The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

މޯލްޑިވްސް 2.0 އާއެކު ޚިދުމަތް އަވަސްކުރުމަށް އެކި ފަރާތްތަކަށް ގުޅައިގެން އާދޭސްކުރުން ނިމޭނެ : ވަޒީރު އިޙްސާން

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
4 ދުވަސް ago
SHARE

ދައުލަތުގެ ތެރެއިން ޚިދުމަތް ހޯދުމަށް ނުވަތަ ޚިދުމަތް އަވަސްކުރުމަށް އެކި ފަރާތްތަކަށް ގުޅައިގެން އާދޭސްކުރަން ޖެހުން މޯލްޑިވްސް 2.0 އާއެކު ނިމުމަކަށް އަންނާނެކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ވަޒީރު ޢަލީ އިޙްސާން މިހެން ވިދާޅުވިއިރު، މި މަޝްރޫޢާއެކު ދައުލަތުގެ ތެރޭގައި ހިންގަމުންދާ ކޮރަޕްޝަނަށް މަގުފަހިވާ ހުރިހާ ދޮރެއް ބަންދުވެގެންދާނެކަމުގެ ޔަގީންކަން ވެސް ވަޒީރު ދެއްވިއެވެ.

މޯލްޑިވްސް 2.0 އަކީ ރާއްޖެ ޑިޖިޓަލައިޒްކޮށް، ސަރުކާރުގެ އެކި މުވައްސަސާތަކުން ރައްޔިތުންނަށް ދޭ ޚިދުމަތްތައް އެއްވިއުގައެއްގެ ތެރެއިން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ ބޮޑު މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން މިހާރުވެސް ބައެއް އިދާރާތަކުގެ މަސައްކަތްވަނީ މިވިއުގައާއި ގުޅާލެވިފައެވެ.  ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، ސަރުކާރުން ފޯރުކޮށްދެމުންދާ 200 އެއްހާ ޚިދުމަތް ވިއުގައާއި ގުޅާލެވިފައިވާއިރު، ސަރުކާރުގެ 14 އިދާރާއެއް މިހާރު މިވިއުގައިގެ ތެރެއަށް ގެނެވިފައިވާކަމަށެވެ.

ވަޒީރު އިޙްސާން އިތުރަށް ވިދާޅުވީ، މޯލްޑިވްސް 2.0 ގެ މަސައްކަތުގެ ތެރެއިން އެކި އިދާރާތަކުން ދެމުންދާ ޚިދުމަތްތައް ގުޅާލެވުމުން، އެއްކަމެއްގައި އާންމުން އެކި އިދާރާތަކަށް އެކިފަހަރު ގޮސް ޚިދުމަތް ހޯދަންޖެހޭގޮތަށް މިހާރު ބައްޓަންވެފައި އޮތް ނިޒާމު ބަދަލުވެގެންދާނެކަމަށެވެ. މިއާއެކު، އެންމެ ”ކްލިކަކުން“ އެމީހަކު ހޯދުމަށް މަސައްކަތްކުރާ ޚިދުމަތަކަށް ވާސިލުވުމުގެ ފުރުސަތު އޮންނާނެއެވެ.

އަންނަ އަހަރު ތަންފީޒުކުރެވޭނެ ކަންކަމަށް ބަލާއިރު، ރާއްޖޭގެ ޑޭޓާ އެކްސްޗޭންޖް ލޭޔަރ މިހާރު ހުރީ އެކި އިދާރާތަކުގެ ވަރަށް ވަކިން. އެހުރިހާ ސިސްޓަމްތަކެއް އެއްކޮށް ގުޅާލެވޭނެ، ވަޒީރު

މިނިޒާމަށް ގެނެވޭ ބަދަލުތަކާއެކު، މިހާރު އެކި އިދާރާތަކުން ޚިދުމަތް އަވަސްކުރަން މީހުންނަށް ގުޅުން ފަދަ ކަންކަމުގެ އިތުރުން، ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އެއްވެސް މުޢާމަލާތެއް ނުހިންގޭނެކަމަށް ވަޒީރު އިޙްސާން ހާމަކުރެއްވިއެވެ. އެގޮތުން، އެއްވެސް ފަރާތަކަށް ކިޔުގައި ޖެހިގެން ޚިދުމަތް ހޯދަންޖެހޭ ތަންތަނުގެ ކިޔުއާ ޚިލާފުވެ ޚިދުމަތްތައް އަވަސްކުރުމުގެ ސަގާފަތު އުވިގެންދާނެކަމަށް  ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު މިއޮންނަ ގޮތަކީ ކަމެއް ބޭނުންވީމަ އެތަނެއްގައި ހުންނަ ރައްޓެއްސަކަށް ގުޅާލާފައި މިބުނަނީ އެކަމެއް އަވަސްކޮށްދޭށޭ. އެނިޒާމު ބަދަލުވާނެ، އެގޮތަށް ކަންކުރާނަމަ ނިސްޓަމުން ފްލެގްކުރާނެ މައްސަލައެއް އުޅޭކަން، ވަޒީރު އިޙްސާން

އެކި މަރުޙަލާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ޑިޖިޓަލައިޒޭޝަން މަޝްރޫޢުއާއެކު ކޮރަޕްޝަނަށް ހުޅުވިފައިވާ ދޮރުތައް ބަންދުވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. ހަމައެއާއެކު، ރާއްޖޭގައި މަޢުލޫމާތު ރައްކާކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދިޔުމާއި، ސައިބަރ ސެކިއުރިޓީގެ ދާއިރާ ވަރުގަދަވެގެންދާނެކަމަށްވެސް ސަރުކާރުން ހާމަކުރައްވައެވެ.

މި މަޝްރޫޢުން ތަންފީޒުކުރެވޭ އިސްލާހީ މަސައްކަތްތަކާއެކު، ފިޒިކަލް އަދި ޑިޖިޓަލް ކިއުތަކުގެ ބަދަލުގައި މަދު ކްލިކްތަކަކުން ޚިދުމަތް ލިބޭނެގޮތަށް ޚިދުމަތްތައް ފަރުމާކުރެވިގެންދާނެއެވެ. މީގެ ސަބަބުން، ހިންގުމުގައި އަދި ޚިދުމަތް ހޯދުމުގައި ވަކިވެފައިވާ ރަށްތަކެއްގެ ވިސްނުމާއި ޚިދުމަތް ދިނުމަށް ވަކި ވަކި ނިޒާމުތެއް ގެންގުޅޭކަމުގެ އިހުސާސްގެ ބަދަލުގައި، ގުޅިފައިވާ ވިއުގައަކުން ޚިދުމަތް ލިބޭ ޤައުމެއް ގޮތަށް ރައްޔިތުންގެ އިހްސާސްތަކާއި ތަޖުރިބާ ބަދަލުކުރެވޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ނައިބު ރައީސްގެ އަރިހަށް ޗައިނާ ސަފީރު، އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
ޑްރޯންގެ އެހީގައި ލަންކާގެ ދެ މަސްބޯޓު ފުލުހުންގެ ބެލުމުގެ ދަށަށް!
ހދ. ހަނިމާދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފަށައިފި
ކެންދޫ މެމްބަރު މައުރޫފް ހިމެނޭހެން 3 މީހެއްގެ ބަންދަށް 5 ދުވަސް އިތުރުކޮށްފި!
ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާ ރައީސް ބައްދަލުކުރެއްވުން މިރޭ!
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?