The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ފަރުމަސް އާލާކުރަން ދަސްކޮށްދޭ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
4 މަސް ago
SHARE

ރާއްޖޭގައި ފަރުމަސް އާލާކުރުމުގެ ހުނަރު ތަރައްޤީ ކޮށް، މި ދާއިރާއިން ފަންނީ މީހުން އުފެއްދުމަށް ހިންގާ ”މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް“ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިއަންނަ ޖަނަވަރީ މަހުގެ 11 ވަނަ ދުވަހާ ހަމައަށެވެ.

’މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމެންޓް ޕްރޮގްރާމް’އަކީ ރާއްޖޭގައި ފަރުމަސް އާލާކުރުމުގެ ހުނަރު އުނގަންނައިދީ މި ދާއިރާއިން މީހުން ބިނާކުރުމުގެ މަޤްސަދުގައި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް (އެމްއެމްއާރްއައި)ގެ ފަރާތުން ހިންގާ ޕްރޮގްރާމެކެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، ފަރުމަސް އާލާކުރުމަށް ބޭނުންވާ ހެޗަރީތައް ޤާއިމުކުރާނެ ގޮތާއި އެކުއަކަލްޗަރގެ ހުނަރުތައް ޒުވާނުންނަށް ދަސްކޮށްދިނުމަށް އަންނަ އަހަރުވެސް ޕްރޮގްރާމެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން މިއަންނަ ޖަނަވަރީމަހުގެ 24 ވަނަ ދުވަހުން ފެށިގެން ފެބްރުވަރީ މަހުގެ 5ވަނަ ދުވަހާއި ހަމައަށް، މާލެ އަތޮޅު މަނިޔަފުށީގައި މި ޕްރޮގްރާމް ހިންގުމަށް ނިންމާފައިވާ ކަމަށް އެ ވުޒާރާއިން މައުލޫމާތުދެއްވިއެވެ.

މި ޕްރޮގްރާމްގައި 15 މީހުންނަށް ބައިވެރިވެވޭނެ ކަމަށާއި، ބައިވެރިންގެ އަދަދު 15އަށްވުރެ އިތުރުވެއްޖެނަމަ، ބައިވެރިން ހޮވާނީ ފޯމު ހުށަހެޅި ތަރުތީބުންކަމަށް ވެސް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެފައިވެއެވެ. މިޕްރޮގްރާމަކީ މެރިކަލްޗަރގެ ދާއިރާގެ ތަފާތު ބައިތައް ހިމަނައިގެން ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. މީގެތެރޭގައި، އެކުއަކަލްޗަރގެ ނިޒާމުތަކުގެ އިތުރުން އެކި ބާވަތްތަކުގެ މަހާއި ދިރުންތައް އާލާކުރުމުގެ ފިލާވަޅުތައް ވަނީ ހިމަނާފައެވެ.

ބޭސިކް މެރިކަލްޗަރ ކޯހުގައި ދަސްކޮށްދެވޭ މައިގަނޑު ބައިތަކުގެ ތެރޭގައި، އެކުއަކަލްޗަރގެ ނިޒާމުތައް، ދިރޭ ކާނާ އާލާކުރުން، މަހުގެ ބަޔޮލޮޖީ، ފާނަ އާލާކުރުން، ހުއިފިލަނޑާ އާލާކުރުން، ދިވެހި މާގަނޑު މަސް އާލާކުރުން، އިތާމުތް އާލާކުރުން، މޫދުވިނަ ހަދައި އާލާކުރުން، އާލާކުރާ ދިރުމަށްޖެހޭ ބަލިތައް ދެނެގަތުމާއި ބަލިތަކުން ރައްކާތެރިކުރުން، އަދި އެކުއަކަލްޗަރ ކުރާއިރު ތިމާވެށި ރައްކާތެރިކުރުން ހިމެނެއެވެ.

މި ތަމްރީން ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މިއަންނަ ޖަނަވަރީ މަހުގެ 11 ވަނަ ދުވަހުގެ މެންދުރު 14:00 ކުރިން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، އައިޑީކާޑުގެ ކޮޕީއާ އެކު މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓަށް ހުށަހެޅޭނެއެވެ.

ސަރުކާރުން މަސްވެރިކަމުގެ ދާއިރާ ތަރައްޤީކޮށް، އިޤްތިޞާދީ ގޮތުން ސިންދަފާތުކުރުމަށާއި، މި ދާއިރާއަށް ޝައުޤުވެރިވާ ފަރާތްތަކަށް އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމަށްޓަކައި ކުރިއަށްގެންދާ އިސްތިރާޖީ މަސައްކަތްތަކުގެ މުހިންމު ބައެއްގެ ގޮތުގައި މި ޕްރޮގްރާމްތައް ކުރިއަށްގެންދެއެވެ. މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ މިހާތަނަށް މިފަދަ 4 ޕްރޮގްރާމެއް ބާއްވާ، މުޅި ޖުމްލަ 53 މީހުން ތަމްރީނުކޮށްފައެވެ.

މިސަރުކާރަކީ ތަކެތީގެ އަގުތައް އަތްނުފޯރާ ފަށަށް އަރައިގެންދާއިރު، އަޅާނުލާ އޮންނާނެ ސަރުކާރެއް ނޫން : ވޒީރު ސައީދު
ފެލިވަރުގެ 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖް އަންނަ އަހަރުގެ އޭޕްރީލްގައި ބޭނުންކުރަން ފަށަނީ
މިމަހުގެ މިހާތަނަށް މަސްވެރިންގެ އަތުން 46.4 މިލިޔަން ރުފިޔާގެ މަސް މިފްކޯއަށް ގަނެފި
އެމްޓީސީސީ އިން ތިން ރަށެއްގައި މަޝްރޫޢުތައް ހިންގަން އެއްބަސްވުމުގައި ސޮއިކޮށްފި
ދުވާފަރުގައި އިސްލާމިކް ބޭންކު އޭޓީއެމްގެ ޚިދުމަތް ފަށައިފި
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?