The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ވަޒީފާ ލިބުނަސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އެލަވަންސް ކަނޑައެއް ނުލާނެ: ވަޒީރު ޑރ. ޢައިޝަތު ޝިހާމް

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
4 ދުވަސް ago
SHARE

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެހުނު ކަމުގައިވިޔަސް، އެފަރާތްތަކަށް ދައުލަތުން ދެމުންގެންދާ ނުކުޅެދުންތެރިކަމުގެ އެލަވަންސް ކަނޑާނުލާނެ ކަމުގެ ޔަޤީންކަން އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވަޒީރު ޑރ. ޢައިޝަތު ޝިހާމް ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ތައްޔާރުކޮށް ގެނެސްދޭ ”ތަރުޖަމާނާއެކު“ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެލަވަންސަކީ ޤާނޫނުން ލާޒިމްކުރާ ކަމެއް ކަމަށެވެ. އަދި އެފަދަ ފަރާތްތަކަށް އިތުރު އާމްދަނީއެއް ނުވަތަ ވަޒީފާއެއް ލިބުނު ކަމުގައިވިޔަސް، ޤާނޫނުގައި ކަނޑައެޅިފައިވާ އެލަވަންސް ދިނުން ހުއްޓާނުލާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރޭގައި އެބަހުރި ޤާނޫނުން ލާޒިމް ކުރާ ބައެއް އެލަވެންސްތަކެއް. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލިބޭ އެލަވެންސަކީ ޤާނޫނުން ލާޒިމް ކުރާ އަދި އެހެން އެލަވެންސެއް ލިބުނަސް ލިބޭ އެލަވެންސެއް، ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސިވިލް ސާވިސްގެ ތެރެއިން ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. މި ވަޢުދު ފުއްދުމުގެ ގޮތުން މިހާތަނަށް ދައުލަތުގެ އެކި މުއައްސަސާތަކާއި ކުންފުނިތައް މެދުވެރިކޮށް 356 ފަރާތަކަށް ވަޒީފާ ހަމަޖައްސައިދީފައިވާ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ. އަދި މިހާރުވެސް އެކި އިދާރާތަކާއި ކައުންސިލްތައް މެދުވެރިކޮށް އިތުރު ފުރުޞަތުތައް ހޯދައިދިނުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ވަޒީފާ އަދާކުރާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މުސާރަ ދިނުމުގައި އެއްވެސް ތަފާތުކުރުމެއް ނުގެންގުޅޭނެ ކަމަށާއި، އެފަރާތްތަކަށްވެސް ލިބޭނީ އެހެން މުވައްޒަފުންނާ އެއް ހަމައެއްގެ މުސާރައެއް ކަމަށެވެ. އަދި މިގޮތަށް ލިބޭ އާމްދަނީގެ ސަބަބުން ޢާއިލާތަކުގެ ދިރިއުޅުމުގެ ފެންވަރު މަތިވެ، މުޖުތަމަޢު އެފަދަ ކުދިންނާ މެދު ދެކޭގޮތް ބަދަލުވެގެން ދިއުމަކީ ސަރުކާރުގެ ބޮޑު އުއްމީދެއް ކަމުގައިވެސް ވިދާޅުވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ މާހައުލުގައި ބޭނުންވާ ތަމްރީނުތައް ފޯރުކޮށްދިނުމާއި، އެފަރާތްތަކަކީ މުޖުތަމަޢުގައި ހަރަކާތްތެރި ބަޔަކަށް ހެދުމަށް ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އަންނަ އަހަރު ކައިވެނިކޮށްދޭ ގަޑިތައް، ފެމިލީ ކޯޓުން ޢާންމުކޮށްފި
ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސަނީ އުމަރުގެ ބަންދަށް 30 ދުވަސް!
މިއަހަރުގެ އަޟްހާ ޢީދު: އަންނަ ޖޫން މަހުގެ 6 ވަނަ ދުވަސް
ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ ކޮންމެ ރައްޔިތަކަށް ފައިސާގެ އިނާމެއް ދެނީ!
ދަރިވަރެއްގެ ކަރުގައި ހިފައި، އަނިޔާކުރި ބިދޭސީ މުދައްރިސެއްގެ މައްސަލަ ތަޙުޤީޤުކުރަނީ
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?