The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ބާޒާރުމަތީ މަގު ހެދުމުގެ މަސައްކަތް ރޯދައިގެ ކުރިން ނިންމާ އާންމުންނަށް ހުޅުވާލަނީ

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
2 ދުވަސް ago
SHARE

މާލޭގެ ބާޒާރުމަތީ މަގު ހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް، ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހުގެ ކުރިން ނިންމާ އާންމުންނަށް ހުޅުވާލާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

މި މަޝްރޫޢާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން އެމްޓީސީސީގެ ސީނިއަރ ޕްރޮޖެކްޓް މެނޭޖަރ ޝަރުވަސް ޢަބްދުﷲ ފާއިޒު ވިދާޅުވީ، ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ފެބްރުއަރީ 15 ގެ ކުރިން ނިންމާލުމަށް އަމާޒު ހިފާފައިވާ ކަމަށެވެ. އަދި މިހާރުވެސް މި މަޝްރޫޢުގެ މަސައްކަތްތައް ވަރަށް ބާރު ދުވެލީގައި ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ޝަރުވަސް އިތުރަށް ވިދާޅުވީ، މަޝްރޫޢުގެ ދަށުން ކުރިއަށްދާ ޝީޓްޕައިލް ކުރުމުގެ މަސައްކަތުގެ 50 އިންސައްތަ ކުރިއަށް އޮތް ތިން ދުވަސް ތެރޭގައި އެއްކޮށް ނިމޭނެ ކަމަށެވެ. މީގެ އިތުރުން ދުވާރު ހެދުމުގެ މަސައްކަތުގެ ބޮޑު ބައެއް މިހާރުވެސް ނިމިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ބާޒާރުމަތީ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން މާލޭގެ ލޯކަލް މާރުކޭޓް ސަރަޙައްދުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަޙައްދެއް ތާރު އަޅައިގެން ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތުގެ ތެރެއިން އެއްގަމު ތޮށި 6 މީޓަރަށް ބޭރަށް ޖައްސައި، މަގު ފުޅާކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.

އެމްޓީސީސީން ބުނާ ގޮތުގައި، މި މަޝްރޫޢު ނިމުމުން ބާޒާރުމަތީ ސަރަޙައްދަކީ ދެކޮޅަށް ދުއްވޭ، ހިނގާ މީހުންނަށް އަމާން އަދި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިފައިވާ ޒަމާނީ ސަރަޙައްދަކަށް ވެގެންދާނެއެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ މި ބޮޑު މަޝްރޫޢުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް ޖުމްލަ 1،088 މީޓަރުގެ ސަރަޙައްދެއް ތަރައްޤީ ކުރުމަށް ވަނީ ނިންމާފައެވެ. މީގެ ތެރެއިން ފުރަތަމަ ފިޔަވަހީގެ 140 މީޓަރުގެ މަސައްކަތް މިހާރު ވަނީ ނިންމާލާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޤަބޫލުކުރާ ގޮތުގައި، މި މަސައްކަތް ނިމުމުން މާލޭގެ ވިޔަފާރި ބަނދަރު ސަރަޙައްދުގެ ތޮއްޖެހުން ކުޑަވެ، މުދާ އުފުލުމާއި ދަތުރުފަތުރު ކުރުމުގައި އާންމުންނާއި ވިޔަފާރިވެރިންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.

ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު 133 ފުލުހުން ހުވާކޮށްފި
އެނދުމަތިވެފައިވާ ބަލިމީހުންގެ ގާތަށް ޒިޔާރަތްކޮށް ފަރުވާދިނުމުގެ ޚާއްޞަ ޕްރޮގްރާމެއް ފަށަނީ
ލޯންޗަކާއި ޑިންގީއެއް ޖެހި 3 މީހަކަށް އަނިޔާވެގެން ފަރުވާދެނީ!
ސަރަޙައްދީ އެއްބާރުލުން ދިރުވައި އާލާކުރަންޖެހޭ: ރައީސް މުޢިއްޒު
”ދަނޑުވެރިޔާ“ މޯބައިލް އެޕް ރޯދައިގެ ކުރިން ނެރެނީ
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?