The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ޒުވާން ޖީލު ސަލާމަތްކުރުމަށް ޖުވާ ކުޅުން މަނާކުރުމަކީ ކުރަންޖެހޭ ކަމެއް : މަޖިލިސް މެންބަރުން

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
2 ހަފްތާ ago
SHARE

ޒުވާން ޖީލަކީ އުފެއްދުންތެރި ބަޔަކަށް ހެދުމަށްޓަކައި، ރާއްޖޭގައި ޖުވާ ކުޅުން މަނާކުރުމަކީ ކޮންމެހެން ކުރަންޖެހޭ މުހިންމު ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވިދާޅުވެއްޖެއެވެ.

މެންބަރުން މިހެން ވިދާޅުވީ، ސަރުކާރުގެ ފަރާތުން ޖުވާ ކުޅުމަކީ ޖިނާޢީ ކުށެއް ކަމަށް ކަނޑައެޅުމަށްޓަކައި ޤާނޫނުލްޢުގޫބާތަށް ހުށަހަޅާފައިވާ އިސްލާޙާ ގުޅޭގޮތުން މަޖިލީހުގައި މިއަދު ކުރިއަށްދިޔަ ބަހުސްގައެވެ. މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރްޒޫޤެވެ.

ބިލު ހުށަހަޅުއްވަމުން އަޒާން ވިދާޅުވީ، ފަހަކަށް އައިސް ރާއްޖޭގެ ޒުވާނުންގެ މެދުގައި ޖުވާ ކުޅުން އާންމުވެފައިވަނީ އަވަހަށް މުއްސަނދި ވެވޭނެ ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ. ނަމަވެސް ބައިނަލްއަޤުވާމީ ދިރާސާތަކުން ދައްކާގޮތުގައި ޖުވާގެ ސަބަބުން ޤައުމުގެ އުފެއްދުންތެރިކަން ދަށްވެ، އެންމެ ބޮޑު ގެއްލުމެއް ލިބެނީ ކުދި އަދި މެދު ފަންތީގެ އާމްދަނީ ލިބޭ މީހުންނަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

”އޮންލައިންކޮށް ޖުވާ ކުޅޭވޭތީ ވަރަށް ގިނަ ފަރާތްތަކުން މިވަނީ މިކަން ކުރަން ފަށާފައި. މިފަދަ އޮންލައިން ޕްލެޓްފޯމުތައް ހިންގާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އެޅިގެންދާނެ. އޭގެ ސަބަބުން އަޅުގަނޑުމެންގެ ކުރިއަށް އޮތް ޖީލު ވަރަށް ނުބައި އާދައަކުން ސަލާމަތްވުމަށް މަގުފަހިވެގެންދާނެ،“ އަޒާން ވިދާޅުވިއެވެ.

މި ބިލަށް ބަހުސް ކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވިދާޅުވީ، ރާއްޖޭގައި ޖުވާ ކުޅުން ވަރަށް ފުޅާދާއިރާގައި ހިނގަމުންދާ ކަމަށާއި، ބައިނަލްއަޤުވާމީ ޖުވާ ކުންފުނިތަކަށް ވާގިވެރިވާ ދިވެހި ކުންފުނިތައް ވެސް އެބަހުރި ކަމަށެވެ. އަދި ބޭންކުތަކަށް ނުހޯދޭ ވަރުގެ ކުދި އަދަދުތަކުން މުއާމަލާތްތައް ހިންގާކަން ފާހަގަކުރައްވައި، ނާޒިމް ވިދާޅުވީ ޒުވާން ’ޖެންޒީ‘ ޖީލު މި ނުރައްކަލުން ސަލާމަތްކުރަން ޖެހޭ ކަމަށެވެ.

”އަޅުގަނޑުމެންނަށް ފުޓުބޯޅަ ޓީމުތަކުގެ ޖާޒީތަކުން ވެސް ފެންނަނީ ބެޓް ކުރާ ކުންފުނިތަކުގެ އިސްތިހާރުތައް. އެކަންކަމުން ޒުވާން ޖީލު ދުރުހެލިކޮށް، އުފެއްދުންތެރި ބަޔަކަށް ހެދުމަށް ޖުވާ ކުޅުން މަނާކުރުމަކީ މުހިންމު ކަމެއް،“ ނާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު ވިދާޅުވީ، ޤާނޫނުލްޢުގޫބާތުގައި މިކަން ހިމެނުމުން ހުކުމް ކުރަން ފަސޭހަވާނެ ކަމަށެވެ. ނަމަވެސް، މިފަދަ ޤާނޫނުތައް ހަދާއިރު ތަންފީޒީ އިދާރާތަކަށް ބޭނުންވާ ވަސީލަތްތައް ބަޖެޓުން ހަމަޖައްސައިދޭން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި އިސްލާޙަށް މަޖިލީހުގެ ގިނަ މެންބަރުން ތާޢީދު ކުރައްވާފައިވާއިރު، މެންބަރުންގެ އުންމީދަކީ މި ބިލު ފާސްވުމާއެކު ރާއްޖޭގައި ޖުވާގެ އަމަލުތައް ފަތުރާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އެޅިގެން ދިއުމެވެ.

ހދ. މަކުނުދޫގައި ފެނާއި ނަރުދަމާ ނިޒާމު ޓެސްޓުކޮށް ނިންމައި ކަމިޝަންކޮށްފި
ވީއައިއޭގެ އައު ޓާމިނަލްގެ ސީޕްލޭން ޗެކިން އޭރިއާ ބޭނުންކުރަން ފަށައިފި
ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ކުރިއަށްއޮތް ހަފުތާގައި ވައިނުސާފުވެ ދުންފުހުގެ އަސަރުކުރާނެ : މެޓް
މީހުން ދިރިއުޅޭ ރަށްރަށުގައި ރަލާއި އޫރުމަސް ވިއްކުމަކީ މިސަރުކާރުގެ ސިޔާސަތެއް ނޫން : ވަޒީރު
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?