The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

މިފްކޯއަށް ދޭ ސަބްސިޑީ މިއަހަރު ނިމޭއިރު %50 ކުޑަކުރަން އަމާޒު ހިފައިފި

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
6 ދުވަސް ago
SHARE

ސަރުކާރުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޓެޑް (މިފްކޯ) އަށް ދައުލަތުން ދެމުންދާ ސަބްސިޑީ މިއަހަރު ނިމޭއިރު ދެބައިކުޅަ އެއްބަޔަށް ކުޑަކުރުމަށް އަމާޒު ހިފާފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

ޕީއެސްއެމް ނިއުސްގެ ”ރާއްޖެ މިއަދު“ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިފްކޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ފަރުޙަތު ޝަހީރު ވިދާޅުވީ، ކުންފުނީގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. މީގެ ކުރިން ގެއްލުމުގައި ހިންގަމުން އައި މިފްކޯއަށް ސަރުކާރުން ބޮޑު ސަބްސިޑީއެއް ދެމުން އައީ ސަރުކާރުން ކަނޑައަޅާ އަގުގައި މަސްވެރިންގެ އަތުން މަސް ގަތުމަށެވެ. ނަމަވެސް، މިހާރު ކުންފުނީގެ އެހެނިހެން ޚަރަދުތައް ހަމަޖައްސަނީ ކުންފުނިން ލިބޭ އާމްދަނީންކަން އޭނާ ފާހަގަކުރެއްވިއެވެ.

”އަޅުގަނޑުމެން ޚަރަދުތައް ކުޑަކޮށް، ކުރި މަސައްކަތުން ފެހި ސިގްނަލެއް މިހާރު އެބަފެނޭ. މަސްވެރިކަން ދަށްވި ކުއާޓަރއެއްގައި ނަތީޖާ ކުޑަކޮށް ދަށްކޮށް ފެނުނު ނަމަވެސް، މުޅި އަހަރުގެ ހިސާބުތަކަށް ބަލާއިރު ކުންފުނީގެ މާލީ ހާލަތު ރަނގަޅުވަމުންދާކަން ފާހަގަވޭ،“ ފަރުޙަތު

މިފްކޯގެ ސްޓްރެޓެޖިކް ކޮންލްޓެންޓް އިބްރާހީމް އާޠިފް ޝަކޫރު ވިދާޅުވީ، ސަބްސިޑީ ކުޑަކުރުމާ ގުޅޭގޮތުން މިހާރު ސަރުކާރާއެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ. އެގޮތުން، މިދިޔަ އަހަރު ދެމުންދިޔަ ސަބްސިޑީގެ ތެރެއިން ކިލޯއަކުން އެއް ރުފިޔާ މިހާރު އުނިކޮށްފައިވާ ކަމަށާއި، މިއަހަރު ނިމޭއިރު ސަބްސިޑީގެ ޖުމްލަ މިންވަރު 50 އިންސައްތައަށް ދަށްކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިފްކޯއަކީ ސަރުކާރުގެ ސިޔާސަތުގެ ދަށުން %100 ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ބަދަލުކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންމެ އިސްކަމެއް ދެއްވައިގެން އިސްލާހުކުރަން ފެއްޓެވި އެއް ކުންފުންޏެވެ. މި ބަދަލުތަކާއެކު، ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރަން ފަށާފައިވާއިރު، މިހާތަނަށް 973 މިލިއަނަށްވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ވަނީ ދޫކޮށްފައެވެ.

ކުންފުނި ތަރައްޤީކުރުމުގެ މަޝްރޫޢުތަކަށް ބަލާއިރު، ޅ. ފެލިވަރުގެ ކޯލްޑް ސްޓޯރޭޖް އެކްސްޕެންޝަން މަސައްކަތް މިއަހަރުގެ މެދުތެރޭގައި ނިމި، ބޭނުންކުރަން ފެށޭނެ ކަމަށްވެސް މިފްކޯއިން މަޢުލޫމާތު ދެއެވެ.

ނިމުނު އަހަރު ފަތުރުވެރިކަމަށް 4،227 އެނދު ނެރެވުނު
ބީއެމްއެލްގެ ”ސްވައިޕް“ ޑިޖިޓަލް ވޮލެޓް މިމަހު ޓެސްޓުކޮށް އަންނައަހަރު ޚިދުމަތްދެނީ
ހެންވޭރުގައި ތަރައްޤީކުރާ ޖީޕީ ކުލިނިކުގެ މަސައްކަތް މިމަހު ފަށަނީ
ރާއްޖޭގައި އިންވެސްޓްކުރުމަށް އޮތް ޝައުޤުވެރިކަމާ އިންވެސްޓަރުންގެ އިތުބާރު ބޮޑުވެއްޖެ : ވަޒީރު ސައީދު
މިމަހުގެ މިހާތަނަށް މަސްވެރިންގެ އަތުން 46.4 މިލިޔަން ރުފިޔާގެ މަސް މިފްކޯއަށް ގަނެފި
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?