The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

އައިޖީއެމްއެޗުގައި ރޯގާއަށް ޚާއްސަ ފްލޫ ކްލިނިކެއް ގާއިމުކޮށްފި

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
1 މަސް ago
SHARE

މި ދުވަސްވަރު ރާއްޖޭގައި އެކި ބަލިތައް ފެތުރޭ މިންވަރު އިތުރުވަމުންދާތީ، ހުމާއި އަރިދަފުސް ރޯގާއަށް ޚާއްސަ ”ފްލޫ ކްލިނިކެއް“ ރަސްމީ ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި މިއަދު ގާއިމުކޮށްފިއެވެ.

އައިޖީއެމްއެޗުން ބުނި ގޮތުގައި މި ކްލިނިކް ގާއިމުކުރީ ބަލިމީހުންނަށް އަވަހަށް ފަރުވާ ދިނުމުގެ މަގު ފަހިކުރުމުގެ ގޮތުންނެވެ. މި ކްލިނިކުން ޑޮކްޓަރަށް ދެއްކުމާއި، ބައްޔަށް ބޭނުންވާ ލޭގެ ސާމްޕަލް ނެގުމުގެ ޚިދުމަތް ވެސް ލިބޭނެއެވެ. ފްލޫ ކްލިނިކްގެ ޚިދުމަތްތައް ކުރިއަށްދާނީ ކޮންމެ ދުވަހަކު ހެނދުނު 10:00 އިން ރޭގަނޑު 22:00 އަށެވެ.

މި ކްލިނިކް ގާއިމުކޮށްފައިވަނީ އައިޖީއެމްއެޗްގެ ކޮންސަލްޓޭޝަން ރޫމް ނަންބަރު 10 ގައެވެ. ޚިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކުން އެންމެ ފުރަތަމަ ދާން ޖެހެނީ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމް (އީއާރު) ޓްރިއޭޖަށެވެ. ކިއުބީ ޓޯކެން ސިސްޓަމް މެދުވެރިކޮށް ފްލޫ ކްލިނިކަށް ނަންބަރު ނެގުމުން، ބަލިމީހާ ދާންވީ ފްލޫ ކްލިނިކަށްތޯ ނުވަތަ އިމަޖެންސީ ރޫމަށްތޯ ޓްރިއޭޖުން ކަނޑައަޅައި އިރުޝާދު ދޭނެއެވެ. ބަލިމީހުންގެ ފަސޭހައަކަށްޓަކައި އެ ތަންތަނަށް ދާނެ މަގު އަންގައިދޭ މެޕެއް ވެސް ހޮސްޕިޓަލުން ވަނީ އާންމުކޮށްފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ ޑިސެންބަރު މަހު ރާއްޖޭގައި ޑެންގީ ހުން ޖެހިގެން 413 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. މިއީ 2024 ވަނަ އަހަރުގެ ޑިސެންބަރު މަހު ރިޕޯޓްކުރި 70 ކޭސްއާ އަޅާބަލާއިރު 490 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ.

އަރިދަފުސް ރޯގާގެ ހާލަތަށް ބަލާއިރު، މިދިޔަ ނޮވެންބަރު މަހު 32,859 ކޭސް ރިޕޯޓްކޮށްފައިވާއިރު، ޑިސެންބަރު މަހު މި އަދަދު ވަނީ 28,619 އަށް ދަށްވެފައެވެ. މިއީ 2024 ވަނަ އަހަރުގެ ޑިސެންބަރު މަހު ރިޕޯޓްކުރި 30,590 ކޭސްއާ އަޅާބަލާއިރު ވެސް މަދު އަދަދެކެވެ.

ބަލިތައް ފެތުރޭ މިންވަރު އިތުރުވަމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި، ސިއްހީ މާހިރުންގެ އިރުޝާދުތަކަށް ފަރުވާތެރިވުމަށް ސަރުކާރުންނާއި ސިއްހީ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

އިލޮން މަސްކްގެ ’ގްރޮކް‘ އޭއައި އިން ބަދުއަޚުލާގީ ފޮޓޯ އުފައްދާތީ ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ފާޑުކިޔުން އަމާޒުވެއްޖެ
ދުނިޔޭގެ އެންމެ ބޮޑު ނިއުކްލިއަރ ޕްލާންޓް އަލުން ހިންގުމުގެ ތައްޔާރީތައް ޖަޕާނުން ފަށައިފި
ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި ދިވެއްސަކު ނިޔާވެއްޖެ
ރައީސް ނަޝީދާއެކު ޑިމޮކްރަޓްސްގެ މެމްބަރުން އެމްޑީޕީއާ އަލުން ގުޅެން ނިންމައިފި
ބޮޑު ތަރުހީބަކާއެކު ސަރުކާރުގެ ޓެކްސީ ލައިންއަށް ޑްރައިވަރުން ހޮވާ ވޯކް-އިން-އިންޓަވިއު ކުރިއަށް
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?