The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ކައުންސިލް އިންތިޚާބަށް ޝަކުވާ ހުށައެޅުމުގެ ސުންގަޑި މިއަދަށް ހަމަވާނެ

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
1 މަސް ago
SHARE

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު މިއަދު މެންދުރުފަހު 15:00 އަށް ހަމަވާނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކުރެއްވި ގޮތުގައި މިއަދު މެންދުރު 12:00 އާ ހަމައަށް ޖުމްލަ 639 ޝަކުވާއެއް އެ ކޮމިޝަނަށް ވަނީ ލިބިފައެވެ.  އަންނަ އެޕްރީލް މަހުގެ 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ތައްޔާރުވަމުންދާ މި އިންތިޚާބުގެ ވޯޓުލާ މީހުންގެ ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މި މަހުގެ 7 ވަނަ ދުވަހުން ފެށިގެންނެވެ. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ލިބިފައިވާ ޝަކުވާތަކުގެ ތެރޭގައި އެންމެ ގިނައީ ރަޖިސްޓަރީގައި ހިމެނިފައިވާ އެޑްރެސް ބަދަލުކުރުމަށާއި، ރަށްވެހިކަން ބަދަލުވެފައިވާތީ ހުށަހަޅާފައިވާ ޝަކުވާތައް ކަމަށެވެ.

މީގެ އިތުރުން ނިޔާވެފައިވާ ފަރާތްތަކުގެ ނަން ރަޖިސްޓަރީގައި ހިމެނިފައިވާތީ އެ ނަންތައް އުނިކުރުމަށްވެސް ގިނަ ބަޔަކު ވަނީ ހުށަހަޅާފައެވެ.  ޝަކުވާ ހުށަހެޅުމުގެ އިޖުރާއަތްތައް އިލެކްޝަންސް ކޮމިޝަނުން އިރުޝާދު ދެއްވާފައިވަނީ ރަޖިސްޓަރީގައިވާ މަޢުލޫމާތުތައް ކަށަވަރުކުރުމަށްފަހު، އެއްވެސް މައްސަލައެއްވާނަމަ ކަނޑައެޅިފައިވާ ވަގުތުގެ ކުރިން ޝަކުވާ ހުށަހެޅުމަށެވެ. ރަޖިސްޓަރީއަށް މީހަކު އިތުރުކުރުމަށް ނުވަތަ އުނިކުރުމަށް ހުށަހަޅާއިރު، ޝަކުވާގެ ޞައްޙަކަން ސާބިތުވާނެ ރަސްމީ ލިޔުމެއްގެ ކޮޕީ ހުށަހަޅަންޖެހޭނެއެވެ.  ސިޔާސީ ޕާޓީތަކުން ޝަކުވާ ހުށަހަޅަން ބޭނުންވާނަމަ، އެކަމަށް ޚާއްޞަކޮށްފައިވާ ސިމެދަ ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

އާންމު ފަރާތްތަކަށް ކޮމިޝަނުގެ މައިޕޯޓަލް my.elections.gov.mv މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެއެވެ.  ވޯޓުލާ މީހުންގެ ރަޖިސްޓަރީގައި ނަން އޮތްތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގެ އިތުރުން، އެސް.އެމް.އެސް މެދުވެރިކޮށްވެސް ޗެކްކުރެވޭނެއެވެ. އެގޮތުން VR (Space) ID number ޖެއްސެވުމަށްފަހު 1414 އަށް މެސެޖު ކުރުމުން ރަޖިސްޓަރީގެ މަޢުލޫމާތު ލިބޭނެ ކަމަށް އެ ކޮމިޝަނުން މަޢުލޫމާތު ދެއްވައެވެ.

ޢުމްރާއަށް ދިޔަ ދިވެއްސެއް ނިޔާވެއްޖެ
ސަރުކާރުގެ ”ބޯހިޔާވަހިކަން އެންމެނަށް“ ސިޔާސަތުގެ ދަށުން ފްލެޓްއާ ގޯއްޗަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި
ޝަހީދު ޢަލީ ސްކޫލުގައި ދިރާސީ އައު އަހަރާއެކު ކިޔެވުން ފަށަނީ
ފަރޓިލިޓީ ކެއަރ ފަންޑުގެ ދަށުން އައިވީއެފް ހެދުމަށް 37 ދެމަފިރިއަކު ހޮވައިފި
އައްޑޫގެ ’ސްކޫޕް‘ ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅަން ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައިގެންފި
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?