The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

އުޅަނދު ރަޖިސްޓްރީ ބާތިލް ކުރުމާއި ގަރާޖު ހުއްދައަށް އަންނަ އަހަރުން ފެށިގެން ބޮޑެތި ލުއިތަކެއް!

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
4 ދުވަސް ago
SHARE

ދިވެހިރާއްޖޭގެ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން އަންނަ އަހަރުން ފެށިގެން އަމަލުކުރާ ގޮތަށް، އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލް ކުރުމާއި ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދުތަކުގެ ރަޖިސްޓްރޭޝަން މަރުހަލާގައި ގަރާޖު ހުއްދައަށް ބޮޑެތި ލުއިތަކެއް ދިނުމަށް ނިންމައިފިއެވެ. މި ބަދަލުތަކުގެ ސަބަބުން އުޅަނދުފަހަރުގެ ވެރިފަރާތްތަކަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ލިބި، ކަންކަން ފަސޭހަވެގެންދާނެ ކަމަށް ވުޒާރާއިން ވިދާޅުވެއެވެ.

ދަތުރުފަތުރު ވުޒާރާއިން އިޢުލާނުކުރެއްވި ގޮތުގައި، އިޢުލާނުކުރެއްވި ގޮތުގައި، އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން، ބައުވެ ހަލާކުވެފައިވާ ނުވަތަ ނައްތާލަން ބޭނުންވާ އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލްކުރުމުގައި ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ލުޔެއް ދިނުމުގެ ގޮތުން، އުޅަނދާ ގުޅިގެން އަރާފައިވާ އަހަރީފީތަކާއި ޖޫރިމަނާ ހުރި ނަމަވެސް، ރަޖިސްޓްރީ ބާތިލްކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވެއެވެ. މިގޮތަށް ނިންމުމުގެ މައިގަނޑު މަޤްސަދަކީ، އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލްކުރުމަށް ހުރި ހުރަސްތައް ކުޑަކޮށް، ރައްޔިތުންނަށް ފަސޭހަވުން ކަމަށް ވުޒާރާއިން ބުނެއެވެ.

ނަމަވެސް، ވުޒާރާއިން ވަނީ މިކަން ނިންމިނަމަވެސް، އުޅަނދުގެ ރަޖިސްޓްރީ ބާތިލްކުރުމާ ހަމައަށް ނުދައްކާހުރި އަހަރީ ފީ އާއި ޖޫރިމަނާއަކީ، އުޅަނދުގެ ވެރިފަރާތުން ދައުލަތަށް ދައްކަންޖެހޭ ފައިސާގެ ގޮތުގައި ދެމެހެއްޓޭނެ ކަމަށް ހާމަކޮށްފައެވެ. މާނައަކީ، ރަޖިސްޓްރީ ބާތިލްކުރެވުނު ނަމަވެސް، އެފައިސާ ދައުލަތަށް ދައްކަން ޖެހުން މެދުނުކެނޑި ދެމިއޮންނާނެއެވެ.

އޭގެ އިތުރުން، ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދުތަކުގެ ރަޖިސްޓްރޭޝަން މަރުހަލާގައި ގަރާޖު ހުއްދަ ނެގުމުގައި ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ލުއި ދިނުމުގެ ގޮތުންވެސް، އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ބަދަލުތަކެއް ގެނައުމަށް ވުޒާރާއިން ވަނީ ނިންމާފައެވެ.

އެގޮތުން، 2009 ވަނަ އަހަރު ގަރާޖު ލާޒިމްކުރުމުގެ ކުރިން ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކާއި، ގަރާޖު ލާޒިމްކުރި ފަހުންވެސް ސައްޙަ ގަރާޖަކާ ނުލައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކުގެ ވެރިފަރާތް ބަދަލުކުރުމުގައި، އިތުރު ގަރާޖު ލިޔުމަކާނުލައި އެ އުޅަނދު މިހާރު ރަޖިސްޓްރީކޮށްފައިވާ ޒޯނުގެ ތެރޭގައި ވެރިފަރާތް ބަދަލުކުރުމުގެ ހުއްދަ ދެވޭނެއެވެ. އަދި ސައްޙަ ގަރާޖަކާއެކު ރަޖިސްޓްރީކޮށްފައިވާ އުޅަނދެއްނަމަ، އެ އުޅަނދު ރަޖިސްޓްރީކޮށްފައިވާ ގަރާޖުގައި އުޅަނދު ބޭއްވުމާމެދު ގަރާޖުގެ ވެރިފަރާތުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުމާއެކު އެ އުޅަނދުގެ ވެރިފަރާތް ބަދަލުކުރެވޭނެއެވެ.

މީގެ އިތުރުން، ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދުގެ ރަޖިސްޓްރޭޝަން މަރުހަލާގައި މިހާރު މާލެ ސިޓީ ކައުންސިލް އަދި އެޗްޑީސީ އިން ދޫކުރަމުންދާ އުޅަނދު ގަރާޖުކުރުމުގެ ހުއްދަ، އުޅަނދު ރަޖިސްޓްރީ ކުރުމުގައި ދެން ބޭނުމެއް ނުވާނެއެވެ. މި ނިންމާއެކު ރަޖިސްޓްރީ ކުރުމަށްޓަކައި ހުށަހަޅަންޖެހޭނީ އުޅަނދު ބޭއްވުމަށް ބޭނުންކުރާ ތަނަކީ ގަރާޖެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ތަނެއްކަން އަންގައިދޭ ލިޔުމާއި، ގަރާޖުގައި އުޅަނދު ބޭއްވުމާމެދު ގަރާޖުގެ ވެރިފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން އެކަނި ކަމަށް ދަތުރުފަތުރާބެހޭ ވުޒާރާއިން ވިދާޅުވިއެވެ. މި ބަދަލުތަކުގެ ސަބަބުން އުޅަނދު ރަޖިސްޓްރީކުރުމާއި ވެރިފަރާތް ބަދަލުކުރުމުގެ ކަންކަން ފަސޭހަވެ، ރައްޔިތުންނަށް ކުރިމަތިވާ ބަޔޮކްރަޓިކް ހުރަސްތައް ކުޑަވެގެންދާނެ ކަމަށް ލަފާކުރެވެއެވެ.

ހަލާލް ޓޫރިޒްމަށް ރިސޯޓް ތަރައްޤީ ކުރާ 5 އަތޮޅު އިއުލާންކޮށްފި
އަންނަ އަހަރު ކައިވެނިކޮށްދޭ ގަޑިތައް، ފެމިލީ ކޯޓުން ޢާންމުކޮށްފި
އެސްއީޒެޑްގެ ދަށުން ސަސްޓެއިނަބްލް ޓައުންޝިޕެއް އެޅުމަށް 12 ބިލިއަން ރުފިޔާގެ މަޝްރޫއަކަށް ހުއްދަދީފި
ޒުވާނުންނަށް ބޭއްވި ”ޔޫތު ހެކަތޯން“ގެ އެއްވަނަ ”ސީ ސްޓޭކް“ އަށް
ހުޅުމާލެ 3 ވަނަ ފިޔަވަހިން 40 ހެކްޓަރު ހިއްކާ ނިމި، ފަރުކޮޅުފުއްޓާ ގުޅާލައިފި
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?