The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ދޯސްތީގެ 17ވަނަ އެޑިޝަން ރަސްމީކޮށް އިފްތިތާޙުކޮށްފި

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
1 މަސް ago
SHARE

ދިވެހިރާއްޖެ، އިންޑިއާ އަދި ސްރީލަންކާގެ ކޯސްޓުގާޑު ގުޅިގެން ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ ”ދޯސްތީ“ ތަމްރީނުތަކުގެ 17 ވަނަ އެޑިޝަން ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ. މި ތަމްރީނުތައް ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވީ މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްރީލަންކާ ކޯސްޓު ގާޑުގެ ޑިރެކްޓަރ ޖެނެރަލް އެޑްމިރަލް ރޯހަން ޖޯސެފް ވިދާޅުވީ، ދޯސްތީ ތަމްރީނަކީ އިންޑިއާ ކަނޑުގެ ސަރަޙައްދުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ބާއްވާ އެންމެ މުހިންމު އެއް ތަމްރީނު ކަމަށެވެ. އަދި މިފަދަ ބޮޑެތި ގޮންޖެހުންތަކާ އެއްވެސް ޤައުމަކަށް އެކަނި ކުރިމަތިނުލެވޭނެ ކަމަށާއި، މި ތަމްރީނުތަކުން ދައްކުވައިދެނީ ޤައުމުތަކުގެ މެދުގައި އޮންނަ އިތުބާރާއި އެއްބާރުލުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އިންޑިއާ ކޯސްޓުގާޑުގެ ޑިރެކްޓަރ ޖެނެރަލް އެޑްމިރަލް ހަރްމޭޝް ޝްރްމާނީގެ ވާހަކަފުޅުގައި، ވޭތުވެދިޔަ 35 އަހަރުގެ ތެރޭގައި ސަރަޙައްދީ ޤައުމުތަކުގެ މެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އޭނާ ސިފަކުރެއްވި ގޮތުގައި އިންޑިއާ ކަނޑަކީ ދުނިޔޭގެ އިޤްތިސާދާއި ހަކަތައިގެ މުހިންމު ނާރެހެކެވެ. އަދި ކޯސްޓުގާޑުތަކަކީ ހަމައެކަނި ސަލާމަތްތެރިކަން ބަލަހައްޓާ ފަރާތްތަކެއް ނޫން ކަމަށާއި، އެއީ ’ބްލޫ ހިއުމަނިޒަމް‘ ނުވަތަ ކަނޑުގެ ދުޅަހެޔޮކަމާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތައް ކަމަށްވެސް ވިދާޅުވިއެވެ.

މިމަހުގެ 17 އިން 19 އަށް ކުރިއަށްދާ މި ތަމްރީނުތަކުގައި މިއަހަރުވެސް މުހިންމު ހަރަކާތްތަކެއް ކުރިއަށްދާނެއެވެ. އޭގެ ތެރޭގައި:

  • ކަނޑުމަތީގައި މީހުން ހޯދުމާއި ސަލާމަތްކުރުން (ސާރޗު އެންޑް ރެސްކިއު)
  • ކަނޑު ތަޣައްޔަރުވުމުން ރައްކާތެރިވުން (މެރިޓައިމް ޕޮލިއުޝަން ރެސްޕޮންސް)
  • ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން (މެރިޓައިމް ސެކިއުރިޓީ)

”އެކްސަސައިޒު ދޯސްތީ“ އަކީ މީގެ 35 އަހަރު ކުރިން ރާއްޖެއާއި އިންޑިއާއާ ދެމެދު ފެށުނު ތަމްރީނެކެވެ. މި ހަރަކާތުގައި ސްރީލަންކާއިން ބައިވެރިވާން ފެށީ 2012 ވަނަ އަހަރުގައެވެ. މި ތަމްރީނުތައް ކުރިއަށްދާ ސަރަޙައްދުތަކުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފްއިން ވަނީ އިލްތިމާސްކޮށްފައެވެ.

ރާއްޖޭގައި އިންވެސްޓްކުރުމަށް އޮތް ޝައުޤުވެރިކަމާ އިންވެސްޓަރުންގެ އިތުބާރު ބޮޑުވެއްޖެ : ވަޒީރު ސައީދު
ނިޕާ ވައިރަސް ފެތުރޭތީ ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި
އިންތިހާބާ ދިމާކޮށް ކޮރަޕްޝަންގެ އަމަލެއްގެ މައުލުމާތު ލިބިއްޖެނަމަ ރިޕޯޓްކުރުމަށް އިލްތިމާސްކޮށްފި
ކޮމިޝަން ރިޕޯޓް ވަގުތުން ހާމަކުރަން ރައީސް އަންގަވައިފި
ރައީސުލްޖުމްހޫރިއްޔާ، ޤަތަރުގެ އަމީރާއި ބޮޑުވަޒީރަށް ޤައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?