The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރަން ފުލުހުންގެ ޚާއްޞަ އޮޮޕަރޭޝަނެއް!

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
3 ދުވަސް ago
SHARE

ދިރާސީ އަހަރުގެ ޗުއްޓީ ދުވަސްވަރާ ދިމާކޮށް، މާލޭގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ”ރިވެލި އޮަޕަރޭޝަން“ގެ ނަމުގައި ޚާއްޞަ އޮޕަރޭޝަނެއް ފަށައިފިއެވެ. މި އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، މިމަހުގެ 24 އިން އަންނަ މަހުގެ 2އާ ހަމައަށެވެ.

އައު އަހަރާ ދިމާކޮށް ފުލުހުން ކުރިއަށް ގެންދާ ރިވެލި އޮޕަރޭޝަންގެ ތެރެއިން ވައްކަމާއި ފޭރުން ހުއްޓުވުމަށާއި، ބަނގުރަލާއި މަސްތުވާތަކެއްޗާއި ގުޅުންހުރި މައްސަލަތަކާއި، ސައިލެންސަރު މޮޑިފައިކޮށް އަޑުގަދަކޮށް ދުއްވާ ފަރާތްތަކަށް ފާރަވެރިވުމުގެ އިތުރުން ޢާންމު އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފަށް އުޅޭ މީހުން ހުއްޓުވައި ފިޔަވަޅު އެޅުމަށް ހަމަޖެހިފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.

ރިވެލި އޮޕަރޭޝަނާއި ގުޅޭގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ހެންވޭރު ޕޮލިސްގެ ހެޑް އަޙްމަދު އާދިލް ވިދާޅުވީ، މި އޮޕަރޭޝަންގެ ތެރެއިން، ސައިލެންސަރ މޮޑިފައި ކޮށްގެން ދުއްވާ ސައިކަލުތަކަށް ޚާއްޞަ ސަމާލުކަމެއްދީގެން ވެހިކަލް ޗެކް ޕޮއިންޓުތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި އޮޕަރޭޝަނުގައި ޚާއްޞަ ސަމާލުކަމެއްދީގެން ވެހިކަލް ޗެކް ޕޮއިންޓުތަކެއް ކުރިއަށް އެބަގެންދަން. މި ވީސީޕީތަކުގެ އެންމެ ބޮޑު އެއް މަޤްސަދަކީ އާންމު ރައްޔިތުން ޝަކުވާ އަންނަ އެއް ކަންތައް އެއީ ސައިލެންސަރ މޮޑިފައި ކޮށްގެން ދުއްވާ ސައިކަލުތައް. އެހެންވީމަ އެއަށް ފޯކަސް ކޮށްގެން އަޅުގަނޑުމެން މި އޮަޕަރޭޝަން ކުރިއަށް މިގެންދަނީ. އަހުމަދު އާދިލް

މި އޮަޕަރޭޝަންގެ ތެރެއިން ރޭ އެކަނިވެސް 33 މައްސަލައެއް ރިކޯޑުކޮށްފައިވާ ކަމަށާއި، ހުއްޓުވައި ސުވާލު ކުރި 217 ވެހިކަލުގެ ތެރެއިން 204 ވެހިކަލެއް ބަލައި ފާސްކޮށްފައިވާކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މި އޮޕަރޭޝަންގެ ތެރެއިން، މާލޭގެ މަގުތަކަށް އެއްފަހަރާ ގިނަ އަދަދެއްގެ ފުލުހުން ނިކުމެ ހަރަކާތްތެރިވާނެކަން ފާހަގަކުރައްވާ އާދިލް ވިދާޅުވީ، ފުލުހުން މަސައްކަތް ކުރައްވާނީ ޢާންމު ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަ ގޮތަކަށް އޮަޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ކަމަށެވެ.އަދި މި އޮޕަރޭޝަން ރާވާފައިވަނީވެސް ޢާންމުންނަށް ތަކުލީފަކަށްނުވާ ގޮތަށް ކަަމަށް އާދިލް ވިދާޅުވިއެވެ.މިއަހަރުގެ މި އޮޕަރޭޝަނުގައި 500 އަށްވުރެ ގިނަ ފުލުހުން ހަރަކާތްތެރިވާނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.

”އާރައިޒް ޕްރޮޖެކްޓް“ ގެ ދަށުން ރަށްރަށުގެ ކަރަންޓުގެ ގްރިޑަށް ބޮޑެތި ބަދަލުތަކެއް
ޕީއެންސީ ޕްރައިމަރީގައި ރެކޯޑް އަދަދެއްގެ ވޯޓު ލާނެ ކަމަށް ފަލާހު ވިދާޅުވެއްޖެ
ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާ ރައީސް ބައްދަލުކުރެއްވުން މިރޭ!
ރައީސުލްޖުމްހޫރިއްޔާ މިރޭ ފޭސް 1 ގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ
ކިލޯއަކަށްވުރެ މަތީގެ މަހަށް ދޭ އަގު މަތިކޮށް، މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮ ކޮށްފި
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?