The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ޓިކްޓޮކް ބޭނުންކުރާ ކުޑަކުދިންގެ އުމުރު ދެނެގަންނަ ޓެކްނޮލޮޖީއެއް ތައާރަފުކުރަނީ

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
1 މަސް ago
SHARE

ސޯޝަލް މީޑިއާގެ ވަސީލަތްތަކުން ކުޑަކުދިން ރައްކާތެރިކުރުމަށް އަޅަމުންދާ ފިޔަވަޅުތައް ވަރުގަދަކުރުމުގެ ގޮތުން، އުމުރު ދެނެގަނެވޭ އައު ޓެކްނޮލޮޖީއެއް ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ވިލާތުގެ ގައުމުތަކުގައި ތައާރަފުކުރުމަށް ޓިކްޓޮކުން ނިންމައިފިއެވެ.

ބައިޓްޑާންސް ކުންފުނިން ހިންގަމުން އަންނަ ޓިކްޓޮކުން މަޢުލޫމާތު ދޭ ގޮތުގައި، މި ސިސްޓަމަކީ ވޭތުވެދިޔަ އެއް އަހަރު ދުވަހު ވިލާތުގައި ޕައިލެޓް ޕްރޮގްރާމެއްގެ ގޮތުގައި ޓެސްޓުކޮށްފައިވާ ސިސްޓަމެކެވެ. މީގެ މައިގަނޑު މަގުސަދަކީ 13 އަހަރުން ދަށުގެ ކުދިން ބޭނުންކުރާ އެކައުންޓްތައް މިހާރު ހުރި ގޮތަށްވުރެ ހަރުދަނާކޮށް ދެނެގަތުމެވެ. މިހާރު އެ އެޕްލިކޭޝަނުން އުމުރު ކަށަވަރުކުރުމަށް ބަލަނީ ބޭނުންކުރާ މީހާ އަމިއްލައަށް ލާ އުމުރަށެވެ.

އައު ސިސްޓަމުން ފާހަގަކުރާ އެކައުންޓްތައް ވަގުތުން އުވާލުމުގެ ބަދަލުގައި، އެކަމަށް ޚާއްސަ ތަމްރީނު ލިބިފައިވާ މޮޑަރޭޓަރުން އެ އެކައުންޓްތައް ބަލައި ޗެކްކުރާނެއެވެ. މިއީ ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމާއެކު، މައުލޫމާތުގެ ސައްހަކަން ހިފެހެއްޓުމަށް އަޅާ ފިޔަވަޅެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

ވިލާތުގެ ރެގިއުލޭޓަރުން ދަނީ އުމުރު ކަށަވަރުކުރުމުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށް ބާރުއަޅަމުންނެވެ. އާންމުކޮށް އުފަންދުވަސް އެހުމަކީ މިހާރު އެންމެ އެދެވޭ ގޮތް ނޫން ކަމަށް ރެގިއުލޭޓަރުން ދެކެއެވެ. ދުނިޔޭގެ އެކި ގައުމުތަކުން މިކަމަށް މިހާރު ދަނީ ގާނޫނީ ގޮތުން ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން އޮސްޓްރޭލިއާއިން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކޮށްފައިވާއިރު، ޑެންމާކުން ވަނީ 15 އަހަރުން ދަށުގެ ކުދިން މިފަދަ ޕްލެޓްފޯމްތައް ބޭނުންކުރުން ހުއްޓުވުމަށް ލަފާދީފައެވެ.

ޓިކްޓޮކުން ބުނި ގޮތުގައި އިނގިރޭސިވިލާތުގައި ކުރި ޓެސްޓުތަކުން 13 އަހަރުން ދަށުގެ ކުދިންގެ އެތައް ހާސް އެކައުންޓެއް ވަނީ ބަންދުކުރެވިފައެވެ. އުމުރު ކަށަވަރުކުރުމުގައި މައްސަލަ ދިމާވާ ހާލަތްތަކުގައި، ’ޔޯޓީ‘  ކުންފުނީގެ ފޭޝަލް އޭޖް އެސްޓިމޭޝަން ޓެކްނޮލޮޖީ ބޭނުންކުރުމަށް ވެސް ވަނީ ނިންމާފައެވެ. ފޭސްބުކް އަދި އިންސްޓަގްރާމްގެ ބެލެނިވެރި ކުންފުނި މެޓާއިން ވެސް މިހާރު ދަނީ މި ޓެކްނޮލޮޖީ ބޭނުންކުރަމުންނެވެ.

މި އައު އޭއައި  ސިސްޓަމް ފަރުމާކޮށްފައިވަނީ ވިލާތުގެ އައިލެންޑްގެ ޑޭޓާ ޕްރޮޓެކްޝަން ކޮމިޝަނާ ގުޅިގެން، އެ ސަރަހައްދުގެ ގަވާއިދުތަކާ އެއްގޮތަށެވެ. މި ޚިދުމަތް ލިބެން ފެށުމުން ވިލާތުގެ ބޭނުންކުރާ ފަރާތްތަކަށް އެކަން އަންގާނެ ކަމަށް ޓިކްޓޮކުން ބުނެއެވެ.

ސީއެންއެންގެ މިލްކުވެރިކަން ބަދަލުކުރަން ޖެހޭ : ޓްރަމްޕް
މަތިންދާ ބޯޓެއްގެ ފަހަތުގަ ޕެރަޝޫޓް ތާށީވި ސްކައި ޑައިވަރެއްގެ ވީޑިއޯ އާންމުކޮށްފި
ކީރިތި ޤުރުއާންގައި އަތްލާ ނިއުޔޯކްގެ ފުރަތަމަ މުސްލިމް މޭޔަރުގެ ގޮތުގައި ޒޯހްރާން މަމްދާނީ ހުވާކުރައްވައިފި
ދުނިޔޭގެ އެންމެ ބޮޑު ނިއުކްލިއަރ ޕްލާންޓް އަލުން ހިންގުމުގެ ތައްޔާރީތައް ޖަޕާނުން ފަށައިފި
ގެއްލުނު ނިއުކްލިއަރ ޖާސޫސީ ނިޒާމު: 60 އަހަރު ފަހުން ވެސް ރައްޔިތުން ތިބީ ބިރުވެރިކަމެއްގައި
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?