The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ލެނޯވޯއިން އޮޅާލެވޭ ސްކްރީނެއް ހިމެނޭ ތަފާތު ލެޕްޓޮޕެއް ދައްކާލައިފި

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
3 މަސް ago
SHARE

ދުނިޔޭގެ ޓެކްނޮލޮޖީގެ ބާޒާރުގައި ފަތްޖަހާލެވޭ ފޯނުތައް އާންމުވަމުންދާ މިދަނޑިވަޅުގައި، ޗައިނާގެ މަޝްހޫރު ކުންފުނި ލެނޯވޯއިން މުޅިން ތަފާތު ކޮންސެޕްޓެއްގެ ލެޕްޓޮޕެއް ދައްކާލައިފިއެވެ. ”އެކްސް.ޑީ ރޯލަބަލް ކޮންސެޕްޓް“ ގެ ނަމުން ނަންދެވިފައިވާ މި ލެޕްޓޮޕަކީ ސައިންސް ފިކްޝަން ފިލްމަކުން ފެންނަ ފަދަ އާދަޔާޚިލާފު ފަރުމާއެއްގެ އުފެއްދުމެކެވެ.

އެމެރިކާގެ ލަސްވޭގަސްގައި މިހާރު ކުރިއަށްދާ ”ކޮންސިއުމަރ އިލެކްޓްރޯނިކްސް ޝޯ“  ގައި ދައްކާލި މި ލެޕްޓޮޕްގެ އެންމެ ހާއްސަ ސިފައަކީ އޭގެ އޮޅާލެވޭ ސްކްރީނެވެ. މި ޑިވައިސްގައި ބޭނުންކޮށްފައިވަނީ 180 ޑިގްރީއަށް ބެންޑް ކުރެވޭ ”ގޮރިއްލާ ގްލާސް ވިކްޓަސް 2“ ގެ ރައްކާތެރިކަން ލިބިފައިވާ އޯ.އެލް.އީ.ޑީ  ޑިސްޕްލޭއެކެވެ.

މި ލެޕްޓޮޕް އާންމު ހާލަތުގައި ހުންނައިރު ސްކްރީންގެ ބޮޑުމިނަކީ 13.3 އިންޗިއެވެ. ނަމަވެސް، ސްކްރީން ދަމާލުމުން 16 އިންޗިއާ ހަމައަށް ބޮޑުވެގެންދެއެވެ. މި ޑިވައިސްގެ ފަރުމާ ހުރިގޮތުން، ސްކްރީންގެ އެއްބައި ލެޕްޓޮޕްގެ ފަހަތުގައި އޮންނާތީ، ކުރިމަތީގައި ތިބޭ މީހުންނަށްވެސް ސްކްރީނުން ފެންނަ މައުލޫމާތު ބަލާލެވޭނެއެވެ.

މީގެ އިތުރުން، ފަހަތުގައި އޮންނަ ބައި މައި ސްކްރީންގެ ”މިރަރ“ އެއްގެ ގޮތުގައި ނުވަތަ ވަކި ސެކަންޑަރީ މޮނިޓަރެއްގެ ގޮތުގައިވެސް ބޭނުންކުރެވިދާނެއެވެ. މިއީ އަދި ހަމައެކަނި ކޮންސެޕްޓް ލެޕްޓޮޕަކަށް ވާތީ، މީގެ ޓެކްނިކަލް ތަފްސީލުތައް ލެނޯވޯއިން މާބޮޑަށް ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް، މި ޑިވައިސްގައި ދެ ޔޫ.އެސް.ބީ-ސީ ޕޯޓް ހިމެނޭކަން ވަނީ ފާހަގަކުރެވިފައެވެ.

ލެނޯވޯއިން ބުނިގޮތުގައި، މި އާދަޔާޚިލާފު ލެޕްޓޮޕަކީ މިވަގުތު ހަމައެކަނި ކުންފުނީގެ އީޖާދީ ގާބިލުކަން ދައްކާލުމަށް އުފެއްދި އެއްޗެކެވެ. އަދި މިހާރުން މިހާރަށް މި ޑިވައިސް ގިނަ އަދަދަކަށް އުފައްދައި ބާޒާރަށް ނެރުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށްވެސް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.

ދުބާއީގައި އިންސާނެއްގެ އެހީއާ ނުލާ ރޮބޮޓު ބޭނުންކޮށްގެން ވިލާއެއް އިމާރާތް ކުރަނީ
ފަތުރުވެރިކަން ކުރިއެރުވުމަށް، ޚާއްޞަ ސަރވޭއެއް ކުރިއަށް ގެންދަނީ
އެސްއެމްއީ ޑިޖިޓަލްއިން ފައިނޭންސިންގެ އައު ދެ ސްކީމެއް ތަޢާރަފް ކުރަނީ
ޗައިނާގެ ސައިންސްވެރިން އިސްތަށްޓަކަށްވުރެ ހިމަ ، އާދަޔާޚިލާފު ވަރުގަދަ ފްލެކްސިބަލް ޗިޕެއް އުފައްދައިފި
މިއަހަރު މިހާތަނަށް ރާއްޖެއަށް 1.9 މިލިޔަން ފަތުރުވެރިން ޒިޔާރަތް ކޮށްފި
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?