The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

މަޝްހޫރު ބޭންޑު، ޓްރެފިކް ޖޭމްއަށް ތަޖުރިބާކާރު ދެ ފަންނާނުން: އައްޑޮ އާއި އިއްބެއާއެކު އައު ދަތުރެއް

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
3 ދުވަސް ago
SHARE

މިހާރު ރާއްޖޭގެ އެންމެ މަޝްހޫރު ރޮކް ބޭންޑުތަކުގެ ތެރޭގައި ހިމެނޭ ޓްރެފިކް ޖޭމްއިން، އެ ބޭންޑުގެ ލައިންއަޕަށް އައު ދެ މެންބަރުން އިތުރުކޮށްފި އެވެ. މި ބަދަލާއެކު، ދިވެހި މިއުޒިކީ ދުނިޔޭގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ދެ ތަޖުރިބާކާރު މިއުޒީޝަނުން ކަމަށްވާ އަބްދުالله އަރަފާތު (އައްޑޮ) އާއި އިބްރާހިމް ސާމިހު (އިއްބެ) ވަނީ ޓްރެފިކް ޖޭމްގެ އައު ބޭސް ގިޓަރިސްޓް އަދި ޑްރަމަރުގެ މަގާމަށް ހަމަޖެހިފަ އެވެ.
މިކަން އިއުލާނުކުރީ ”ޓްރެފިކް ޖޭމް – ރިކްރޫޓްމަންޓް ޓްރިލޮޖީ“ ގެ ނަމުގައި ސޯޝަލް މީޑިއާގައި ކުރިއަށްގެންދިޔަ ކެމްޕޭނެއްގެ ތެރެއިންނެވެ. މި އިއުލާނާއެކު، ޓްރެފިކް ޖޭމްގެ ފޭނުންގެ ހިތްތަކުގައި ބޮޑު އުފާވެރިކަމެއް ވަނީ އުފެދިފަ އެވެ. ސޯޝަލް މީޑިއާގައި މި އިއުލާން ވަރަށް ބޮޑު ސަމާލުކަމެއް ހޯދައި، އިންސްޓަގްރާމް، ޓިކްޓޮކް އަދި ފޭސްބުކް ފަދަ ޕްލެޓްފޯމްތަކުން ފަސް ދުވަހުގެ ތެރޭގައި 130,000 އަށް ވުރެ ގިނަ ވިއުޒް ވަނީ ލިބިފައެވެ.

އައްޑޮ: ތަޖުރިބާކާރު ބޭސް ގިޓަރިސްޓެއް

ޓްރެފިކް ޖޭމްގެ ބޭސް ގިޓަރިސްޓެއްގެ ގޮތުގައި އެ ބޭންޑާ ގުޅުނު އަބްދުالله އަރަފާތު (އައްޑޮ) އަކީ ދިވެހި މިއުޒިކީ ދުނިޔޭގައި ނަން މަޝްހޫރު ފަންނާނެކެވެ. އޭނާ ވަނީ ފަސީލައިވް، ވަލު އިލްމު، އަދި އީމާންސް ކޮންސްޕިރަސީ ފަދަ ބޭންޑުތަކުގެ ފައުންޑިން މެންބަރެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ. 90 ގެ އަހަރުތަކާއި 2000 ގެ އަހަރުތަކުގައި ރާއްޖޭގެ މިއުޒިކީ އުދަރެހުގައި ފިޔަޖެހި އިލްސައިޓް އަދި 2005 ވަނަ އަހަރު އުފެއްދި ތްރޭޝް މެޓަލް ބޭންޑު ސެރެނިޓީ ޑައިސް ފަދަ ބޭންޑުތަކުގައި ވެސް އައްޑޮ ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ.
އޭގެއިތުރުން، އައްފާން، ހައިޝަމް، ޝިއުޒް، ހައްފާފް، އަދި ޒީރޯ ޑިގްރީ އެޓޯލްގެ ނާޝިދް ފަދަ ފަންނާނުންނާއެކުވެސް އައްޑޮ ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އޭނާގެ މަސައްކަތްތަކުގެ ތެރޭގައި އިލްސައިޓްގެ އަލްބަމް، ”އާފްޓާ ލައިފް“ އާއި ފަސީލައިވްގެ ”ވެންޖެންސް“ އަދި ”ސިލްވާ“ގެ އިތުރުން އައްފާންގެ ”ގެނބެންދެން“ އަލްބަމް ފާހަގަކޮށްލެވެ އެވެ. އޭނާގެ ސިންގަލްތަކުގެ ތެރޭގައި ޓްރެފިކް ޖޭމްގެ ”އެއްގަޑި ބައި“ އާއި ނިޝް ނާޝިދުގެ ”ދެވިހިފީ“ އަދި އަބްސީގެ ބައެއް ލަވަތައް ހިމެނެ އެވެ.
މިއުޒިކް މިކްސިން އަދި މާސްޓަރިންގެ މަސައްކަތުގައި ވެސް އައްޑޮއަކީ ފާހަގަކޮށްލެވޭ ފަންނާނެކެވެ. އެގޮތުން ޓްރެފިކް ޖޭމްގެ ”އަލިފް ބާ ޅަވިޔަނި“ އާއި ނިޝް ނާޝިދުގެ ”ގަރުބަގަތީ“ އަދި އޭނާގެ ”އެޑްރެނަލައިން“ ފާހަގަކޮށްލެވެ އެވެ.

އިއްބެ: ކުޅަދާނަ ޑްރަމަރެއް އަދި ޕްރޮޑިއުސަރެއް

ޓްރެފިކް ޖޭމްގެ ޑްރަމަރެއްގެ ގޮތުގައި ގުޅުނު އިބްރާހިމް ސާމިހު (އިއްބެ) އަކީ ތިރީސް އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަންނާނެކެވެ. 90 ގެ ފަހުކޮޅުން ފެށިގެން މިއަދާ ހަމައަށް ވެސް ދިވެހިރާއްޖޭގެ ލެޖެންޑްރީ ބޭންޑު މެޒޯ އާއި އެ ބޭންޑުގެ ބައެއް މެންބަރުން ފަހުން އުފެއްދި ސަލްޓަންސް، ޑައިނަމިކްސް، ޓިއުމަރ، ލިވައިތަން އަދި ޒީރޯ ޑިގްރީ އެޓޯލް ފަދަ ބޭންޑުތަކުގެ ޑްރަމަރުގެ ޒިންމާ އަދާކޮށްފައިވެ އެވެ. އިއްބެއަކީ ފަސީލައިވް އަދި ޓިއުމަރގެ ކޯ ފައުންޑަރެވެ.
ހުނަރުވެރި ޑްރަމަރެއްގެ އިތުރުން އިއްބެއަކީ ކުޅަދާނަ މިއުޒިކް ކޮމްޕޯޒަރެއް އަދި މިއުޒިކް ޕްރޮޑިއުސަރެއް ވެސްމެ އެވެ. ލަވަކިޔައި، ލަވަ ލިޔެ، ޅެން ހެދުމުގެ އިތުރުން ރިކޯޑިން އާޓިސްޓެއްގެ ގޮތުގައި ވެސް އޭނާ ހަރަކާތްތެރިވެ އެވެ. އޭނާގެ ފާހަގަކޮށްލެވޭ މަސައްކަތްތަކުގެ ތެރޭގައި މެޒޯގައި އޭނާކުރި މަސައްކަތުގެ އިތުރުން ފަސީލައިވްއިން ނެރުނު އަލްބަމްތައް ހިމެނެ އެވެ.
ޔޫރަޕްގެ ބެޓްލް އޮފް ދަ ބޭންޑްސް (އެމާޖެންޒާ) 2006-2007 ގައި ފަސީލައިވް ވާދަކޮށް 400 ބޭންޑުގެ ތެރެއިން އެންމެ މޮޅު ތިން ބޭންޑުގެ ތެރޭގައި ހިމެނުނުއިރު، އިއްބެއަކީ އެ ބޭންޑުގެ ޑްރަމަރެވެ. އޭގެފަހުން 2009 ވަނަ އަހަރު ފަސީލައިވްއިން އިނގިރޭސިވިލާތުގެ މަގުބޫލު އެތައް ތަނެއްގައި ކުޅެ، އެއް އަހަރު ދުވަހުގެ ޓުއާއެއް އިއްބެގެ ބައިވެރިވުމާއެކު ފުރިހަމަކޮށްފައިވެ އެވެ.
އިއްބެއަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި އިންޓަނޭޝަނަލް މިއުޒިކް ފެސްޓިވަލް، ބްރޭކްއައުޓްގެ ކޯ ކްރިއޭޓަރެވެ. އަދި ހުނަރުވެރި އެތައް ގިޓަރިސްޓުންނެއްގެ ހުނަރު ދައްކާލުމުގެ ފުރުސަތު ލިބިގެންދިޔަ ގިޓާ އައިޑޮލްގެ ފަހަތުގައި ތިބި ކޯ ގްރޫޕުގެ ވެސް މުހިންމު މެންބަރެކެވެ.

އެން9 ސްޓޫޑިއޯގެ ހިންގުން

2022 ވަނަ އަހަރު އައްޑޮއާއި އިއްބެ ވަނީ ޒީރޯ ޑިގްރީ އެޓޯލްގެ ތާރީޚީ ސްޓޫޑިއޯ ބްލޫ ވޭވްސް އަލުން ހުޅުވައި، ނަން ބަދަލުކޮށް އެން9 ސްޓޫޑިއޯގެ ނަމުގައި ހިންގަން ފަށާފަ އެވެ. މި ސްޓޫޑިއޯއިން މިހާރު ދަނީ ރެކޯޑިން، މިކްސިން އަދި މާސްޓަރިންގެ ހިދުމަތްތައް ދިނުމުގެ އިތުރުން ދިވެހި މިއުޒިކީ ދުނިޔެއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ފުރަތަމަ ޝޯ އާއި ކުރިއަށް ހުރި މަސައްކަތްތައް

އިއްބެ އާއި އައްޑޮ ލައިންއަޕްގައި ހިމަނައިގެން ޓްރެފިކް ޖޭމްއިން ފުރަތަމަ ޕާފޯމް ކުރާނީ މި މަހުގެ 18 ވަނަ ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައި އޮންނަ އުރީދޫ ފަން ރަން މިއުޒިކް ޝޯ ގަ އެވެ. އެ ޝޯ ފަށާނީ އެރޭ 8:00 ގަ އެވެ.މީގެއިތުރުން، ބޭންޑަށް 20 އަހަރު ފުރޭތީ ފާހަގަކުރުމުގެ ގޮތުން ޓްރެފިކް ޖޭމްއިން ދަނީ ”އ.ބ.ޅ“ ނަމަކަށް ކިޔާ އައު ސިންގަލެއް އޭގެ ރަސްމީ މިއުޒިކް ވީޑިއޯއާއެކު ނެރުމަށް ތައްޔާރުވަމުންނެވެ. މުސްތަގުބަލަށް ބަލާއިރު، ޓްރެފިކް ޖޭމްއިން ވަނީ އައު ސްޓޫޑިއޯ އަލްބަމެއްގެ މަސައްކަތް ކުރަމުންދާ ކަން ހާމަކޮށްފަ އެވެ. މި އަލްބަމްގެ މައިގަނޑު މަގުސަދަކީ ގޭންގު ހަރަކާތްތައް، މަސްތުވާތަކެތީގެ ނުރައްކާ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން އަދި ކޮރަޕްޝަން ފަދަ އިޖުތިމާޢީ މައްސަލަތަކަށް އަލިއަޅުވައިލައި، ދިވެހި ޒުވާނުންގެ މެދުގައި އެއްބައިވަންތަކަމާއި ހެޔޮ ބަދަލެއް ގެނައުމަށް ހިތްވަރު ދިނުމެވެ. މިއީ މަގުސަދެއް އޮތް މިއުޒިކަށް ޓްރެފިކް ޖޭމްއިން ދޭ އަހައްމިއްޔަތުކަން އަލުން ކަށަވަރުކޮށްދޭ ކަމެކެވެ.ޓްރެފިކް ޖޭމްގެ ފަރާތުން ވަނީ 20 އަަަހަރު ދުވަހު އެއްވެސް ފޫހިކަމެއްނެތި ފޭނުން އަދި ހެޔޮއެދޭ ފަރާތްތަކުން ދެއްވި އެއްބާރުލުމަށް ޝުކުރު ދަންނަވާފައެވެ.

 

ފުއްޕާމެޔަށް ޑީސަލް އެޅުނު ވެމްކޯ މުވައްޒަފު އަދިވެސް އޮތީ ވެންޓިލޭޓަރުގައި
އުސޫލާ ޚިލާފަށް މީޑިއާ ކައުންސިލްގެ އިންތިޚާބު ބާއްވާތީ ކެންޑިޑޭޓަކު ކަންބޮޑުވުން ފާޅުކޮށްފި
ކަނދޮޅުދޫގައި ކޯލްޑް ސްޓޯރޭޖަކާއި ފާނަ ޕްރޮސެސްކުރާ ފެސިލިޓީއެއް ހިމެނޭގޮތަށް މަސްކިރުވާ ބަނދަރެއް
ހިޔާވަހި ފައިނޭންސިންގ ޕްރޮގްރާމަށް ލޯނު ދޫކުރުމަށް ބީއެމްއެލްއާއެކު ސޮއިކޮށްފި
ކުރިއަށްއޮތް ހަފުތާގައި ވައިނުސާފުވެ ދުންފުހުގެ އަސަރުކުރާނެ : މެޓް
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?