The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ވިޔަފާރި ބަނދަރުގައި މުދާ އުފުލާ ލޮރީ ޑްރައިވަރުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
10 ގަޑިއިރު ago
SHARE

މާލޭ ވިޔަފާރި ބަނދަރުގައި މުދާ އުފުލުމުގެ މަސައްކަތްކުރާ ލޮރީ ޑްރައިވަރުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި، އެ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ބޭފުޅުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، މާލޭ ވިޔަފާރި ބަނދަރުގައި މުދާ އުފުލާ ލޮރީތަކުގެ ޑްރައިވަރުން ވަނީ އެބޭފުޅުންގެ މަސައްކަތުގައި ދިމާވާ ދަތިތަކާއި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އަދި މި މައްސަލަތައް ހައްލުކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައިވެއެވެ.

މި ބައްދަލުވުމުގައި ޑްރައިވަރުން ފާހަގަކުރެއްވި މުހިންމު ކަންތައްތަކުގެ ތެރޭގައި، ބަނދަރާ ކައިރި ސަރަހައްދަކުން ލޮރީތަކަށް ޚާއްޞަ ޕާކިންގްއެއް ހަމަޖެއްސުމާއި، ވެހިކަލްތަކުގެ ވެރިފަރާތް ބަދަލުކުރުމުގައި ހުރި ދަތިތައް ހިމެނެއެވެ. މީގެ އިތުރުން، ވެހިކަލްތަކަށް ބޭނުންވާ ސްޕެއަރ ޕާޓްސް ގެނައުމުން އެތަކެތި ބޮންޑުކުރުމުގެ ސަބަބުން ދިމާވާ ދަތިތަކާއި، ލޮރީ ކިއުގައި ހުރި މައްސަލަތަކަށް ހައްލެއް ހޯދުމާ ގުޅޭގޮތުންވެސް ވާހަކަދެކެވުނެވެ.

ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތުގެ ދަށުން މުދާ ކްލިއަރ ކުރުމުގެ މަސައްކަތަށް ތައްޔާރުކުރާ އެޕްލިކޭޝަންގެ މަސައްކަތް އަވަސްކުރުމަށާއި، ބާ އުޅަނދުތައް ނައްތާލައި އައު އުޅަނދު ރަޖިސްޓްރީކުރުމުގައި ލުއިގޮތްތަކެއް ހަމަޖައްސަވައިދެއްވުމަށް ޑްރައިވަރުން އެދިވަޑައިގެންނެވިއެވެ. ހަމައެހެންމެ، އެބޭފުޅުން ކުރާ މަސައްކަތަކީ ސަރުކާރުން ބަލައިގަންނަ، ރަސްމީ ލިޔެކިޔުމާއެކު ކުރާ މަސައްކަތެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވުމަށްވެސް ވަނީ އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޑްރައިވަރުން ހުށަހެޅުއްވި ކަންބޮޑުވުންތަކަށް ވީހާވެސް އަވަސް އަދި ފުރިހަމަ ހައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި މިކަމުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިވަޑައިގެން، ހުރިހާ މައްސަލަތަކަށް އެދެވޭ ހައްލެއް ހޯއްދަވައިދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

ގުޅީފަޅު ކައިރިން މަރުވެފައި އޮތްވާ ފެނުނީ ޗައިނާ ރައްޔިތެއް
މޯލްޑިވްސް 2.0 އާއެކު ޚިދުމަތް އަވަސްކުރުމަށް އެކި ފަރާތްތަކަށް ގުޅައިގެން އާދޭސްކުރުން ނިމޭނެ : ވަޒީރު އިޙްސާން
ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކުގެ ގުރުއަތުލުން ފަށައިފި
އެފްޑީސީގެ ހުރިހާ ޓަވަރެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިމިއްޖެ
ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެއް މެޑަމް ސާޖިދާ އުފައްދަވައިފި
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?