The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

”ސްޓެލްކޯ ކާލަންވީ“: ޝަމާހު ހިންގާ ބޮޑެތި ޚިޔާނާތްތަކުގެ ވާހަކަ ކިޔައިދޭ އޯޑިއޯއެއް ލީކުވެއްޖެ

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
4 ދުވަސް ago
SHARE

ސަރުކާރުގެ ކަރަންޓު ކުންފުނި، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުން ދާދިފަހުން ވަކިކުރި އަހުމަދު ޝަމާހު، އެ ކުންފުނީގައި ހިންގަމުންދިޔަ ބޮޑެތި ޚިޔާނާތާއި ވައްކަމުގެ ވާހަކަތައް އަމިއްލައަށް ކިޔައިދޭ އޯޑިއޯއެއް ލީކުވެ، އާންމުންގެ ސަމާލުކަމަށް އަތުވެއްޖެއެވެ.

ލީކުވެފައިވާ މި އޯޑިއޯގައި ޝަމާހު އިތުރު ބަޔަކާ ވާހަކަދައްކަމުން ގެންދިޔައީ ސްޓެލްކޯގެ ތެރޭގައި އޭނާ ވަރަށް ރޭވުންތެރިކަމާއެކު ހިންގަމުންދާ ވައްކަމުގެ މުއާމަލާތްތަކާ ބެހޭގޮތުންނެވެ. އޭނާ ބުނާ އަޑު އިވެނީ އޭނާ ކުރާ ކަންތައްތައް އެ ކުންފުނީގެ އެއްވެސް މީހަކަށް ނޭނގޭނެ ކަމަށާއި، އޭނާގެ އެންމެ ގާތުގައި އުޅޭ މީހާއަށް ވެސް އޮޅުވާލާފައިވާނެ ކަމަށެވެ.

މި އޯޑިއޯގައި ޝަމާހު އިތުރަށް ބުނެފައިވަނީ، އޭނާ ހިންގާ މި ޚިޔާނާތްތަކުގެ ތަފްސީލު އެނގޭނީ އެންމެ ދެ މީހުންނަށް ކަމަށެވެ. އެއީ އަޒްހަދު އާއި ސާއިދު ކަމަށް އޭނާ ފާހަގަކުރިއެވެ. ”މަ ބޭނުން މިކުރަނީ އޭނާތާ،“ އަޒްހަދާ ބެހޭގޮތުން ޝަމާހު ބުންޏެވެ. އަދި ސްޓެލްކޯގެ ތެރޭގައި އޭނާ ކުޅެމުންދާ ”ކުޅިވަރު“ އެނގޭނީ ހަމައެކަނި އެ ދެ މީހުންނަށް ކަމަށް އޭނާ ބުންޏެވެ.

ޝަމާހުގެ ވާހަކައިގައި، އޭނާއަށް އެމްޑީކަން ލިބުމުގެ ކުރިން ހިނގާދިޔަ ބައެއް ކަންކަމަށްވެސް އަލިއަޅުވާލާފައިވެއެވެ. އޭނާ ބުނި ގޮތުގައި، ”މުޒޫ“ އަށް ގުޅާފައި ފިހާރައެއް ހުޅުވަން ހިނގާށޭ ބުނުމުން، އޭނާގެ ހުވަފެނަކީ އެއީ ކަމަށް އެމީހުންނަށް ހީވި ކަމަށެވެ. ނަމަވެސް، އެމްޑީ ފިހާރައެއް ހުޅުވަނީތޯ އެހުމުން ”ހިނގާށޭ ސްޓެލްކޯ ކާލަން“ ބުނި ކަމަށް ޝަމާހު އޯޑިއޯގައި އިއުތިރާފުވެއެވެ.

މީގެ އިތުރުން، ސަރުކާރުގެ އިސް ބައެއް ބޭފުޅުން އޭނާއާ މެދު ދެކޭގޮތްވެސް ޝަމާހު ވަނީ ކިޔައިދީފައެވެ. އޭނާ ބުނި ގޮތުގައި، އޭނާއަކީ އެމްޑީއަކަށް ވާނެ މީހެއް ނޫން ކަމަށް ބުނެ އޭނާ ”ރޭޓް ކޮށްފައިވަނީ“ ވަރަށް ދަށުންނެވެ. އަދި އަސްމާ ކައިރީގައި އެ ވާހަކަ ދެއްކުމުން، އަންހެން ކުދިން ފަހާ ދުވުން ހުއްޓާލައިގެން ނޫނީ އެމްޑީއަކަށް ނުވެވޭނެ ކަމަށް އަސްމާ ބުނި ކަމަށްވެސް ޝަމާހު ކިޔައިދިނެވެ.

”ސްޓެލްކޯގެ ޓޮޕް ލެވެލްގައި އެމީހުން ނިންމާފައި އިންނަނީ މަށަކީ އަންހެނުންނާ ހެދި މޮޔަވެފައި ހުންނަ މީހެއްގެ ގޮތުގައި. ލާރިއަކީ އެއްވެސް ވަރަކަށް މަ ވިސްނާ އެއްޗެއް ނޫން ކަމަށް އެމީހުންނަށް ހީވަނީ. އެކަމަކު މި ހުރިހާ އެއްޗެއް އެނގޭނަމަ އެމީހުން ނޯށުން ރޯނެ،“ ޝަމާހު ބުނެފައިވެއެވެ. އޭނާ ބުނި ގޮތުގައި އޭނާއަކީ ވައްކަމާއި ޚިޔާނާތުގެ ރޮނގުން ”ޕީއެޗްޑީ“ ހަދައިގެން ހުރި މީހެއް ކަން އެ ކުންފުނީގެ އިސް މީހުންނަށް ނޭނގެއެވެ.

ޝަމާހު ސްޓެލްކޯގެ އެމްޑީ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. އޭގެ ކުރިން އޭނާ ހުންނެވީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައެވެ. ޝަމާހު ވަނީ މީގެ ކުރިން މިފްކޯގެ އެމްޑީގެ މަގާމުވެސް ފުރުއްވާފައެވެ. ނަމަވެސް ބޮޑެތި ތުހުމަތުތަކަކާ ގުޅިގެން ސަސްޕެންޑް ކުރުމަށްފަހު އޭނާ އެ މަގާމުން ވަކިކުރިއެވެ. ސްޓެލްކޯގެ އެމްޑީ ކަމުން ޝަމާހު ވަކިކުރީ މިދިޔަ އާދިއްތަ ދުވަހުއެވެ.

 

ރައީސްގެ ދެކަނބަލުންނަށް ދުވާފަރުން ހޫނު މަރުޙަބާއެއް
ކޭ ޕާކް މައްސަލައިގަ މަމްދޫހަށް 94 ދަޢުވާ، ޖައިޝާންއަށް 89 ދަޢުވާ ސާބިތުވެއްޖެ
މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު މިލިއަނަކާ ގާތަށް
ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު 133 ފުލުހުން ހުވާކޮށްފި
މީރާ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?