The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ޝަމާހަށްފަހު ސްޓެލްކޯގެ ޕްރޮކިއުމެންޓް ހެޑް އަޒްހަދު ވެސް މަގާމުން ދުރުކޮށްފި

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
4 ދުވަސް ago
SHARE

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަހްމަދު ޝަމާހު މިއަދު ވަކިކުރުމާ ގުޅިގެން، އެ ކުންފުނީގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރު އަޒްހަދު ރަމީޒު ވެސް މަގާމުން ދުރުކޮށްފިއެވެ.

އެނގިފައިވާ ގޮތުގައި އަޒްހަދު މަގާމުން ދުރުކޮށްފައިވަނީ، ޝަމާހު ވަކިކުރުމާ ގުޅިގެން ކުންފުނި ހިންގުން ވަގުތީ ގޮތުން ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒްވާރާ ހަވާލުކޮށްފައި ވަނިކޮށެވެ. މަގާމުން ދުރުކުރި ނަމަވެސް، އަޒްހަދު އަދި ސްޓެލްކޯގެ ވަޒީފާއަކުން ވަތްކެއް ނުކުރެއެވެ.

މި ބަދަލުތައް އައިސްފައި މިވަނީ ޝަމާހު ކަމަށް ބުނާ މީހަކު ވާހަކަދައްކާ އޯޑިއޯއެއް ސޯޝަލް މީޑިއާގައި ލީކުވެފައިވާ ދަނޑިވަޅެއްގައެވެ. އެ އޯޑިއޯގައި ބުނާ ގޮތުން، ކުންފުނީގެ އެތެރޭގައި ޝަމާހު ކުރަން އުޅުނު ކަންތައްތައް އެނގޭނީ ޖީއެމް އަޒްހަދަށާއި އިތުރު މީހަކަށެވެ. ނަމަވެސް އެ އޯޑިއޯއާ ގުޅިގެން ޝަމާހު ވިދާޅުވީ އެއީ އޭނާގެ އަގު ވައްޓާލަން އުފައްދާފައިވާ ”ފޭކު“ ނުވަތަ ފެބްރިކޭޓެޑް އޯޑިއޯއެއް ކަމަށެވެ.

ބެލެވޭ ގޮތުގައި މި ދެ ބޭފުޅުންނާ މެދު ފިޔަވަޅު އަޅާފައިވަނީ ކޮރަޕްޝަންގެ ތުހުމަތުތަކަކާ ގުޅިގެންނެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ޝަމާހު މަގާމުން ވަކިކުރިކަން ކަށަވަރުކޮށްދިން ނަމަވެސް، އެކަމުގެ ތަފްސީލީ ސަބަބެއް ހާމައެއް ނުކުރެއެވެ. ޝަމާހު ސްޓެލްކޯގެ އެމްޑީ ކަމަށް އައްޔަންކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހުއެވެ.

މީގެ ކުރިން މި ސަރުކާރުގައި ޝަމާހު ވަނީ މިފްކޯގެ ސީއީއޯގެ މަގާމު ވެސް ފުރުއްވާފައެވެ. އެ މަގާމުގައި ހުންނެވި އިރު ކޯޕަރޭޓް ގަވަނެންސްއާ ގުޅޭ މައްސަލަތަކެއްގައި ދެ ފަހަރެއްގެ މަތިން ސަސްޕެންޑް ކުރުމަށްފަހު، މިދިޔަ މެއި މަހުގެ 21 ގައި އޭނާ އެ މަގާމުން ވަކިކުރިއެވެ. އޭގެ ފަހުން ޝަމާހު ހުންނެވީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައެވެ.

އީރާންގެ ނުރައްކާތެރި ޚައިބަރު މިސައިލުން އިޒްރޭލުގެ މައި ހަތިޔާރު އުފައްދާ ކާރުޚާނާ ފުނޑާލައިފި
މާލޭގައި ހުރި ސެލޫން އަކަށްވަދެ ތަކެއްޗަށް ގެއްލުންދީ މާރާމާރީ ހިންގި ފުލުހަކު ހައްޔަރުކޮށްފި
މިދުވަސް ކޮޅު އެންމެ ގިނައިން ރިޕޯޓް ކުރަނީ ކޮވިޑާއި އިންފްލުއެންޒާ ކޭސްތައް: އެޗްޕީއޭ
ހުޅުމާލޭގައި ޢިމާރާތް ކުރާ ވަގްފް އިމާރާތް ”ދާރުއްސަލާމް“ ގެ ބިންގާ އަޅައިފި
18 އަހަރުގެ އަންހެނަކު ރަހީނުކޮށް އަނިޔާކުރިކަމުގެ ތުހުމަތުގައި 19 އަހަރުގެ ފިރިހެނަކު ހައްޔަރަށް
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?