The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

’ގަލޮޅު ސިޓީ ޕާކް‘ ފެށޭ ހަފްތާގެ އަންގާރަ ދުވަހު އާއްމުންނަށް ހުޅުވާލަނީ

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
3 ދުވަސް ago
SHARE

މާލެ ސިޓީ ކައުންސިލްގެ ބަޖެޓުން 2.5 މިލިއަން ރުފިޔާ ހަރަދުކޮށްގެން ތަރައްގީ ކުރި ’ގަލޮޅު ސިޓީ ޕާކް‘ ފެށޭ ހަފްތާގެ އަންގާރަ ދުވަހު އާއްމުންނަށް ހުޅުވާލާނެ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.މި ޕާކަކީ ގަލޮޅު ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ވަރަށް ބޮޑު އެދުމަކަށް ތަރައްގީކުރެވުނު ތަނެކެވެ.

ގަލޮޅު ސިޓީ ޕާކު އަލުން ތަރައްގީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލޭގެ މޭޔަރު ކަމުގައި ހުންނެވި ދުވަސްވަރު، އެ ސަރަހައްދުގެ ރައްޔިތުން އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރި އެއް ކަމެވެ. އެގޮތުން ރައްޔިތުންގެ މަޝްވަރާއާ އެކު ޕާކުގެ ކުރެހުންތައް އެކުލަވާލައި، ޕާކު ތަރައްގީކުރަން ކައުންސިލުން ނިންމީ ގަލޮޅު ރައްޔިތުންގެ ފުރިހަމަ ތާއީދާއެކުގައެވެ.

މި ޕާކު ތަރައްގީކޮށްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ކުޑަކުދިން އަދި އުމުރުން ދުވަސްވީ މީހުންނަށް ވެސް ފަސޭހައިން ބޭނުންކުރެވޭނެ (އެކްސެސިބަލް) ގޮތަކަށެވެ. ޕާކު އަލުން ތަރައްގީކުރުމަށްޓަކައި 2022 ވަނަ އަހަރު ބަންދުކުރި ނަމަވެސް، އަމަލީ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށްގެންގޮސްފައިވަނީ މިދިޔަ އޭޕްރީލް މަހު ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ މަސައްކަތް ހަވާލުކުރި ހިސާބުންނެވެ.

އަލަށް ހުޅުވާ ގަލޮޅު ޕާކުގައި ގިނަ ވަސީލަތްތަކެއް ވަނީ ގާއިމްކޮށްފައެވެ. އޭގެ ތެރޭގައި ޒަމާނީ އައުޓްޑޯ ޖިމަކާއި، ކުޑަކުދިންނަށް ހާއްސަ ސްލައިޑްތަކާއި އުނދޯލިތައް ހިމެނެއެވެ. މީގެ އިތުރުން ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ތްރީ-އޮން-ތްރީ ބާސްކެޓް ކޯޓަކާއި ބެޑްމިންޓަން ކޯޓެއް ވެސް މި ޕާކުގައި ވަނީ ގާއިމްކޮށްފައެވެ.

މާލެ ސިޓީ ކައުންސިލުން ބުނި ގޮތުގައި، މި ޕާކު ހުޅުވުމާއެކު ގަލޮޅު ސަރަހައްދުގައި ދިރިއުޅޭ އާއިލާތަކަށް ހިތްފަސޭހަ މާހައުލެއްގައި ވަގުތު ހޭދަކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ޚާލިދާ ޒިޔާ އަވަހާރަވުމާ ގުޅިގެން ރައީސް މުޢިއްޒު ތައުޒިޔާ ފޮނުއްވައިފި
ނައިފަރު ފިހާރައެއް ފަޅާލައި ވަގަށްނެގި ތަކެތި ފުލުހުން ހޯދައިފި
މިއަހަރު ޖުލައި މަހުގެ ކުރިން ހުރިހާ ކޯޓެއްގައި އިންޓަގްރޭޓެޑް ސިސްޓަމްތައް ގާއިމުކުރަނީ
ޓެކްސީގެ ދަތިތައް ޙައްލުކޮށް، ޚިދުމަތް ހަރުދަނާކުރުމަށް ރައީސް މުޢިއްޒު ޑްރައިވަރުންނާ ބައްދަލުކުރައްވައިފި
ދިއްދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް މާދަމާ ފަށަނީ
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?