The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ޕީއެންސީ ޕްރައިމަރީގައި ރެކޯޑް އަދަދެއްގެ ވޯޓު ލާނެ ކަމަށް ފަލާހު ވިދާޅުވެއްޖެ

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
8 ގަޑިއިރު ago
SHARE

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން މެނޭޖަރ އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެފައިވަނީ، ޕާޓީއެއްގެ އެތެރޭގެ އިންތިހާބެއްގައި އެންމެ ގިނަ އަދަދަށް ވޯޓުލާނެ ޕްރައިމަރީއަކަށް ޕީއެންސީގެ ޕްރައިމަރީ ވެގެންދާނެ ކަމަށެވެ.

ފަލާހު މިހެން ވިދާޅުވީ، މިއަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުމުގެ ކަންތައްތަކާއި ގުޅޭގޮތުން  ވާހަކަ ދައްކަވަމުންނެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، މި ޕްރައިމަރީގެ ވޯޓުލުމުގެ ކަންކަން ކުރިއަށްދަނީ ވަރަށް އަމާންކަމާއި އޮމާންކަމާއެކުއެވެ. އަދި ޤައުމެއްގައި ބާއްވާ މައި އިންތިހާބެކޭ އެއްގޮތަށް މި ވޯޓަށްވެސް ވަރަށް ބޮޑަށް ތައްޔާރުވެ، އިންތިޒާމުތައްވެސް ރަނގަޅަށް ކުރިއަށްދާ ކަމަށް ފަލާހު ވިދާޅުވިއެވެ.

ޕީއެންސީ ޕްރައިމަރީއަށް ރާއްޖޭގެ އެކި ސަރަހައްދުގައި 44 ވޯޓު ފޮށި ބަހައްޓާފައިވާއިރު، 21,000 މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބިފައިވެއެވެ. ފަލާހު ވިދާޅުވި ގޮތުގައި މިއަދުގެ 2 ޖެހުމާއި ހަމައަށް 8,000 މީހުން ވޯޓުލާފައިވާއިރު، މި އަދަދަކީ ޕާޓީއިންވެސް އަންދާޒާ ކުރި އަދަދަށްވުރެ އިތުރު އަދަދެކެވެ.

ޤަބޫލުކުރާ ގޮތުގައި ޕްރައިމަރީއެއްގެ އެތެރޭގެ އިންތިޚާބެއްގައި އެންމެ ގިނަ އަދަދެއްގެ ވޯޓުލާނެ ޕްރައިމަރީ އެއް ޕާޓީއެއްގެ ތެރޭގައި. ފާހަގަކުރެވޭ ވޯޓުލުމުގެ ކަންކަން ހަމަ ވަރަށް އަމާންކާމާއި އޮމާންކަމާއެކީ ކުރިއަށް މިދަނީ، ފަލާހު

ޕީއެންސީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ޕްރައިމަރީގައި ވާދަކުރުމުގެ ފުރުޞަތު ހުޅުވާލީ މި މަހުގެ 1ވަނަ ދުވަހުއެވެ. މި ޕްރައިމަރީގައި 298 ކެންޑިޑޭޓުން ވާދަކުރާއިރު، އިންތިޚާބު ކުރިއަށްދަނީ 42 އިންތިޚާބީ ދާއިރާއެއްގެ 84 މަޤާމަކަށެވެ.

އަންނަ އަހަރު ބާއްވާ ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ އިންތިޚާބުގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރަން ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޕްރައިމަރީއަކާ ނުލައިވެސް ގިނަ ބަޔަކު ވަނީ ހޮވިފައެވެ. އެ ފަރާތްތަކަށް ޓިކެޓް ލިބިފައިވާކަން ޕާޓީގެ ޕޯޓަލް މެދުވެރިކޮށް ފެންނަން ހުންނާނެ ކަމަށްވެސް ޕީއެންސީން ބުނެއެވެ.

މަތީ އަރުތަވެރިންގެ އިނާމްގެ ހަތަރުވަނަ ދަންފަޅި ނައިބު ރައީސް ޝަރަފުވެރިކޮށްދެއްވައިފި
ރައީސްގެ އިރުޝާދުގެ ދަށުން މެދު އިރުމަތީގެ ހާލަތު މިދަނީ ގާތުން މޮނިޓަރ ކުރަމުން: މިނިސްޓަރ ޒަމީރު
ކޮންމެ އަތޮޅެއްގައިވެސް މަދުވެގެން އެއް ޑަޔަލިސިސް ސެންޓަރު ބެހައްޓަނީ
މޯލްޑިވިއަނުން ވެލިދުއަށް ސީޕްލޭންގެ ދަތުރުތައް ފަށަން ތައްޔާރުވެއްޖެ
ޕޭމަންޓް މޯލްޑިވްސް އާއެކު މާލީ ދާއިރާ އިތުރު ހަރުފަތަކަށް
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?