The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ޓެކްސީގެ ދަތިތައް ޙައްލުކޮށް، ޚިދުމަތް ހަރުދަނާކުރުމަށް ރައީސް މުޢިއްޒު ޑްރައިވަރުންނާ ބައްދަލުކުރައްވައިފި

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
4 ދުވަސް ago
SHARE

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޓެކްސީގެ ޚިދުމަތް ދިނުމުގައި ކުރިމަތިވާ ދަތިތައް ޙައްލުކޮށް، އެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް، ޓެކްސީ ޑްރައިވަރސް އެސޯސިއޭޝަނުގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި، ޓެކްސީ ޑްރައިވަރސް އެސޯސިއޭޝަނުން ވަނީ ޓެކްސީގެ ޚިދުމަތާ ގުޅޭ ގޮތުން އެ އެސޯސިއޭޝަނުގެ ކަންބޮޑުވުންތަކާއި ހިޔާލުތައް ރައީސާ ހިއްސާކުރައްވާފައެވެ. އެގޮތުން، ޓެކްސީ ކުރުމަށް ގެނެވޭ ވެހިކަލް ރަޖިސްޓްރީކުރުމާއި ޕާކުކުރުމަށް، ކުރީއްސުރެ ހިނގަމުން އައި ގޮތަށްވުރެ ރަނގަޅު އިންތިޒާމުތަކެއް ހަމަޖައްސެވުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށް އަލިއަޅުވައިލެއްވިއެވެ. މީގެ އިތުރުން، މާލޭގެ ޓްރެފިކް މައްސަލަތައް މަދުކުރުމަށް މިހާރުން މިހާރަށް ގެންނަން ފެންނަ ބަދަލުތަކުގެ މައްޗަށް ވެސް މަޝްވަރާކުރެވުނެވެ. އަދި ސަރުކާރުން ފަށާ ޓެކްސީ ލައިނާ ގުޅޭގޮތުން، އެ އެސޯސިއޭޝަނުގެ ޚިޔާލުތައްވެސް ވަނީ ރައީސާ ހިއްސާކޮށްފައެވެ.

މި ބައްދަލުކުރެއްވުމުގައި ޓެކްސީ ޑްރައިވަރުންގެ ދަފްތަރާ ގުޅޭގޮތުންވެސް ބިނާކުރަނިވި މަޝްވަރާތަކެއް ކުރެވުނެވެ. ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޓެކްސީ ޑްރައިވަރުންގެ ކަންކަން ރަނގަޅުކުރެއްވުމަށްޓަކައި ޓެކްސީ ޑްރައިވަރުންގެ ދަފްތަރުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ. އަދި ޓެކްސީ ޑްރައިވަރުންނަށް ފަހިކޮށްދެއްވުމަށް ސަރުކާރުން ވިސްނަވާ މުހިންމު ބައެއް ކަންކަމުގެ މައްޗަށް އަލިއަޅުވައިލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޓެކްސީ ޑްރައިވަރުންނާއި، ޓެކްސީ ޚިދުމަތް ފޯރުކޮށްދޭ އެހެނިހެން ފަރާތްތައް ޝާމިލްވާގޮތަށް، ޓެކްސީ ޑްރައިވަރސް އެސޯސިއޭޝަނުން ފާހަގަކުރެއްވި ކަންތައްތައް ޙައްލު ކޮށްދެއްވުމަށް ސަރުކާރުން ގަދަ މަސައްކަތެއް ކުރައްވާނެ ކަމަށެވެ.

މިއީ ދިވެހި ޙައްޖުވެރީންނަށް އެންމެ އިންތިޒާމު ރަނގަޅު ޙައްޖު މޫސުމަށް ވާނެ: ރައީސް
ނައިބު ރައީސްގެ އަރިހަށް ޗައިނާ ސަފީރު، އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
މަކަރާ ހީލަތުން ފައިސާ ހޯދުމަށްފަހު ޖެމްކިއު ހުއްޓާލައިފި
ރާއްޖޭގައި އިންވެސްޓްކުރުމަށް އޮތް ޝައުޤުވެރިކަމާ އިންވެސްޓަރުންގެ އިތުބާރު ބޮޑުވެއްޖެ : ވަޒީރު ސައީދު
ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާ ރައީސް ބައްދަލުކުރެއްވުން މިރޭ!
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?