The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ޑެންގީ ހުން ޖެހޭ މިންވަރު 490 އިންސައްތަ އިތުރުވެއްޖެ: ރައްކާތެރިވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
2 ދުވަސް ago
SHARE

ނިމިދިޔަ ޑިސެމްބަރު މަހު ރާއްޖޭގައި ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރި މީހުންގެ އަދަދު އާދަޔާ ހިލާފަށް އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން މިއަދު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ޑިސެމްބަރު މަހު އެކަނިވެސް 413 ޑެންގީ ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. މިއީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރިޕޯޓްކުރި 70 ކޭސްއާ އަޅާބަލާއިރު 490 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ. އަދި މިދިޔަ ނޮވެންބަރު މަހު ރިޕޯޓްކުރި 382 ކޭސްއާ އަޅާބަލާއިރުވެސް ޑިސެމްބަރު މަހު ބަލިޖެހުނު މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ.

މަދިރީގެ ޒަރީޔާއިން ފެތުރޭ މި ބަލި އިތުރުވަމުންދާތީ، ރައްކާތެރިވުމުގެ ފިޔަވަޅުތައް ވަރުގަދަކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. ޚާއްޞަކޮށް، ބަލި ފަތުރާ އީޑީސް މަދިރި އާލާވާ ތަންތަން ނައްތާލުމަށާއި، މަދިރިން ރައްކާތެރިވުމަށް ލޯޝަން ނުވަތަ ސްޕްރޭ ބޭނުންކުރުމަށް އެ އެޖެންސީން އިރުޝާދު ދެއެވެ.

އެޗްޕީއޭއިން ބުނި ގޮތުގައި ޑެންގީ ހުން ޖެހިއްޖެނަމަ ގިނައިން އަރާމުކުރުމާއި، ދިޔާ ތަކެތި ބޭނުންކުރުން އިތުރުކުރަންވާނެއެވެ. އަދި ހުން މަޑުކުރުމަށް ޕެނެޑޯލް ނުވަތަ ޕެރެސެޓްމޯލް ފިޔަވައި އެހެން ބޭހެއް ބޭނުންނުކުރުމަށް ވަނީ އަންގާފައެވެ. މަދިރި އާލާވުން ހުއްޓުވުމަށްޓަކައި ގޭތެރެއާއި ގޯތިތެރޭގައި ފެން ހަރުލާ ގޮތަށް ހުންނަ ތަކެތި ހަފުތާއަކު އެއްފަހަރު ސާފުކުރުމަށާއި، ފެން އަޅާފައި ހުންނަ ތާންގީ ފަދަ ތަކެތި ރަނގަޅަށް މަތިޖަހާފައި ބެހެއްޓުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޑެންގީގެ ކޭސްތައް އިތުރުވި ނަމަވެސް، އަރިދަފުސް ރޯގާއާއި ބޭރަށް ހިންގުމުގެ ކޭސްތައް ޑިސެމްބަރު މަހު ވަނީ ދަށަށް ގޮސްފައެވެ. އެގޮތުން އަރިދަފުސް ރޯގާ ޖެހިގެން ނޮވެންބަރު މަހު 32,859 ކޭސް ރިޕޯޓްކުރިއިރު، ޑިސެމްބަރު މަހު އެ އަދަދު ވަނީ 28,619 އަށް ދަށަށް ގޮސްފައެވެ. އަދި ބޭރަށް ހިންގުން ޖެހިގެން ރިޕޯޓްކުރި އަދަދުވެސް ވަނީ 4,102 އިން 2,931 އަށް ދަށްވެފައެވެ.

އެޗްޕީއޭއިން އިތުރަށް ފާހަގަކުރި ގޮތުގައި، މަދިރި އެންމެ ގިނަވާ ވަގުތުތައް ކަމަށްވާ ހެނދުނާއި ހަވީރުގެ ވަގުތުތަކުގައި ކުޑަދޮރުތައް ލައްޕާފައި ބެހެއްޓުމާއި، ހަށިގަނޑު ނިވާވާނޭހެން ހެދުން އެޅުމަކީ ބަލިން ރައްކާތެރިވުމަށް އެޅިދާނެ މުހިންމު ފިޔަވަޅެކެވެ.

ޢުމްރާގެ އަޅުކަމަށްދިޔަ ދިވެހި އަންހެނަކު ހާޅު ދެރަވެ ރާއްޖެ ގެނެސް ފަރުވާދޭން ފަށައިފި
މަސްވެރިންގެ ޤައުމީ ދަފްތަރު އެކުލަވާލުމުގެ މަސައްކަތް ނިމިއްޖެ
ބަންގްލަދޭޝްގެ އޮން-އެރައިވަލް ވިސާ މެދުކަނޑާލަނީ
އުދަ އަރާނެ ކަމަށް ލަފާކުރެވޭ، ބްރިޖު-ހައިވޭގައި 4 ފުރޮޅުލީ އުޅަނދު ބޭނުން ކުރޭ: ފުލުހުން
ކަންބޮޑުވުންތަކުން ނަޖާވެވި، އެދޭ ކޮންމެ ފާގަތިކަމެއް ލިބުން އޮތީ އިސްލާމީ އުޞޫލުގައި ދެމިތިބެގެން: ރައީސް
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?