The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ހައްޖު ކޯޕަރޭޝަންގެ އައު ވެބްސައިޓު ތަޢާރަފްކޮށްފި

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
2 ހަފްތާ ago
SHARE

އައު ޚިދުމަތްތަކާއެކު ހައްޖު ކޯޕަރޭޝަންގެ އައު ވެބްސައިޓު ތަޢާރަފްކޮށްފިއެވެ.ހައްޖު ކޯޕަރޭޝަންގެ އައު ވެބްސައިޓު ރަސްމީކޮށް ތަޢާރަފްކޮށްފައިވަނީ، އެކަމަށްޓަކައި އެ ކޯޕަރޭޝަނުގައި ބޭއްވި ހަފްލާއެއްގައި، ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލްއެވެ.

މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ވިދާޅުވީ، އަލަށް ތަޢާރަފްކުރެވުނު ވެބްސައިޓުގެ މަގްސަދަކީ، ޙައްޖު ކޯޕަރޭޝަނުން ޚިދުމަތް ހޯދާ ފަރާތްތަކަށް ފަސޭއިން ޙައްޖު އަދި ޢުމްރާގެ ޚިދުމަތަށް ރަޖިސްޓަރ ކުރުމާއި ޙައްޖު އަދި ޢުމްރާއާގުޅޭ އެންމެ ފަހުގެ މަޢުލޫމާތުތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުންކަމަށެވެ.

އައު ވެބްސައިޓުގައި، ޙައްޖު ކިއުލިސްޓް އާންމުންނަށް ފެންނާނެ ގޮތަށް އާއްމުކޮށްފައިވާނޭކަން ކޯޕަރޭޝަނުން ވިދާޅުވެއެވެ. އަދި ވެބްސައިޓް މެދުވެރިކޮށް ކޯޕަރޭޝަންގެ އޮންލައިން ޕޯޓަލް “ފަހެލި“ގެ ޙިދުމަތްތައް ހޯދުމަށް ފަސޭހަވެގެންދާނެކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވެއެވެ. މީގެއިތުރުން، މި ވެބްސައިޓުގައި ޙައްޖު އަދި ޢުމްރާ ދަތުރުތަކާއި ޙައްޖު ކޯޕަރޭޝަންގެ މަސައްކަތްތަކާ ގުޅޭ އެންމެ ފަހުގެ ޚަބަރުތަކާއި ފޮޓޯތައް ޝާއިއުކުރެވިގެންދާނެކަމަށްވެސް އެ ކޯޕަރޭޝަނުން ވިދާޅުވެއެވެ.

އަޅުގަނޑުމެންގެ ވެބް ސައިޓް މިހާރު ވަނީ ބަދަލުވެފައި. އައު ވެބްސައިޓްއަށް ޒިޔާރަތް ކޮއްލުމަށް https://t.co/hzweJtsOhX ބޭނުންފުޅުކުރައްވާ! #އިތުބާރާއިޔަޤީންކަން pic.twitter.com/0xzQDqHoMN

— Maldives Hajj Corporation Limited (@Hajjcorporation) January 2, 2026


ޙައްޖު ކޯޕަރޭޝަންގެ އައު ވެބްސައިޓް ތައާރަފްކޮށްފައިވަނީ މޮބައިލް ފޯނުން ޚިދުމަތްތައް ހޯދަން ފަސޭހަވާނެ ގޮތަކަށެވެ. އެގޮތުން މި ވެބްސައިޓްގެ ހުރިހާ ޚިދުމަތްތަކެއްވެސް ފަރުމާކޮށްފައިވަނީ މޮބައިލް ފްރެންޑްލީ ވާޝަންތަކެއްގެ ގޮތުގައިކަމަށް ހައްޖު ކޯޕަރޭޝަނުން ވިދާޅުވެއެވެ.

ހައްޖު ކޯޕަރޭޝަންގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް ރައްޔިތުންނަށް ފަސޭހައިން ޚިދުމަތް ލިބިގަނެވޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ ގޮތުން، މޮބައިލް އެޕްލިކޭޝަނެއް ތައާރަފްކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން މިހާރު އަންނަނީ ކުރަމުންނެވެ.

ހައްޖު ކޯޕަރޭޝަނުން ވިދާޅުވީ، މޮބައިލް އެޕްލިކޭޝަނާއެކު އޮންލައިން ޕޯޓަލް އަދި ވެބްސައިޓްގެ ތެރެއިން ދެވޭ ހުރިހާ ޚިދުމަތްތަކެއް މޮބައިލް އެޕްލިކޭޝަންގެ ތެރެއިން އާންމުންނަށް ލިބިގެންދާނެކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުން ވަޒީފާގެ މާޙައުލަށް ތައްޔާރުކުރުމުގެ ޕްރޮގްރާމްގެ ފުރުޞަތު ހުޅުވާލައިފި
ނޫސްވެރިކަމުގެ މިނިވަންކަން ރާއްޖޭގައި އޮތީ ތަންމިނަށް ހުޅުވާލެވިފައި: ރައީސް
ޑިޖިޓަލް ވޮލެޓުގެ ޚިދުމަތް އަންނަ މަހު ފަށަނީ
ރާއްޖޭގެ ކުރިމަގު ބައްޓަންކުރުމުގައި އަންހެނުންގެ ދައުރާއި އިސްނެގުމަކީ ބޭނުންތެރިކަމެއްކަމަށް: ރައީސް
މާދަމާރޭ ބާއްވަވާ ބައްދަލުވުން ޚާއްޞަކުރެވިފައި ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިންނަށް :ހީނާ
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?