The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ސިވިލް ކޯޓުގައި އިންޓަގްރޭޓެޑް ކޭސް މެނޭޖްމަންޓް ސިސްޓަމް ބޭނުންކުރަން ފަށައިފި

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
11 ގަޑިއިރު ago
SHARE

ޝަރުޢީ ދާއިރާގެ މަސައްކަތްތައް ހަރުދަނާކުރުމުގެ މަސައްކަތުގެ ތެރެއިން ސިވިލް ކޯޓުގައި އިންޓަގްރޭޓެޑް ކޭސް މެނޭޖްމަންޓް ސިސްޓަމް ބޭނުންކުރަން ފަށައިފިއެވެ. މި ސިސްޓަމް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ އެކަމަށްޓަކައި ސިވިލް ކޯޓުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އަލްއުސްތާޛު ޙުސްނީ މުބާރިކެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސިވިލް ކޯޓުގެ އިސްގާޟީ އަލްއުސްތާޛާ މަރިޔަމް ވަހީދު ވިދާޅުވީ، ސިވިލް ކޯޓަކީ އެންމެ ގިނަ މައްސަލަ ބަލަމުންދާ އެއް ކޯޓު ކަމަށާއި، ޒަމާނީ ސިސްޓަމެއް ނެތުމުގެ ސަބަބުން މީގެ ކުރިން އިދާރީ ހުރިހާ މަސައްކަތްތަކެއް ބަލަހައްޓަމުން އައީ މެނުއަލްކޮށް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ކޯޓަށް ހުށަހެޅޭ މައްސަލަތައް އިތުރުވަމުންދާނެތީ، މިފަދަ ސިސްޓަމެއްގެ މުހިންމުކަން ބޮޑުކަން އޭނާ ފާހަގަކުރެއްވިއެވެ.

އިސްގާޟީ މަރިޔަމް ވަހީދު އިތުރަށް ވިދާޅުވީ، ”އެއް ސިސްޓަމެއްގެ ތެރެއިން ކޯޓުގެ ހުރިހާ މައްސަލައެއްް ބަލަން ފެށުމުން މައްސަލަތަކުގެ ސްޕީޑު އަވަސްވެ، މެނުއަލްކޮށް ކުރާ ހުރިހާ މަސައްކަތްތައް އޮޓަމޭޓްކުރެވިގެންދާނެ. އަދި މައްސަލަތަކާއި ގުޅޭ ހުރިހާ ލިޔެކިޔުންތަކެއް ޑިޖިޓަލައިޒްކޮށް އެއްތަަނަކުން ލިބިގެންދިއުމުގެ ސަބަބުން މައުލޫމާތު ހޯދުމަށްވެސް ފަސޭހަވެ އިންސާފު ގާއިމްކުރުމަށް މަގުފަހިވެގެންދާނެ“ ކަމަށެވެ.

ދެވަނައަށް މި ސިސްޓަމް ތައާރަފުކުރި ކޯޓު
ސިވިލް ކޯޓަކީ އިންޓަގްރޭޓެޑް ކޭސް މެނޭޖްމަންޓް ސިސްޓަމް ބޭނުންކުރަން ފެށި ދެވަނަ ކޯޓެެވެ. މި ސިސްޓަމް އެންމެ ފުރަތަމަ ރާއްޖޭގައި ބޭނުންކުރަން ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު ކްރިމިނަލް ކޯޓުގައެވެ. ކްރިމިނަލް ކޯޓުގައި މި ސިސްޓަމް ބޭނުންކުރާތާ 5 މަސްވެފައިވާއިރު، އެ ކޯޓުގެ އިސްގާޟީ އަލްއުސްތާޛު އާދަމް މުޙައްމަދު ވަނީ މި ސިސްޓަމްގެ ސަބަބުން ކޯޓުގެ އޮޕަރޭޝަންތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިފައިވާކަން ހާމަކުރައްވާފައެވެ.

އިސްގާޟީ އާދަމް މުޙައްމަދު ވިދާޅުވި ގޮތުގައި، މި ސޮފްޓްވެއަރއަކީ ހުރިހާ މައުލޫމާތެއް އެއްތަނަކުން ބެލޭ، ރައްކާތެރި އަދި ޝަރީއަތްތައް ތަރުތީބުކުރަން ފަސޭހަ ނިޒާމެކެވެ. މީގެ ސަބަބުން މައްސަލައިގެ ލިޔުންތައް ބެލެހެއްޓުމުގައި ހުރި ދަތިތަކަށް ބޮޑު ހައްލެއް ލިބިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މި އައު ސިސްޓަމާއެކު ސިވިލް ކޯޓުގެ އަޑުއެހުންތަކަށް ބޭނުންވާ ކަންކަމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބި، ކޯޓުން ފޯރުކޮށްދޭ ޚިދުމަތްތައް މިހާރަށްވުރެ ހަލުވިވެގެންދާނެ ކަމަށް އެ ކޯޓުން މައުލޫމާތުދެއެވެ.

އީރާންގެ ނުރައްކާތެރި ޚައިބަރު މިސައިލުން އިޒްރޭލުގެ މައި ހަތިޔާރު އުފައްދާ ކާރުޚާނާ ފުނޑާލައިފި
ވ. އަތޮޅު ރިސޯޓެއްގައި ބައިގެންދިޔަ ކުއްޖެއްގެ މަރުގެ މައްސަލަ ފުލުހުން ތަހުގީގުކުރަނީ
މިދިޔަ އަހަރު ނިމުނުއިރު އެންމެ ގިނަ މެމްބަރުން ތިބި ޕާޓީއަކީ ޕީއެންސީ
ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލައިފި
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 90،000 އާ ގާތްކުރާ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފި
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?