The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ޚާލިދާ ޒިޔާ އަވަހާރަވުމާ ގުޅިގެން ރައީސް މުޢިއްޒު ތައުޒިޔާ ފޮނުއްވައިފި

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
2 ހަފްތާ ago
SHARE

ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑުވަޒީރު، ބޭގަމް ޚާލިދާ ޒިޔާ އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ތައުޒިޔާ ފޮނުއްވައިފިއެވެ. ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު، ޚާލިދާ ޒިޔާ އަވަހާރަވީ ރޭ ފަތިހުގެ ވަގުތެއްގައި ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ހޮސްޕިޓަލެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ މުޢިއްޒު، ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، ބޭގަމް ޚާލިދާ ޒިޔާ އަވަހާރަވުމާ ގުޅިގެން ބަންގްލަދޭޝްގެ ސަރުކާރާއި އެ ޤައުމުގެ ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވާ ކަމަށެވެ. އަދި މި ހިތާމަވެރި ވަގުތުގައި އެކަމަނާގެ އާއިލާއަށް މާތްﷲ ކެތްތެރިކަން ދެއްވުމަށް އެދި ދުޢާ ކުރައްވާ ކަމަށްވެސް ރައީސްގެ މެސެޖުގައި ވިދާޅުވިއެވެ.

ބޭގަމް ޚާލިދާ ޒިޔާ އަވަހާރަވީ، ޑާކާގެ އެވަރކެއާ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް ރޭ ފަތިހުގެ ވަގުތެއްގައެވެ. އެކަމަނާ އަވަހާރަވިއިރު އެންމެފަހުން ދިޔައީ ފުއްޕާމޭގެ އިންފެކްޝަނަކަށް ފަރުވާ ހޯއްދަވަމުންނެވެ. އެކަމަނާގެ އުމުރުފުޅަކީ، 80 އަހަރެވެ. އެކަމަނާ އަވަހާރަވީކަން އެކަމަނާގެ ޕާޓީ، ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ)އާއި، ބަންގްލަދޭޝްގެ މީޑިއާތަކުން ވަނީ ހާމަކޮށްފައެވެ.

My deepest condolences to the Government and the people of Bangladesh as the country mourns the loss of its first female Prime Minister, Begum Khaleda Zia.

At this time of immense grief, may Almighty Allah grant strength and patience to the members of her bereaved family.…

— Dr Mohamed Muizzu (@MMuizzu) December 30, 2025

ޚާލިދާ ޒިޔާ އުފަންވެވަޑައިގަތީ 1945 ވަނަ އަހަރުގައެވެ. އެކަމަނާގެ އެންމެފަހު ދުވަސްކޮޅު ގެންދެވީ ފުރަމެއާއި ހިތުގެ އާލާސްކަންފުޅެއްގެ އިތުރުން ހަކުރު ބައްޔަށް ފަރުވާ ހޯއްދަވަމުންނެވެ.

ބަންގްލަދޭޝްގެ ސިޔާސީ މަސްރަހުގައި މުހިންމު ދައުރެއް އަދާކުރެއްވި ޚާލިދާ ޒިޔާ، 1991 ވަނަ އަހަރު ބަންގްލަދޭޝްގައި ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ބާއްވާފައިވާ ފުރަތަމަ މިނިވަން އަދި އިންސާފުވެރި އިންތިޚާބުގައި ކާމިޔާބީ ހޯއްދެވިއެވެ. މި ކާމިޔާބީއާ އެކު، އެކަމަނާއަށް ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑުވަޒީރު ކަމުގެ މަޤާމު ލިބިވަޑައިގަތެވެ. އެ އިންތިޚާބުގެ ކާމިޔާބީއަށްފަހު، ޚާލިދާ ވަނީ ބަންގްލަދޭޝްގެ ވެރިކަމުގެ ނިޒާމު، ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރައްވާފައެވެ.

ފާއިތުވި އަހަރުތަކުގައި ޚާލިދާ ޒިޔާ ވަނީ ސިޔާސީ ގޮންޖެހުންތަކާ ކުރިމަތިލައްވާފައެވެ. ބަންގްލަދޭޝްގައި ބޮޑެތި ހަމަނުޖެހުންތައް ހިންގައި ދާދިފަހުން ވެރިކަމުން ވައްޓާލި ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާގެ ސަރުކާރުގައި ޚާލިދާގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތުކޮށް 2018 ވަނަ އަހަރު އޭނާ ޖަލަށްލިއެވެ. އެވަގުތު ބޭސްފަރުވާއަށް ޤައުމުން ބޭރަށް ވަޑައިގަތުމަށް އޭނާއަށް ހުއްދައެއް ނުލިބުނެވެ. ޖަލުން ދޫކޮށްލީ މިދިޔަ އަހަރު، ޝައިޚް ހަސީނާގެ ވެރިކަން ވެއްޓުމުންނެވެ.

ރާއްޖޭގެ ވައި ނުރައްކާތެރި މިންވަރަކަށް ނުސާފުވެ ”ރެޑް އެލާޓް“ އަށް
ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ސިންގަޕޫރަށް
ޤައުމުގެ ދެމެހެއްޓެނިވި ތަރައްޤީއަށް ޕަބްލިކް ސާވަންޓުންގެ ދައުރު ވަރަށް މުހިންމު: ރައީސް
މާފުށީގައި މިރޭ ހަވާ އަރުވަނީ
ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވަން ލުއިތަކެއް ދެނީ
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?