The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ބ. ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލް ތަރައްޤީކުރުމުގެ މަސައްކަތް އަމިއްލަ ކުންފުންޏަކަށް ހަވާލުކޮށްފި

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
3 ދުވަސް ago
SHARE

ބ. ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލް އިތުރަށް ތަރައްޤީކޮށް، ބައިނަލްއަޤްވާމީ ފެންވަރަށް ޚިދުމަތް ދިނުމަށްޓަކައި، އެއާޕޯޓުގެ ޑިޒައިން އަދި ކޮންސަލްޓެންސީގެ މަސައްކަތްތައް ކުރުމަށް އަމިއްލަ ކުންފުންޏެއް ކަމަށްވާ އީޕޯޗް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ. މި މަސައްކަތް 45 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެއްބަސްވުން ވަނީ ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގައި އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް އިޔާސްއެވެ. އަދި އީޕޯޗް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުޢާވިޔަތް އަބްދުއްސައްތާރުއެވެ. މި ރަސްމިއްޔާތުގައި ދަރަވަންދޫ އެއާޕޯޓު ތަރައްޤީކުރުމުގެ މަސައްކަތާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަލީ ސަލީމް ވިދާޅުވީ، ޑިޒައިންގެ މަސައްކަތް އީޕޯޗްއާ ހަވާލުކޮށްފައިވަނީ 45 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކަމަށެވެ. އަދި ޑިޒައިން އެންޑް ކޮންސެޕްޓްގެ މަސައްކަތް ނިމުމާއެކު އެއާޕޯޓު ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެކަމަށް އިޔާސް ފާހަގަކުރެއްވިއެވެ.

މި މަޝްރޫޢުގެ ދަށުން، އެރައިވަލް ހޯލް މިހާރަށްވުރެ ބޮޑު ކުރުމާއި، ޗެކިން އަދި އެރައިވަލް ބެލްޓް އިތުރުކުރާނެއެވެ. މީގެ އިތުރުން ޑިޕާޗަރ ހޯލުގައި ކެފޭ ޖާގައެއް އިތުރު ކުރުމާއި ޑިޕާޗަރ ގޭޓް އިތުރު ކުރުމަށްވެސް ވަނީ ހިމަނާފައެވެ. މިހާރު ހުރި ޓަރމިނަލަށް ބޮޑު ބަދަލެއް ގެނެސް، ޖުމްލަ 814 އަކަމީޓަރުގެ އިމާރާތް ކުރާނެ ކަމަށް އިޔާސް ވިދާޅުވިއެވެ.

މި އެއާޕޯޓު ތަރައްޤީވެގެން ދިއުމާއެކު ބ. އަތޮޅުގެ އިޤްތިޞާދަށް ވަރަށް ބޮޑު ފައިދާތަކެއް ކުރާނެ ކަމަށް އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަލީ ސަލީމް ވިދާޅުވިއެވެ. ”އެއީ ބައިނަލްއަޤުވާމީ އެއަރޕޯޓެއްގައި ދެވޭ ފެންވަރުގެ ޚިދުމަތް މި އެއަރޕޯޓު ތަރައްޤީވެގެންދާއިރު ޚިދުމަތް ދެވިގެންދާނީ. ވުމާއެކު، މި އަތޮޅަށް ޒިޔާރާތްކުރާ ފަތުރުވެރިންނަށް މަތީ ފެންވަރުގެ ޚިދުމަތެއް ދެވެންފެށުމާއެކު އަސލު ގިނަ ގެސްޓުން އެ ސަރަހައްދަށް ދާން ބޭނުންވާނެ. މިއާއެކު އެ ސަރަހައްދުގެ ފަތުރުވެރިކަންވެސް ވަރަށް ބޮޑަށް ފަހި އަސަރުތަކެއް ކުރާނެ،“ އަލީ ސަލީމް ވިދާޅުވިއެވެ.

ދަރަވަންދޫ އެއާޕޯޓު ތަރައްޤީ ކުރުމުގެ މަސައްކަތަކީ، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ އިންތިޚާބުގެ ތެރޭގައި ވެވަޑައިގެންފައިވާ ވަޢުދެކެވެ. މި މަސައްކަތް ކުރުމަށް އައިލެންޑް އެވިއޭޝަނާއި ހަވާލުކުރަން ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވީ މިދިޔަ އޮގަސްޓް މަހު ބ. ދަރަވަންދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ދަރަވަންދޫގައި އެއާޕޯޓެއް ތަރައްޤީކޮށް، ޚިދުމަތް ދޭންފެށިތާ މިހާރު ވަނީ 14 އަހަރުވެފައެވެ. ބ. އަތޮޅަކީ ރިސޯޓުތައް ގިނަ އަތޮޅަކަށްވުމުން ދަރަވަންދޫ އެއާޕޯޓަކީ އެ ސަރަހައްދުގެ ފަތުރުވެރިކަމަށް މުހިއްމު އެއާޕޯޓެކެވެ. އަދި ލޯކަލް ޓޫރިޒަމްވެސް އެ އަތޮޅުގައި ފުޅާވަމުންދާއިރު، އެއާޕޯޓު ބޭނުންކުރާ މީހުންގެ އަދަދު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. މި ތަރައްޤީގެ މަސައްކަތާއެކު، ދަރަވަންދޫ އެއާޕޯޓުން ދެވޭ ޚިދުމަތްތައް އިތުރަށް ފުޅާވެ، ބ. އަތޮޅުގެ ފަތުރުވެރިކަމަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ލަފާކުރެވެއެވެ.

ރައީސުލްޖުމްހޫރިއްޔާ، ޤަތަރުގެ އަމީރާއި ބޮޑުވަޒީރަށް ޤައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި
ރައީސްގެ ދެކަނބަލުން ދުވާފަރަށް
”ފްރޮމް މޯލްޑިވްސް“ގެ ވެބްސައިޓް އިފްތިތާޙުކޮށްފި
ފެލިވަރުގެ 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖް އަންނަ އަހަރުގެ އޭޕްރީލްގައި ބޭނުންކުރަން ފަށަނީ
ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލައިފި
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?