މާލީކަންކަމާއި ތަރައްގީގެ ރޭވުންތެރިކަމާބެހޭ ވަޒީރު މޫސާ ޒަމީރުގެ ސަރޖަރީއެއް މިއަދު ކާމިޔާބުކަމާއެކު ކުރިއަށްގެންގޮސްފައިވާ ކަމަށް އެ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
ވުޒާރާއިން ވިދާޅުވީ މިއީ އިމަޖެންސީ ނޫން، ކުރިން ތާވަލުކުރެވިގެން ކުރެވުނު ސަރޖަރީއެއް ކަމަށާއި ވަޒީރުގެ ހާލު މިހާރު ރަނގަޅު ކަމަށެވެ.
މާލީކަންކަމާއި ތަރައްގީގެ ރޭވުންތެރިކަމާބެހޭ ވުޒާރާއިން މައުލޫމާތު ދެއްވި ގޮތުގައި ވަޒީރު މޫސާ ޒަމީރުގެ ސަރޖަރީ މިއަދު ކާމިޔާބުކަމާއެކު ނިމިފައިވާއިރު، އެމަނިކުފާނު މިހާރު ހޮސްޕިޓަލުގައި ދަނީ ރިކަވަރ ކުރައްވަމުންނެވެ. ވަޒީރުގެ ސިއްހީ ހާލަތު ވަރަށް ރަނގަޅު ކަމަށާއި، އަންނަ ހަފުތާގައި އޮފީހަށް ނުކުންނެވޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.


