The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ކުރީގެ ރައީސް ނަޝީދު ހުންނެވީ ކޮން ފަޅިއެއްގައިތޯ އީރާނު އެމްބަސީން ސުވާލުކޮށްފި

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
3 ދުވަސް ago
SHARE

އީރާނުގައި މިހާރު ކުރިއަށްދާ މުޒާހަރާތަކާ ގުޅިގެން، އެ ގައުމުގެ ރައްޔިތުންނާއެކު ބައިނަލްއަގުވާމީ މުޖުތަމައު ސާބިތުވެ އޮންނަންޖެހޭނެ ކަމަށް ރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވުމުން، އެ ގައުމުން ނަޝީދަށް ވަރުގަދަ ސުވާލުތަކެއް ކުރިމަތިކުރުވައިފިއެވެ. އީރާނުން ބުނާ ގޮތުގައި މި ހަމަނުޖެހުންތަކުގެ އަޑީގައި އޮތީ އިސްރާއީލެވެ.

އީރާނުގައި މިހާރު ހިނގަމުންދާ އިހުތިޖާޖުތަކަކީ އެ ގައުމުގެ އިގުތީޞާދީ ހާލަތު ދަށްވުމުގެ ސަބަބުން ފެށުނު ކަންތައްތަކެއް ނަމަވެސް، އެ ގައުމުގެ ރޫހާނީ ލީޑަރު އާޔަތުﷲ ޚާމަނާއީ އާއި ރައީސް މަހްމޫދު ޕެޒެޝްކިއާންގެ އިތުރުން ސަރުކާރުގެ އިސް އޮފިޝަލުން ތުހުމަތުކުރައްވާ ގޮތުގައި މީގެ ފަހަތުގައި އޮތީ އެމެރިކާ އާއި އިސްރާއީލެވެ. މިއީ 2023 ވަނަ އަހަރަށް ފަހު އެ ގައުމުގައި ހިނގާ އެންމެ ބޮޑު މުޒާހަރާތަކެވެ.

ކުރީގެ ރައީސް ނަޝީދު އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީރާނުގެ ރައްޔިތުން މަގުތަކަށް ނުކުމެ ތިބީ އަބުރުވެރި ދިރިއުޅުމަކަށާއި، ތަކެތީގެ އަގުބޮޑުވުމާ ދެކޮޅަށް އަދި އެތައް ޒަމާނެއް ވަންދެން ހިފަހައްޓާފައިވާ ހައްގުތައް ހޯދުމަށް ކަމަށެވެ. އަދި އީރާނުގައި ތިބީ މުސްލިމް އަޚުންނާއި އުޚުތުންކަން ފާހަގަކުރައްވައި، ބައިނަލްއަގުވާމީ މުޖުތަމައުން އީރާނު ސަރުކާރު ދިފާއުނުކޮށް، ރައްޔިތުންގެ ފަޅީގައި ތިބުމަށް އެމަނިކުފާނު ގޮވައިލެއްވިއެވެ.

ނަޝީދުގެ މި ވާހަކަތަކަށް ސްރީލަންކާގައި ހުންނަ އީރާނު އެމްބަސީން ވަނީ ދިގު ރައްދެއް ދީފައެވެ. އެމްބަސީން ބުނި ގޮތުގައި، މިދިޔަ ޖޫން މަހު ހިނގި ހަނގުރާމައިގައި ޒަޔަނިސްޓު ބާރުތަކުން އީރާނުގެ ސިޓީތަކަށާއި އާންމު ރައްޔިތުންނަށް އަމާޒުކޮށް ދިން ހަމަލާތަކުގައި ހާހަކަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި އެމެރިކާގެ އެހީތެރިކަމާއެކު އިސްރާއީލުގެ އިންޓެލިޖެންސް އެޖެންސީ މޮސާޑުން އީރާނުގެ މަގުތަކުގައި ބިރުވެރިކަން އުފައްދައި، މިސްކިތްތަކާއި ހޮސްޕިޓަލްތަކަށް ގެއްލުން ދެމުންދާ ކަމަށް އީރާނުން ތުހުމަތުކުރެއެވެ.

އީރާނު އެމްބަސީން ވަނީ މި ހުރިހާ ލާއިންސާނީ އަމަލުތަކެއްގެ ފަހަތުގައި އިސްރާއީލު އޮތްއިރު، ނަޝީދު ހުންނެވީ ކޮން ފަޅިއެއްގައިތޯ ސުވާލުކޮށްފައެވެ.

މި ހަމަނުޖެހުންތަކާ ގުޅިގެން އީރާނުން މިހާރު ވަނީ އިންޓަނެޓުގެ ހިދުމަތް ވެސް މެދުކަނޑާލައިފައެވެ. މި މައްސަލައިގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ބާރުގެ ބޭނުން ނުކުރުމަށް އިންޒާރު ދެއްވައި، އެ ގައުމަށް އަރައިގަންނަން ޖެހިދާނެ ކަމުގެ އިޝާރާތެއް ކުރައްވާފައެވެ. ޓްރަމްޕަށް ރައްދު ދެއްވަމުން އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ ވިދާޅުވީ، އީރާނުން އޮތީ މަޝްވަރާއަށް ވެސް އަދި ހަނގުރާމައަށް ވެސް ތައްޔާރަށް ކަމަށެވެ.

ޕީއެންސީ ޕްރައިމަރީގައި ރެކޯޑް އަދަދެއްގެ ވޯޓު ލާނެ ކަމަށް ފަލާހު ވިދާޅުވެއްޖެ
ހދ. މަކުނުދޫގައި ފެނާއި ނަރުދަމާ ނިޒާމު ޓެސްޓުކޮށް ނިންމައި ކަމިޝަންކޮށްފި
ފަތުރުވެރިކަން ފުޅާކުރެވިފައި ނެތް އަތޮޅުތަކުގައި ރިސޯޓު ތަރައްޤީކުރުމަށް ގެންގުޅުއްވާ ޕްލޭން ރައީސް އިޢުލާނުކުރައްވައިފި
އެމްޕީއެލްގެ މުވައްޒަފުންނަށް ސައިން ލެންގުއޭޖް ދަސްކޮށްދިނުމުގެ ސެޝަނެއް ކުރިއަށްގެންގޮސްފި
ބޮޑުތަކުރުފާނުމަގުގެ އުތުރުގެ ސަރަހައްދު ތަރައްގީ ކުރުމަށް އުޅަންދުތައް ނަގަން އަންގައިފި
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?