The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

”ފްރޮމް މޯލްޑިވްސް“ގެ ވެބްސައިޓް އިފްތިތާޙުކޮށްފި

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
3 ދުވަސް ago
SHARE

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ބައިނަލްއަޤުވާމީ ބާޒާރުގައި ޕްރޮމޯޓްކުރުމަށް ބޭނުންކުރާ ޤައުމީ ބްރޭންޑް ”ފްރޮމް މޯލްޑިވްސް“ގެ ވެބްސައިޓް އިފްތިތާޙުކޮށްފިއެވެ. މި ވެބްސައިޓް އިފްތިތާޙުކޮށްދެއްވީ، 45 ވަނަ މަސްވެރިންގެ ދުވަސް ޤައުމީ ފެންވަރެއްގައި ފާހަގަކުރުމަށް ރ.ދުވާފަރުގައި ބޭއްވި ރަސްމީ ޖަލްސާގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ.

މި ވެބްސައިޓްގެ މައިގަނޑު މަޤުސަދަކީ ދުނިޔޭގެ ބާޒާރުގައި ރާއްޖޭގެ މަސްވެރިކަން އިޝްތިހާރުކޮށް، ރާއްޖޭގެ މަހުގެ އުފެއްދުންތަކަށް ރަނގަޅު އަގެއް ހޯދުމަށް މަގުފަހިކޮށްދިނުމެވެ. މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެފައިވަނީ، މި ވެބްސައިޓަކީ ބޭނުންކުރަން ފަސޭހަގޮތަކަށް ޑިޒައިންކުރެވިފައިވާ ވެބްސައިޓެއް ކަމަށެވެ.

”ފްރޮމް މޯލްޑިވްސް“ގެ ނަމުގައި މަސްވެރިކަމުގެ އުފެއްދުންތައް ބައިނަލްއަޤުވާމީ ބާޒާރުގައި ޕްރޮމޯޓް ކުރުމުގެ މަޤުސަދުގައި ޚާއްސަ ބްރޭންޑެއް ތަޢާރަފް ކޮށްފައިވަނީ މި އަހަރުގެ ޖުލައި މަހުގެ 17 ވަނަ ދުވަހުއެވެ. މި ބްރޭންޑް ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވީ އިނގިރޭސިވިލާތުގައި ބޭއްވި ޔޫކޭ – މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން އިތުރަށް ވިދާޅުވީ، މި ބްރޭންޑުގެ ވެބްސައިޓް އިފްތިތާޙު ކުރުމަކީ އަގު އެއްކުރި މަހާއި މަހުގެ އުފެއްދުންތައް ރާއްޖޭގައި ތައްޔާރުކޮށް، ބަންދު ކުރުމުގެ ކެޕޭސިޓީ އިތުރު ކުރުމަށާއި، އަދި ޕްރޮސެސް ކުރުމުގެ އިތުރުން މަސް ފިނިކޮށް، ރައްކާ ކުރުމުގެ ނިޒާމު އިތުރަށް ފުޅާކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށްވެސް ލިބޭނެ ކުރިއެރުމެއް ކަމަށެވެ.

ރާއްޖޭގައި މަހުގެ އުފެއްދުންތައް ތައްޔާރު ކުރާ އުފެއްދުންތެރިންނަށް ބައިނަލްއަޤްވާމީ ބާޒާރުތަކުގައި ވާދަވެރިކަމާއެކު ބައިވެރިވުމުގެ މަގު އިތުރަށް ފަހިކުރުމަށް ތައްޔާރުކޮށްފައިވާ މި ބްރޭންޑަކީ، ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ މޯލްޑިވްސް ފިޝަރީސް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ކޯޕަރޭޝަންގެ އުފެއްދުމެކެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު މިލިއަނަކާ ގާތަށް
ގިނަ ދާއިރާތަކަކުން ޗައިނާއާއެކު ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރައްވައިފި
ފަތުރުވެރިކަމާއި މާލީކަންކަން ހަރުދަނާކުރަން އަލިޕޭ ، ވިޒިޓްމޯލްޑިވްސް އަދި ބީއެމްއެލް އެއްބަސްވުމަކަށް
ދުވާފަރުގައި މަސްވެރިންގެ ދުވަހާ ގުޅުވައިގެން ކާބޯތަކެތީގެ މައުރަޒެއް ކުރިއަށްދަނީ
މަޝްހޫރު ފްރެންޗައިޒް، ’ޓީޖީއައި ފްރައިޑޭސް‘ ގެ ރެސްޓޯރަންޓެއް މާލޭގައި ހުޅުވަނީ
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?