފޮޮނުވީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. ޖަޕާނަށް ރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުރީގެ މެމްބަރު އަދި ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް، އައްޔަނުކުރަން މަޖިލީހުން ފާސްކުރީ އިއްޔެއެވެ.
މި އަހަރުގެ ސެޕްޓެމްބަރު މަހުގެ އަށް ވަނަ ދުވަހު އެމްޑީޕީއިން ވަކިވެވަޑައިގެންނެވި މަހުލޫފް ވެރިކަންކުރާ ޕީއެންސީއާ ގުޅިވަޑައިގަތީ މިދިޔަ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހުގެރޭ ބޭއްވި”ދިވެހިންގެ ރާއްޖެ“ ޖަލްސާގައެވެ.


