The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ޑެންމާކުން 15 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަން ނިންމައިފި!

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
4 މަސް ago
SHARE

އޮސްޓްރޭލިއާއިން 16 އަހަރުން ދަށުގެ ޒުވާނުންނަށް ސޯޝަލް މީޑިއާ މަނާކުރުމުން، ޔޫރަޕިއަން ޔޫނިއަންގެ ގައުމެއް ކަމަށްވާ ޑެންމާކުން ވެސް އެފަދަ ބަދަލެއް ގެނައުމަށް ތައްޔާރުވަމުން އެބަދެއެވެ. ޑެންމާކު ސަރުކާރުން މިދިޔަ ދުވަސްތަކުގައި ވަނީ 15 އަހަރުން ދަށުގެ އިންޓަނެޓް ބޭނުންކުރާ ފަރާތްތަކަށް ސޯޝަލް މީޑިއާގެ ހުއްދަ ހަނިކުރުމުގެ ރާވާފައިވާ ކަމަށް އިއުލާންކޮށްފައެވެ. މިއީ ޔޫރަޕިއަން ޔޫނިއަންގައި ޒުވާނުން ސޯޝަލް މީޑިއާ ބޭނުންކުރާ މިންވަރު ހަނިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

މިހާރު މި ގާނޫނަކީ ހުށަހެޅުމެއްގެ ގޮތުގައި އޮތް ނަމަވެސް، މި ހުށަހެޅުމަށް ސަރުކާރުގެ އިތުރުން އިދިކޮޅު ފަރާތްތަކުން ވެސް ތާއީދު ވަނީ ލިބިފައެވެ. މި ހުށަހެޅުން ފާސްވެއްޖެނަމަ، 2026 ވަނަ އަހަރުގެ ނިޔަލަށް މި ގާނޫނަށް އަމަލުކުރަން ފެށިދާނެ ކަމަށް ބެލެވެއެވެ. މި ހަނިކުރުން އޮތް ނަމަވެސް، 13 އަހަރާއި އެއަށްވުރެ މަތީ އުމުރުގެ ކުދިންނަށް މައިންބަފައިންގެ ހުއްދައާއެކު ސޯޝަލް މީޑިއާ ބޭނުންކުރެވޭނެ ކަމަށް ލަފާކުރެވެއެވެ. ނަމަވެސް 13 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އެކައުންޓް ހެދުމުގެ ހުއްދައެއް ނުލިބޭނެއެވެ.

ޑެންމާކުގައި 13 އަހަރުން ދަށުގެ 98% ކުދިން މިހާރު ވެސް ސޯޝަލް މީޑިއާ އެކައުންޓްތައް ބޭނުންކުރާ ކަމަށް ރިޕޯޓްތަކުން ދައްކައެވެ. މިއީ މި ގާނޫނު ތަންފީޒު ކުރުމުގައި ގޮންޖެހުންތަކެއް ހުރިކަން ހާމަކުރާ ކަމެކެވެ.

ޑެންމާކުގެ ޑިޖިޓަލް ކަންކަމާ ބެހޭ ވަޒީރު ކެރޮލައިން ސްޓޭޖް ވިދާޅުވީ، ހަގީގީ ދުނިޔޭގައި ވެސް އުމުރަށް ބިނާކޮށް ހުއްދަތަކާއި ހަނިކުރުންތައް ހުންނަ ފަދައިން، ޑިޖިޓަލް ދުނިޔޭގައި ވެސް ބެލެހެއްޓުމާއި ސުޕަވައިޒް ކުރުން މުހިންމު ކަމަށެވެ. ޑިޖިޓަލް ދުނިޔޭގައި ”ބޮޑީގާޑެއް“ ނުހުންނަކަން ފާހަގަކުރައްވައި، ކަނޑައެޅިގެން ރެގިއުލޭޝަންތައް ހުރުން މުހިންމުކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

މި ބަދަލާއެކު ޒުވާނުންނަށް އެމީހުންގެ އޮންލައިން ރަހުމަތްތެރިންނާ ގުޅުން ކެނޑިދާނެ ކަމަށް ބައެއް ކަންބޮޑުވުންތައް ފާޅުކޮށްފައިވީ ނަމަވެސް، ގިނަ މައިންބަފައިން ވަނީ މި ފިޔަވަޅަށް ތާއީދުކޮށްފައެވެ. މި ގާނޫނަށް ފުރިހަމައަށް އަމަލުކުރުމަށްޓަކައި، އުމުރު ހަމަވޭތޯ ކަށަވަރުކުރުމަށްޓަކައި ޑިޖިޓަލް އެވިޑެންސް އެޕެއް ތައާރަފްކުރުމަށް ޑެންމާކުން ރާވާފައިވެއެވެ.

ދެކުނު ކޮރެއާގެ ކުރީގެ ފަސްޓް ލޭޑީގެ މައްޗަށް ކުރެވޭ ކޮރަޕްޝަނުގެ މައްސަލަތަކުގެ ހުކުމް މި ހަފުތާގައި އިއްވަނީ
ޖިންސީ ކުށްތަކާއި ފާޙިޝް ޢަމަލުތަކަށް ޔޫއޭއީއިން ދޭ އަދަބުތައް އިތުރަށް ހަރުކަށިކޮށްފި!
ޕަރތް ސްޓޭޑިއަމްގައި އަލިފާނުގެ ޚާދިސާއެއް ހިނގައިފި
ފާއިތުވި 24 ގަޑިއިރުތެރޭގައި ފަލަސްތީނުގެ 81 މީހަކު ވަނީ ޝަހީދުކޮށްލާފައި
ޗައިނާގެ ސައިންސްވެރިން އިސްތަށްޓަކަށްވުރެ ހިމަ ، އާދަޔާޚިލާފު ވަރުގަދަ ފްލެކްސިބަލް ޗިޕެއް އުފައްދައިފި
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?