The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ރައީސުލްޖުމްހޫރިއްޔާ ”މޯލްޑިވްސް ޑިޖިޓަލް ސަރވިސް“ އުފައްދަވައިފި

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
7 ގަޑިއިރު ago
SHARE

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ”މޯލްޑިވްސް ޑިޖިޓަލް ސަރވިސް“ ގެ ނަމުގައި ސަރުކާރުގެ އައު އިދާރާއެއް މިއަދު އުފައްދަވައިފިއެވެ. މި އައު އިދާރާ އުފެއްދެވުމާ ގުޅިގެން، މީގެ ކުރިން ހިނގަމުންއައި ”ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ“ (އެން.ސީ.އައި.ޓީ) ވަނީ އުވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ދެންނެވުމެއްގައި ވިދާޅުވީ، ”މޯލްޑިވްސް ޑިޖިޓަލް ސަރވިސް“ އަކީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ (ދާހިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވުޒާރާ) ގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ގޮތުގައި މިހާރު ހަމަޖައްސަވާފައިވާ ކަމަށެވެ. މި ބަދަލު ގެންނަވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުންނެވެ.

މި އިދާރާ އުފެއްދެވުމުގެ މައިގަނޑު ބޭނުމަކީ، ރާއްޖެ ”ޑިޖިޓަލް-ފަސްޓް“ ގައުމަކަށް ހެދުމަށް ގެންގުޅުއްވާ ތަސައްވުރުގެ ދަށުން އެކުލަވާލާފައިވާ ”މޯލްޑިވްސް 2.0 ރޯޑްމެޕް 2025-2028 – ޖަރނީ ޓު ޑިޖިޓަލް ޓްރާންސްފޮމޭޝަން“ މަގުޗާޓު ތަންފީޒުކުރުމެވެ. މި މަގުޗާޓާ ގުޅޭގޮތުން 2025 ސެޕްޓެންބަރު 25 ގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މަޝްވަރާކުރައްވައި، އެ މަގުޗާޓު ތަންފީޒުކުރުމުގެ އެންމެ އިސް އިދާރާއަކީ ”މޯލްޑިވްސް ޑިޖިޓަލް ސަރވިސް“ ކަމުގައި ވަނީ ކަނޑައަޅުއްވާފައެވެ.

މި ބަދަލާއެކު، ކުރިން އެން.ސީ.އައި.ޓީ އިން ކުރަމުންދިޔަ ހުރިހާ މަސައްކަތްތަކެއް ދެން ކުރަމުންދާނީ މޯލްޑިވްސް ޑިޖިޓަލް ސަރވިސްއިންނެވެ. މީގެ އިތުރުން، ޑިޖިޓަލް ޓްރާންސްފޮމޭޝަން މަގުޗާޓުގައިވާ ކަންކަން ތަންފީޒުކުރުމުގެ ފުރިހަމަ ޒިންމާވެސް އެ އިދާރާއިން އުފުލާނެއެވެ.

ދައުލަތުގެ އިދާރާތަކުން މޯލްޑިވްސް ޑިޖިޓަލް ސަރވިސްއަށް ފޮނުވާ ރަސްމީ ސިޓީތަކުގައި ބޭނުންކުރާނެ ނަންބަރަކީ 1137 ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ އަންގަވާފައެވެ.

ދުންފުނީގެ ސަބަބުން ދުރު ފެންނަ މިންވަރު ދަށްވެ، ވައިގެ ދަތުރުފަތުރުގެ އުސޫލުތަކަށް ބަދަލު ގެނެސްފި
އެއްބައިވަންތަކަމުގެ ދުވަހުގެ ތަހުނިޔާ ފަސްޓްލޭޑީ ފޮނުއްވައިފި
ވީއައިއޭގެ އައު ޓާމިނަލްގެ ސީޕްލޭން ޗެކިން އޭރިއާ ބޭނުންކުރަން ފަށައިފި
ސްޓޭޓް ފާމަސޫޓިކަލް ކުންފުނީގެ ޗެއަރޕަރސަންގެ މަޤާމަށް އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް
ޒުވާނުންގެ ޤައުމީ ކޮންފަރެންސް ފަށައިފި
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?