The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

75 އަހަރު ވަންދެން ވަޒީފާގައި ދެމިތިބެވޭ ގޮތަށް ޤާނޫނަށް ގެނައި އިސްލާޙު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައިފި

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
1 ހަފްތާ ago
SHARE

ދައުލަތުގެ ވަޒީފާ އަދާކުރާ ފަރާތްތަކަށް، އުމުރުން 75 އަހަރު ވަންދެން ވަޒީފާ އަދާކުރެވޭ ގޮތަށް ޤާނޫނަށް ގެނައި އިސްލާޙު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީޤު ކުރައްވައިފިއެވެ.

މި އިސްލާޙަކީ މި ހިނގާ އޮގަސްޓް މަހުގެ 5 ވީ ހޯމަ ދުވަހު، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދައުރުން ބޭރުގައި ބޭއްވި ޚާއްޞަ ޖަލްސާގައި ފާސްކުރައްވާފައިވާ ބިލެކެވެ. މި ބިލުގެ މައިގަނޑު މަޤްޞަދަކީ ދައުލަތުގެ ވަޒީފާ އަދާކުރާ ފަރާތްތަކަށް އުމުރުން 75 އަހަރު ފުރުމާ ހަމައަށް މަސައްކަތް ކުރުމުގެ ފުރުޞަތު ”ރީ-އެމްޕްލޯއިމަންޓް“ އުސޫލުން ހޯދައިދިނުމެވެ. އަދި މިގޮތަށް ވަޒީފާ ދިނުމުގައި ބަލާނެ ހަމަތަކާއި އުސޫލުތައް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.

މި ބިލުގައިވާ ގޮތުން، ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދެވޭނީ އުމުރުން 65 އަހަރާއި 75 އަހަރާ ދެމެދުގެ ފަރާތްތަކަށެވެ. މީގެ އިތުރުން، މި ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ވޭތުވެދިޔަ 7 އަހަރުގެ ތެރޭގައި ޕެންޝަން ލިބޭ އުމުރު ހަމަވެގެން ވަޒީފާއިން ވަކިވެފައިވާ ފަރާތްތަކަށްވެސް މި އުސޫލުގެ ދަށުން އަލުން ވަޒީފާ ދިނުމުގެ ފުރުޞަތު އޮންނާނެއެވެ.

މި ޤާނޫނު ހިނގާނީ ދައުލަތުގެ ވަޒީފާ އަދާކުރާ ނުވަތަ ކުރިން އަދާކޮށްފައިވާ ފަރާތްތަކުގެ މައްޗަށެވެ. ނަމަވެސް، ސިފައިން، ފުލުހުން، ފަނޑިޔާރުން، އަދި ޤާނޫނުއަސާސީ ނުވަތަ ޤާނޫނެއްގެ ދަށުން ވަކި މުއްދަތަކަށް އައްޔަންކުރާ މަޤާމުތަކުގައި ތިއްބަވާ ފަރާތްތައް މި ބިލުގެ އިސްތިސްނާގައި ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީޤު ކުރެއްވުމާ ގުޅިގެން، މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ މިއަދުން ފެށިގެން 30 ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ. މިއީ ތަޖުރިބާކާރު ފަރާތްތަކުގެ ޚިދުމަތް ދިގު މުއްދަތަކަށް ދައުލަތަށް ލިބިދިނުމަށް މަގުފަހިވެގެންދާނެ މުހިންމު ބަދަލެއް ކަމަށް ބެލެވެއެވެ.

ދުންފުނީގެ ސަބަބުން ދުރު ފެންނަ މިންވަރު ދަށްވެ، ވައިގެ ދަތުރުފަތުރުގެ އުސޫލުތަކަށް ބަދަލު ގެނެސްފި
މަސްވެރިންނަށް އަގުހެޔޮކޮށް ތެޔޮ ފޯރުކޮށްދިނުމަށް ދުވާފަރުގެ ފުރަތަމަ ޝެޑް ހުޅުވައިފި
ފެންފުށީ ސްކޫލްގެ އާ ކްލާސްރޫމް އިމާރާތް ދިރާސީ އަހަރަށް ނިންމުމަށް އާރްޑީސީން އަމާޒު ހިފައިފި
ޓުއަރިޒަމް މިނިސްޓަރ ތޯރިޤްއަށް ޒިންމާ އަދާކުރެވޭބާ؟
ޔުމްނުގެ މައްސަލަ ތަހުޤީޤު ކުރަން އުފެއްދި ޚާއްސަ ކޮމިޝަންގެ ތަޙުޤީޤު ނިންމައި، ރައީސަށް ރިޕޯޓް ފޮނުވައިފި
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?