The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

މިފްކޯއިން ބޮޑުކަންނެލި ގަންނަން ފެށުން: މިއީ މަސްވެރިންނަށް ވެވަޑައިގަތް ވަޢުދު ފުއްދެވުމުގެ ފެށުމެއް – ވަޒީރު ޝިޔާމް

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
3 މަސް ago
SHARE

މިފްކޯއިން ބޮޑުކަންނެލި ގަންނަން ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޮޑުކަންނެލީގެ މަސްވެރިންނަށް ވެވަޑައިގެންފައިވާ ވަޢުދު ފުއްދެވުމުގެ މަސައްކަތުގެ ފެށުންކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ކަނޑުއޮތްގިރީގައި މިފްކޯއިން ބޮޑުކަންނެލި ގަތުމުގެ އޮޕަރޭޝަން ރަސްމީކޮށް ފެށުމާ ގުޅިގެން މީޑިއާތަކަށް ދެއްވި ބަސްދީގަތުމެއްގައެވެ. މި މަސައްކަތް ފެށުމާއެކު، ބޮޑުކަންނެލީގެ މަސްވެރިން މިހާތަނަށް ތަޙައްމަލު ކުރަމުންދިޔަ ދަތިތަކަށް ޙައްލެއް ލިބިގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ޝިޔާމް ވިދާޅުވީ، މީގެ ކުރިން ސަރުކާރުން ބޮޑުކަންނެލި ގަނެފައިނުވާތީ މަސްވެރިން ވަރަށް އުނދަގޫ ހާލަތެއްގައި އުޅެންޖެހުނު ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅުތަކުގެ ތެރޭގައި ކަޅުބިލަމަހުގެ މަސްވެރިންނާއި، ބޮޑުކަންނެލީގެ މަސްވެރިންގެ އިތުރުން ފަރުމަސްވެރިންނަށްވެސް ގިނަ ކަންތައްތަކެއް ހިމެނިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

”ބޮޑު ކަންނެލި މަސްވެރިންނަށް ވެފައިވާ ވަޢުދުތައް ހާސިލްވެގެން މިދަނީ. މިއީ އިރާދަކުރެއްވިއްޔާ ވަރަށް ރަނގަޅު ފެށުމެއް،“ ވަޒީރު

މިފްކޯއިން ބޮޑުކަންނެލި ގަންނަން ފެށުމުގެ ކުރިން މަސްވެރިން މަސް ވިއްކަމުން ދިޔައީ އަމިއްލަ ކުންފުނިތަކަށެވެ. ނަމަވެސް، މަސް ވިއްކުމަށްފަހު ފައިސާ ލިބުން ލަސްވުމާއި، ބިލްތަކަށް ފައިސާ ނުލިބި ގިނަ ދުވަސްވުމުގެ ސަބަބުން މަސްވެރިންނަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދިޔައެވެ. ވަޒީރު ވިދާޅުވީ، ސަރުކާރުގެ މި އޮޕަރޭޝަނަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ އިންތިޒާމުތަކާއެކު ފެށި މަސައްކަތެއް ކަމަށެވެ.

މީގެ އިތުރުން، މަސްވެރިކަމަކީ ރާއްޖޭގެ އިޖުތިމާޢީ ފޭރާމާ ގުޅިފައިވާ ސިނާޢަތަކަށްވާއިރު، ރައްޔިތުންނަށް ގެއްލުންވާ ކޮންމެ ކަމެއްގައި ސަރުކާރުން ފިޔަވަޅު އަޅާނެ ކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ. އަދި ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް އަމިއްލަ އުފެއްދުންތެރިކަމުގެ ސިނާޢަތްތަކަށް ސަރުކާރުން އެހީތެރިވާ ފަދައިން، ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ މަސްވެރިންގެ މަސްލަހަތު ހިމާޔަތްކުރުމުގައި ސަރުކާރު ދެމިއޮންނާނެ ކަމަށްވެސް ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

ބ. ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލް ތަރައްޤީކުރުމުގެ މަސައްކަތް އަމިއްލަ ކުންފުންޏަކަށް ހަވާލުކޮށްފި
ޒައިދާންގެ 11 މައްްސަލަ މިހާރުވެސް ދަނީ ބަލަމުން، މިފަދަ މައްސަލައެއްގައި އަނެއްކާވެސް ހައްޔަރުކޮށްފި
ބާޒާރުމަތީ ސަރަޙައްދުގެ މަގު ހެދުން: ދުވާރުގެ ބޮޑުބައެއް ނިމި، މަސައްކަތް މިހަފްތާގައި ނިންމަނީ
ކޮންމެ އުނދަގޫ ޙާލަތެއްގައިވެސް ދިވެހީންގެ ސަލާމަތަށް ވެގެން ދިޔައީ އިސްލާމީ ރިވެތި ޚުލްޤާއި ސުލޫކު : ރައީސް މުޢިއްޒު
ޢާންމު ސިއްޙަތު ރަނގަޅުކޮށް ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް އަޑުން މުހިއްމު ދައުރެއް އަދާކުރޭ: ސިއްޙީ ވަޒީރު
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?