The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ޤައުމީ ވެކްސިން ޝެޑިޔުލްގައި އައު ދެ ވެކްސިން ހިމަނައިފި

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
3 ދުވަސް ago
SHARE

ދިވެހިރާއްޖޭގެ ޤައުމީ ވެކްސިން ޝެޑިއުލްގައި އިތުރު ދެ ވެކްސިނެއް ހިމަނައި، އެ ވެކްސިންތައް މިއަދުން ފެށިގެން ދޭން ފަށައިފިއެވެ. މިގޮތުން ޤައުމީ ޝެޑިއުލްގައި ހިމެނުނީ ”ނިއުމަ ކޯކަލް“ އަދި ”ރޯޓާ ވައިރަސް“ ވެކްސިނެވެ.

ވެކްސިން ޕްރޮގްރާމްގެ ޑިރެކްޓަރ ނާޝިޔާ އަބްދުލް ޣަފޫރު ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މިއަދުން ފެށިގެން އެ ދެ ވެކްސިން ޤައުމީ ވެކްސިން ޝެޑިއުލްގައި ހިމަނައިގެން ދޭން ފަށާނެ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ، މި ދެ ވެކްސިނަކީ ކުރިން އަމިއްލަ ގޮތުން ބޭނުންވާ މީހުންނަށް ގަނެގެން ދޭ ވެކްސިންތަކެއް ނަމަވެސް، ޤައުމީ ޝެޑިއުލްގެ ތެރޭގައި ހިމެނުމުން އެހެން ވެކްސިންތަކެކޭ އެއްގޮތަށް ދެމުން ގެންދާނެ ކަމަށާއި، އެއްވެސް އަގަކާ ނުލާ ވެކްސިން ސެންޓަރުތަކުން މިވެކްސިންތައް ލިބެން ހުންނާނެ ކަމަށެވެ.

މި ދެ ވެކްސިނަކީ ކުޑަކުދިންނަށް ދިމާވާ ނުރައްކާތެރި ބަލިތަކުން ރައްކާތެރިވުމަށް ވަރަށް މުހިންމު ދެ ވެކްސިނެވެ. ނިއުމޯ ކޮކަލް ވެކްސިނަކީ ނިއުމޯނިޔާ އަދި މެނިންޖައިޓިސް ފަދަ ބަލިތަކުން ރައްކާތެރި ވުމަށް ޖަހާ ވެކްސިނެކެވެ. އަދި ރޮޓާ ވައިރަސް ވެކްސިނަކީ ބޭރަށް ހިންގުމާއި ގިނައިން ހޮނޑުލުން ފަދަ ކަންކަމުން ދުރުކޮށްދިނުމަށް ދޭ ވެކްސިނެކެވެ. މި ވެކްސިންތައް ދޭން ހަމަޖައްސާފައިވަނީ އުމުރުން 2 މަހާއި، 4 މަސް އަދި 6 މަހުގެ ކުދިންނަށެވެ.

މީގެ ކުރިން ނިއުމޯ ކޮކަލް އަދި ރޮޓާ ވައިރަސްއަކީ އޮޕްޝަނަލް ދެ ވެކްސިން ކަމަށްވުމާއިއެކު، އާސަންދައިން އެ ވެކްސިންތަކުގެ ޚަރަދު ކަވަރު ނުކުރެއެވެ. ނަމަވެސް، ޤައުމީ ޝެޑިއުލްގައި މި ދެ ވެކްސިން ހިމެނުމުން، އެހެން މަޖުބޫރު ވެކްސިންތަކެކޭ އެއްފަދައިން އާސަންދައިން މި ވެކްސިންތަކުގެ ޚަރަދު ކަވަރު ކުރާނެއެވެ. ޤައުމީ ޝެޑިއުލްގައި މީގެ ކުރިން ހިމެނޭ މަޖުބޫރު ވެކްސިންތަކުގެ ތެރޭގައި އެމްއެމްއާރު، ޕޯލިއޯ، ހެޕަޓައިޓިސް، އަދި ޓެޓްނަސް ފަދަ ވެކްސިންތައް ހިމެނެއެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
ދަރިވަރެއްގެ ކަރުގައި ހިފައި، އަނިޔާކުރި ބިދޭސީ މުދައްރިސެއްގެ މައްސަލަ ތަޙުޤީޤުކުރަނީ
މާލޭ ގެއަކުން ވަގަށް ނެގި ލައްކަ އަކަށްވުރެ ގިނަ ރުފިޔާ ހޯދައި މީހަކު ހައްޔަރުކޮށްފި
ޓޯވކުރާ އުޅަނދުތައް ގެންދާއިރު، ގެންދަނީ ރަޖިސްޓްރީ ކޮށްފައިވާ ޒޯނަށްކަން ކަށަވަރުކުރާނެ:ފުލުހުން
ސިންގަޕޫރަކީ ދިވެހިން ތަރައްޤީ ތަޞައްވުރު ކުރުމުގައި ނަމޫނާއަކަށް ބަލާ ޤައުމެއް: ރައީސް
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?