The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

އެސްއެމްއީ ޑިޖިޓަލްއިން ފައިނޭންސިންގެ އައު ދެ ސްކީމެއް ތަޢާރަފް ކުރަނީ

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
1 ހަފްތާ ago
SHARE

އެސްއެމްއީ ޑިޖިޓަލް އިން ކަނޑު އުޅަނދު ގަންނަ ފަރާތްތަކަށް ޚާއްސަ ސްކީމެއް ތަޢާރަފް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ. އެކުންފުނިން ވަނީ މި ސްކީމް ހިމެނޭހެން މުޅިން އަލަށް ދެ ސްކީމެއް ތަޢާރަފް ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަން ހާމަކުރައްވާފައެވެ.

އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން ޑިޖިޓަލްކޮށް ”އެސްއެމްއީ ޑިޖިޓަލް“ގެ ނަމަށް ރީބްރޭންޑްކުރީ މިދިޔަ އޮކްޓޯބަރ މަހު ފަހުކޮޅުއެވެ. އެކުންފުނި ރީބްރޭންޑްކޮށް ކުންފުނި މިހާރު ހިންގަމުންދަނީ ބޭންކް އޮފް މޯލްޑިވްސްގެ ސަބްސިޑަރީއެއްގެ ގޮތުގައެވެ. މިއާއެކު އެކުންފުނިން ދެމުން އަންނަ ޚިދުމަތުގެ ފެންވަރު މަތިކުރުމާއެކު އައު ޚިދުމަތްތައް ތަޢާރަފް ކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. މިމަސައްކަތުގެ ތެރެއިން އެކުންފުނިން ފޯރުކޮށްދޭ ފައިނޭންސިންގ ފެސިލިޓީތައް އިސްލާމީ ޝަރީއާއާ އެއްގޮތަށް ދޭ ފެސިލިޓީތަކަށް ބަދަލުކުރުމަށް ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެސްއެމްއީ ޑިޖިޓަލްއިން ވަނީ މިމަސައްކަތްތަކާއެކު އައު 2 ސްކީމެއް ތަޢާރަފް ކުރުމަށް މިހާރު މަސައްކަތް ކުރަމުން އަންނަކަން ހާމަކޮށްފައެވެ.އެސްއެމްއީ ޑިޖިޓަލްގެ ގަވަރމަންޓް ޕޯޓްފޯލިއޯ އިންޗާޖް އާމިނަތު މުހާ ވިދާޅުވީ ކުންފުނިން ދެމުންދާ ޚިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކަނޑު އުޅަނދު ގަތުމަށް ފައިނޭސް ސްކީމެއް ތަޢާރަފް ކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ.

އަޅުގަނޑުމެން މިހާރު ވަރަށް އަވަހަށް ލޯންޗު ކުރުމަށް މަސައްކަތް ކުރަމުން އެބަ ގެންދަން ވެސަލް ފައިނޭންސިން ސްކީމެއް. މިހާރު ލޯންޗު ކުރުމުގެ އެންމެ ފަހުގެ މަސައްކަތް ކުރަމުން މިދަނީ. ކަސްޓަމަރު ވެސަލްއެއް ނުނީ ކަނޑު އުޅަނދެއް ގަންނަން ބޭނުންވިއްޔާ ނުވަތަ ބަންނަން ބޭނުންވިއްޔާ، އެއަށް ބޭނުންވާ ސާމާނު މެޝިނަރީސް ނުވަތަ އިންޖީނު ވިޔަސް ގަތުން މީގެ މައިގަނޑު މަޤްޞަދަކަށް މިއިންނަނީ

މުހާ

މީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސްގެ ޕީއޯއެސް ބޭނުންކުރާ މިންވަރަށް ބިނާކޮށް މާޗެންޓުންނަށް ޚާއްސަ ފައިނޭންސް ސްކީމެއް ތަޢާރަފް ކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި މިހާރު ތަޢާރަފްކޮށްފައިވާ ދަނޑުވެރިކަމުގެ ސްކީމުގެ އިތުރަށް ޝަރީޢާއަށް ފެތޭ ދަނޑުވެރިކަމުގެ ފައިނޭންސް ސްކީމެއް ތަޢާރަފް ކުރުމަށް ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެސްއެމްއީ ޑިޖިޓަލްއިން ވިދާޅުވީ އެކުންފުނިން މިހާރު މަސައްކަތް ކުރަމުންދަނީ ކުދި އަދި މެދުފަންތީގެ ހުރިހާ ބާވަތެއްގެ ވިޔަފާފާރިތަކަށްވެސް ވަށާ ޖެހޭ ހައްލު ތަކެއް ފޯރުކޮށްދިނުމަށް ކަމަށެވެ. އެކުންފުނީގެ ޑިޖިޓަލް އިންޗާޖް އޮފް މާކެޓިން އެންޑް ކޮމިއުނިކޭޝަން މަރިޔަމް ޝަޒްނާ ވަނީ އެ މަގަށް މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

އަޅުގަނޑުމެންނަށް މިހާރު ކުދި އަދި މެދުފަންތީ ދާއިރާއަށް ވަރަށް ގިނަ ހައްލުތައް އެބަ ފޯރުކޮށްދެވޭ. އަޅުގަނޑުމެންނަށް ކޮންމެ ކުދި ވިޔަފާރިއަކަށްވެސް އެބޭނުންވާ ހައްލު ކޮންމެވެސް ގޮތަކުން އެބަފޯރުކޮށްދެވޭ. މިވަގުތު ފޯރުކޮށް ނުދެވޭ ފައިނޭންސިންގް އެއް ވާނަމަ، އަޅުގަނޑުމެން މިއަންނަ އަހަރު އިތުރަށް ތަޢާރަފް ކުރަމުންދާނަން. ހުރިހާ ފުރުސަތެއް މެދުވެރިކޮށް ކޮންމެ ފަރާތަކަށްވެސް އެ ހައްލު އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް ފޯރުކޮށްދިނުން އަމާޒަކީ.

ޝަޒްނާ

އެކުންފުނި ބީއެމްއެލްގެ ސަބްސިޑަރީއަކަށް ވުމުން މިހާރު ބީއެމްއެލްގެ މޯބައިލް އެޕަށް އޭޕީއައިއިން ގުޅުވާލާ، ފެސިލީޓީތަކަށް ބީއެމްއެލް އެޕް މެދުވެރިކޮށް ފައިސާ ދެއްކޭނެ ގޮތް މިހާރު ވަނީ ހަދާފައެވެ.

އެސްއެމްއީ ޑިޖިޓަލްއަކީ، ރާއްޖޭގައި އެސްއެމްއީ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށް މަގުފަހިކޮށްދޭ އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ އިސްލާމީ ޝަރީއާއާއި އެއްގޮތަށް ގާއިމްކުރާ ފުރަތަމަ މާލީ މުއައްސަސާކަމަށްވެސް އެ ކުންފުނިން ވިދާޅުވިއެވެ.

އެޗްޑީސީއާ ގުޅޭ މައްސަލަތައް ކާކުކަން ނޭނގޭ ގޮތަށް ހުށަހެޅޭނެ ގޮތަށް ޕޯޓަލް އެއް ހަދައިފި
ބޮޑެތި ޑިސްކައުންޓްތަކާއި އެކު ކައިލާން ޓްރެންޑްސްގެ އަހަރީ ސޭލް ފަށައިފި!
ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކުގެ ގުރުއަތުލުން ފަށައިފި
ލޯކަލް ކައުންސިލް އިންތިހާބުގައި ރައީސް މުއިއްޒުއަށް ލިބޭނީ 20 ޕަސެންޓް: ރައީސް ނަޝީދު
ކޮންމެ އުނދަގޫ ޙާލަތެއްގައިވެސް ދިވެހީންގެ ސަލާމަތަށް ވެގެން ދިޔައީ އިސްލާމީ ރިވެތި ޚުލްޤާއި ސުލޫކު : ރައީސް މުޢިއްޒު
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?