The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

އިންތިހާބާ ދިމާކޮށް ކޮރަޕްޝަންގެ އަމަލެއްގެ މައުލުމާތު ލިބިއްޖެނަމަ ރިޕޯޓްކުރުމަށް އިލްތިމާސްކޮށްފި

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
3 ދުވަސް ago
SHARE

މި އަަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ކޮރަޕްޝަންގެ އަމަލެއްގެ މައުލުމާތު ލިބިއްޖެނަމަ އެކަން ރިޕޯޓްކުރުމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު އިލްތިމާސްކޮށްފިއެވެ.

އޭސީސީން މިކަމަށް އިލްތިމާސްކުރީ އިންތިހާބުގެ ފޯރި ގަދަވެ، ކެންޑިޑޭޓުން ތާއީދު ހޯދުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ދަނޑިވަޅެއްގައެވެ.

އޭސީސީން ނެރުނު ބަޔާނެއްގައި ވިދާޅުވީ، އަމިއްލަ ގޮތުންނާއި ސިޔާސީ ޕާޓީތަކުގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން ވޯޓުލާ މީހުންގެ ތާއީދު ހޯދުމަށް މަސައްކަތް ކުރާއިރު، ރިޝްވަތުގެ އަމަލުތަކުން ދުރުހެލިވާންޖެހޭނެ ކަމަށެވެ. އަދި އާންމު އިންތިހާބުތަކުގައި ހިފަހައްޓަންޖެހޭ ޑިމޮކްރަސީގެ އަސާސީ އުސޫލުތަކަށް ހުރިހާ ފަރާތްތަކުންވެސް ހުރުމަތްތެރިކޮށް ހިތުމަށް އެ ކޮމިޝަނުން ވަނީ ނަސޭހަތްތެރިވެފައެވެ.

ރާއްޖޭގައި ބާއްވާ އާންމު އިންތިހާބުތަކުގައި ރިޝްވަތުގެ މުއާމަލާތްތައް ހިނގާކަން ފާހަގަކުރެވޭ ކަމަށް އޭސީސީން ވިދާޅުވިއެވެ. އެފަދަ މައްސަލަތައް އިތުރުވުމަކީ ދައުލަތުގެ މުވައްސަސާތަކާއި އިދާރާތަކަށް ރައްޔިތުންގެ އިތުބާރު ގެއްލިގެންދާ ކަމެއް ކަމަށްވެސް އެ ކޮމިޝަނުން ފާހަގަކުރެއެވެ.

އިންތިހާބުގެ ނަޒާހަތްތެރިކަމާ ގުޅޭގޮތުން އޭސީސީން ވިދާޅުވީ، ”އިންތިހާބާ ގުޅޭ ނިންމުންތައް ނިންމުމުގައި ރައްޔިތުން ނަޒާހަތްތެރިކަން އިސްކުރުމަކީ ވަރަށް މުހިންމުކަމެއް. މިއީ އަޅުގަނޑުމެންގެ ދަރީންނާއި ޒުވާން ޖީލަށް އަދި ޖުމްލަގޮތެއްގައި މުޅި މުޖުތަމައަށް ނުހަނު ގެއްލުންބޮޑު ކަމެއް،“ ކަމަށެވެ. އަދި ލާމަރުކަޒީ އުސޫލުން ހިންގުމުގެ ހަގީގީ މަންފާ ލިބޭނީ ރައްޔިތުން ނިންމާ ނިންމުމެއްގެ މައްޗަށް ކަމަށްވެސް އެ ކޮމިޝަނުން ވިދާޅުވިއެވެ.

އޭސީސީން އިތުރަށް ވިދާޅުވީ، އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ބަޔާންކޮށްފައިވާ ފަދަ ރިޝްވަތުގެ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ރިޝްވަތަކަށްވާ ގޮތަށް އެއްވެސް ފައިސާއެއް ނުވަތަ އެއްޗެއް ހުށަހަޅައިފިނަމަ، އެ މައުލޫމާތު ވަގުތުން ހިއްސާކުރުމަށް އެދިފައިވެއެވެ.

ކެންޑިޑޭޓުން ނުވަތަ ކެމްޕޭން ކުރާ ފަރާތްތަކުން ވޯޓަށް އަސަރުކުރާނެ ފަދަ ގޮތަކަށް ކޮރަޕްޝަންގެ އަމަލެއް ހިންގާކަމުގެ މައުލޫމާތު ލިބިއްޖެނަމަ، އެފަދަ ކަމެއް ލަސްނުކޮށް ރިޕޯޓްކުރުމަށް އޭސީސީން ވަނީ އާންމުންގެ ކިބައިން އެދިފައެވެ.

ފެލިވަރުގެ 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖް އަންނަ އަހަރުގެ އޭޕްރީލްގައި ބޭނުންކުރަން ފަށަނީ
ހިޔާވަހި ފައިނޭންސިންގ ޕްރޮގްރާމަށް ލޯނު ދޫކުރުމަށް ބީއެމްއެލްއާއެކު ސޮއިކޮށްފި
ފުލުހަކުގައި ސައިކަލުން ޖެއްސި މީހަކު ހައްޔަރުކޮށްފި
ސިންގަޕޫރަކީ ދިވެހިން ތަރައްޤީ ތަޞައްވުރު ކުރުމުގައި ނަމޫނާއަކަށް ބަލާ ޤައުމެއް: ރައީސް
މަސްވެރިންނަށް އަގުހެޔޮކޮށް ތެޔޮ ފޯރުކޮށްދިނުމަށް ދުވާފަރުގެ ފުރަތަމަ ޝެޑް ހުޅުވައިފި
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?